Advertisement
header ad
XeeTimesXeeTimes
ކިނބިދޫ ވޭރު: ބައެއް އާޘާރީ ތަކެތި ވަނީ މާލޭ ދާރުލްއާޘާރުގައި! ތާރީޚް

ކިނބިދޫ ވޭރު: ބައެއް އާޘާރީ ތަކެތި ވަނީ މާލޭ ދާރުލްއާޘާރުގައި!

ތ.ކިނބިދޫ ގައި ވޭރު ކިޔާ ވީރާނާވަމުންދާ ތަނެއް ރަށުގެ އިރުމަތީ ފަރާތުގައި ހުރެއެވެ. މިތަނުގެ ވަށަމިނުގައި ކުރިން 245 ފޫޓު ހުރިއިރު އުސްމިނަކީ 29 ވަރަކަށް ފޫޓެވެ. މިއީ ކޮންކަހަލަ ތަނެއްތޯ ބެލުމަށް 1958 ވަނަ އަހަރު ސެޕްޓެމްބަރ މަހު 23 ވަނަ ދުވަހު އަލްމަރުޙޫމް މުޙައްމަދު އިސްމާޢީލު ދީދީ މިތަން ކޮންނަވައިފައިވެއެވެ.

" މި މަސައްކަތްޕުޅުގެ ރިޕޯޓެއް ދިވެހި ތާރީޚަށް އައު އަލިކަމެއް، މިފޮތުގައި ކުރެހުންތަކާއި ފޮޓޯތަކާއި އެކު ވަނީ ޝާއިޢުކޮށްފައި. އެއިރު މިތަނުން ފެނުނު ބައެއް އާޘާރީ ތަކެތި ވަނީ މާލޭ ދާރުލްއާޘާރުގައި ބެހެއްޓިފައި."

ކިނބިދޫ ވޭރު ހުރި ސަރަހައްދަކީ އިތުރަށް ތަޙުޤީޤުކުރަން ވެފައިވާ ތަނެއް ކަމަށާއި، މިތަނުން ފެނިފައިވާ ތަކެއްޗަށް ބަލާއިރު، މިތަނަކީ ކުރީޒަމާނުގައި ބުޑިސްޓު ދީނީ ބިނާއެއް ހުރިތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށް ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ މަޢުލޫމާތު ދީފައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —