November 22, 2024 02:03
Advertisement

-Advertisement-

ނުކައި ދޫކޮށްނުލެވޭ ވަރުގެ މީރު ބަތެއް. ރަހަ ބަލާލާ!

ބޭނުންވާތަކެތި:

10 އައުންސް ޝްރިމްޕް

2 މޭޒުމަތީ ސަމުސާ ސޯޔާސޯސް

Advertisement

1 ސައިސަމުސާ ވައިޓް ޕެޕަރ

1 މޭޒުމަތީ ސަމުސާ ތައި ފިޝް ސޯސް

1 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް

1 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ ނުވަތަ މާމުއި

½ މޭޒުމަތީ ސަމުސާ ކަރީޕައުޑަރ

½ މޭޒުމަތީ ސަމުސާ ވައިޓްޕެޕަރ

1 ޖޯޑު އަލަނާސި (ހަތަރެސްކަނަށް ކޮށާފަ)

5 މޭޒުމަތީ ސަމުސާ ކުކިންގ އޮއިލް

5 ބިސް (ލޮނު އަދި ވައިޓް ޕެޕަރ އެއްކޮށްގެން ގިރާފަ)

5 ލޮނުމެދު (ކުދިކޮށް ކޮށާފަ)

½ ކުދިކޮށް ކޮށާފަ އިނގުރު

3 ތައި ރެޑްޗިލީ

ކުދިކޮށް ކޮށާފަހުރި ބީންސް

¼ ޖޯޑު ކެޝޫނަޓް

4 ޖޯޑު ކައްކާފައި ހުރި ބަތް (ބާސްމަތީ ރައިސް)

2 ފިޔާ ނުވަތަ ސްޕްރިންގ އަނިއަން

1 އަލަނާސި

ތައްޔާރުކުރާނެ ގޮތް

އަލަނާސި ފަޅާލުމަށްފަހު އޭގެ ތޮށިގަނޑު ތައްޓެއްގެ ބައްޓަމަށް ކަފާށެވެ. އެއަށްފަހު އަލަނާށި ކުދިކޮށް ކޮށާށެވެ.

ޝްރިމްޕްކޮޅު ސޯޔާ ސޯސް އާއި ކުޑަ ވައިޓް ޕެޕަރކޮޅެއް އަޅައިގެން އެއްކުރުމަށްފަހު މެރިނޭޓްކުރުމަށް ބަހައްޓާށެވެ. އެއަށްފަހު ކުޑަ ތެޔޮފޮދެއްގައި ތެލުލާށެވެ.

ބަތަށް އަޅާ ސޯސް ތައްޔާރުކުރުމަށް ސޯޔާސޯސް، ތައި ފިޝް ސޯސް، އޮއިސްޓަރ ސޯސް، ބްރައުން ޝުގަރ ނުވަތަ މާމުއި، ކަރީ ޕައުޑަރ، ވައިޓް ޕެޕަރ އެޅުމަށްފަހު އެއްކޮށްލާށެވެ.

ތަވާއަށް ކުޑަތެޔޮފޮދެއް އަޅާފައި ތަވާ ހޫނުވުމުން ގިރާފައި ހުރި ބިސް އެޅުމަށްފަހު 'ސްކްރެމްބްލް' ކޮށްފައި ވަކިން ތައްޓަކަށް އަޅާފަ ބަހައްޓާށެވެ. އެއަށްފަހު ކޮށާފައިހުރި ލޮނުމެދު، އިގުރު، މިރުސް، ކެރެޓް އަދި ބީންސް އާއި ކެޝޫނަޓް އެޅުމަށްފަހު މަޑުގިނީގައި އިރުކޮޅަކު ކައްކާށެވެ. ދެން އެކިވައްތަރުގެ ސޯސް އެއްކޮށްގެން ކުރިން ތައްޔާރުކުރި ސޯސް އަޅާށެވެ. އަދި ކައްކާފައި ހުރި ބަތާއި 'ސްކްރެމްބްލް' ކުރި ބިސްވެސް އަޅާފައި ހުރިހާ ބާވަތެއް މަޑުމަޑުން އެއްކޮށްލާށެވެ. އަދި ތެލުލާފައި ހުރި ޝްރިމްޕް ވެސް އަޅާށެވެ.

ހުރިހާ ބާވަތެއް އެއްކުރުމަށްފަހު ކޮށާފައިހުރި އަލަނާސި އަޅާށެވެ. މިތައްޔާރުކުރެވުނު ބަތް އަލަނާސި ތޮށިން ތައްޔާރުކުރި ތައްޓަށް އެޅުމަށްފަހު ސްޕްރިންގ އަނިއަން ވެސް ބަތުގެ މައްޗަށް އަޅާށެވެ.

މިއީ ވަރަށް ތަފާތު މީރު ރަހައެއްދޭ ކެއުމެކެވެ.

+1
1
+1
2
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް