Advertisement
header ad
XeeTimesXeeTimes
ކެލާ ޢީދު ބޮނޑި: ޒަމާނުއްސުރެ ފޯރީގައި ތައްޔާރުކުރާ އެއްޗެއް!

ކެލާ ޢީދު ބޮނޑި: ޒަމާނުއްސުރެ ފޯރީގައި ތައްޔާރުކުރާ އެއްޗެއް!

ހއ. ކެލައަކީ ގުދުރަތީ ގޮތުން ވަރަށް ރީތި ރަށެކެވެ. ތަފާތު ރީތި ގޮނޑުދޮށްތަކެއް ލިބިފައިވާ ކެލާގައި ޢީދު ފާހަގަކުރުމަށް ޚާއްސަ ބޮނޑި އެއް ތައްޔާރުކުރެއެވެ. މިފަހަރުވެސް ވަރަށް ފޯރީގައި ބޮނޑި ތައްޔާރުކުރި ކަމަށް އުމުރުން 58 އަހަރުގެ ހައްވާ ރަޝީދާ (ހައްވަ ދައިތަ) ވަނީ މަޢުލޫމާތު ދީފައެވެ.

" އެންމެ ފުރަތަމަ ކެޔޮފަތް ހޯދާ އެދޮވެފަ ބަހައްޓަނީ. އަދި ބިންބި މުގުރާފަ، ދޮނަޅަ ފުށާއި، ގަބުޅިހުނި، ހަކުރު، ރާނބާފަތްފެން ނުވަތަ ހުވަދުމާފެން އަޅައިގެން ރީއްޗަށް ބަނދެވޭވަރަށް މޮޑެނީ. ފަތްގަޑު މަތީގައި ބާއްވާފައި އަނބުރާފައި ދެކޮޅު ބަންނަނީ" ކައްކާފައި ތައްޔާރުކުރާ ބޮނޑި އާއި ގުޅޭގޮތުން ހައްވަދައިތަ ބުންޏެވެ.

ކުރީގެ ޢީދުތަކުގައި، ކުޅިވަރު ކުޅުމަށްފަހު މޫދަށްދާ ފިރިހެންވެރިންނަށް ދިނުމަށް ބޮނޑި ހިފައިގެން ދާކަމަށް ހައްވަދައިތަ ބުންޏެވެ. "ފިރިހެންވެރިން މޫދަށް ދިޔައިމަ އަންހެންވެރިން ދާނީ މޫދުން ނަގަން. ބޮނޑި ގެންދާނީ ފިރިހެންވެރިންނަށް ކާންދޭން. ބޯކިބާފަދަ އެކި އެއްޗެހި ގެންދާނެ"

Article - in content
Advertisement

ރަށުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަށް އާލާކުރުމަށް ބޮނޑި ތައްޔާރުކުރުމަށްފަހު ބަހައި ހަދައެއެވެ. އަދި ހަދިޔާއަށް ވެސް މި ބޮނޑި ދޭކަމަށް ހައްވަދައިތަ ވަނީ ބުނެފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —