Advertisement
header ad
XeeTimesXeeTimes
ދިވެހި ހަވާދުގެ ބަނބުކެޔޮ ރިހަ، ތަފާތު މީރު ރަހައެއް! ބަދިގެ

ދިވެހި ހަވާދުގެ ބަނބުކެޔޮ ރިހަ، ތަފާތު މީރު ރަހައެއް!

ބޭނުންވާތަކެތި

1 ބަނބުކެޔޮ

4 ސައިސަމުސާ ދިވެހި ހަވާދު

Article - in content
Advertisement

2 ފިޔާ

2 ލޮނުމެދު

ހިކަނދިފަތް

ރާނބާފަތް

ވަޅޯމަސް

1 ކާށީގެ ކިރު

ލޮނު

ގިތެޔޮމިރުސް

ތައްޔާރުކުރާނެގޮތް

ފިޔާ ލޮނުމެދު ހިމުންކޮށް ކޮށާށެވެ. ބަނބުކެޔޮ ވެސް ރިހަކައްކަން ބޭނުން ސައިޒަކަށް ކޮށާށެވެ. ކޮށާފައިހުރި ފިޔާ އަދި ލޮނުމެދުގެ އެއްބައި އެޅުމަށްފަހު ދިވެހި ހަވާދު ހިމުންކޮށްލާށެވެ. ކާށީގެ ފެންކިރު އަދި ބޯކިރު ވަކިން ތައްޓަކަށް އަޅާށެވެ.

ތެއްޔަކަށް ކާށީގެ ފެންކިރު އެޅުމަށްފަހު، ކޮށާފައިހުރި ވަޅޯމަސް، ބަނބުކެޔޮ، ފިޔާ، ލޮނުމެދު، ހިކަނދިފަތް އަދި ރާނބާފަތާއި ގިތެޔޮމިރުސް، ލޮނު އަޅާފައި ކައްކަން އުދާށެވެ. ކައްކަން އުދާއިރު ހިމުންކުރި ހަވާދުގެ ދެބައިކުޅަ އެއްބައިވެސް އަޅާށެވެ. އެއަށްފަހު ބަނބުކެޔޮ މަޑުވުމުން، ސަމުސަލެއް ބޭނުންކޮށްގެން ކުޑަކޮށް ޗަސްކޮށްލާށެވެ. ބާކީހުރި ހިމުންކުރި ހަވާދާއި ކާށީގެ ބޯކިރު އެޅުމަށްފަހު 5 ވަރަކަށް މިނިޓް ކައްކާލާށެވެ.

މިއީ ހުވަދުއަތޮޅު މީހުން ވަރަށްގިނައިން ބަނބުކެޔޮ ރިހަ ކައްކާ ގޮތެކެވެ. ރޮށި އަދި ބަތާއި އެކީގައި ކާންވެސް މިގޮތަށް ކައްކާ ބަނބުކެޔޮ ރިހަ ވަރަށް މީރުކަން ފާހަގަކުރެވެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —