Advertisement
header ad
XeeTimesXeeTimes
ޢަލީ ތަކުރުފާނުގެ ޒިޔާރަތް: އިސްތަށިފުޅު ހިފައިގެން ދިޔައިރު ހަށިކޮޅު އޮތްތަން ތާރީޚް

ޢަލީ ތަކުރުފާނުގެ ޒިޔާރަތް: އިސްތަށިފުޅު ހިފައިގެން ދިޔައިރު ހަށިކޮޅު އޮތްތަން

ހއ. ތަކަންދޫ ގައި ހުންނަ 'ޢަލީތަކުރުފާނު ޒިޔާރަތަކީ' އުތީމު ޝަހީދު ޢަލީ ތަކުރުފާނުގެ ހަށިކޮޅު ފަސްދާނުލެވިފައިވާ ޒިޔާރަތެވެ.

ތަކަންދޫ އަކީ އުތީމު އަލްޚަތީބު ޢަލީ ތަކުރުފާނު ދިރިއުޅުއްވި ރަށެވެ. މިއީ އެތަކުރުފާނުގެ އަނބިކަނބަލުންގެ ރަށެވެ. ޕޯޗުގީޒުންގެ މަލާބާރު ސިފައިން އެތަކުރުފާނު ޝަހީދުކޮށްލީ މިރަށުގައި އުޅުއްވަނިކޮށެވެ.

" ބުރިބުރިކޮށްލައިގެން މާލެ ގެނެވުނު އިސްތަށިފުޅު ވަޅުފުޅުލެވިފައި ވަނީ ކ.ފުނަދޫގަ. މިކަން ހިނގައިފައިވަނީ ހިޖުރީ ސަނަތުން 980 ވަނަ އަހަރުގައި. މި ޒިޔާރަތް ހުޅަނގުގައި ޢަލީ ތަކުރުފާނު އިންދެވި ކަމަށް ބުނާ ކާނިގަހެއް އެބަހުރި."

Article - in content
Advertisement

މި ޒިޔާރަތަކީ ހިރިގަލުން ރާނާ، އުވަޖެހުމަށްފަހު އީޓުން ހިޔާކޮށްފައިވާ ޒިޔާރަތެކެވެ. ޒިޔާރަތް ހުރިތަނަކީ، ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް މަސައްކަތް ކުރެއްވި އުތީމު ތިން ބެއިންގެ ތެރެއިން ޢަލީ ތަކުރުފާނު ޝަހީދުކޮށްލުމަށްފަހު އިސްތަށިފުޅު ހިފައިގެން ދިޔައިރު، ހަށިކޮޅު އޮތްތަން ކަމަށް ފާހަގަކޮށް ޤަދީމީ ގޮތުން އިމާރާތްކޮށްފައިވާ ޒިޔާރަތެކެވެ.

 

މައުލޫމާތު: ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —