Advertisement
header ad
XeeTimesXeeTimes
ބުރަކޮށް އުޅުމަށްފަހު ސިކުނޑި ތާޒާކުރުމަށް ގަނދަކޯޅި ފަތުގެ ވަސް ބަލާލާ! ސިއްޙަތު

ބުރަކޮށް އުޅުމަށްފަހު ސިކުނޑި ތާޒާކުރުމަށް ގަނދަކޯޅި ފަތުގެ ވަސް ބަލާލާ!

ގަނދަކޯޅި ގަހަކީ އާންމު ގޮތެއްގައި ދެފޫޓުބައި އުސްމިނުގައި ހެދޭ، ދިވެހިންގެ ތެރޭގައި ވަރަށް އާންމު ވައްތަރެއްގެ ގަހެކެވެ. ގަނދަކޯޅި ގަހުގެ ތަފާތު ވައްތަރުތައް ހުރެއެވެ. އާންމު ގޮތެއްގައި ރާއްޖޭގައި ހައްދަނީ ހުދުކުލައިގެ މާއަޅާ ވައްތަރުގެ ގަހެވެ. ހޫނު ސަރަހައްދުތަކުގައި ފަސޭހައިން ހެދޭ މިބާވަތުގެ ގަހަކީ ގޭތެރޭގައި އަދި ގޯތިތެރޭގެ ހުސްތަންތަނުގައި ހައްދާލަން ފަސޭހަ ފައިދާހުރި ގަހެކެވެ.

ކެއްކުމަށް

މިބާވަތުގެ ފަތް، ޕީޗް އަދި ބެރީސް އާއިލާގެ މޭވާއާއި އެކު ޖޫސް ނުވަތަ ސެލަޑް ތައްޔާރުކުރުމުގައި ބޭނުން ކުރެވިދާނެއެވެ. އަދި އެކި ވައްތަރުގެ ސޫޕް ތައްޔާރުކުރާއިރު ބޭނުން ކުރެވިދާނެއެވެ.  

Article - in content
Advertisement

ސިއްޙީ ބައެއް ފައިދާ

ދިރޭ އެކިއެކި ބާވަތްތަކުގެ ސޫފި ކަށިޖެހުމުންނާއި، ބަނޑުހަރުވުމުގެ އުނދަގުލުން ސަލާމަތްވުމަށް މިފަތް ބޭނުން ކުރެވެއެވެ. މި ފަތަކީ ބޭނުންކުރުމުން ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށް ބަލިތަކުން ދިފާއުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. އޮފީހުގެ ބުރަ މަސައްކަތުގައި އުޅުމަށްފަހު މިފަތުގެ ވަސް ބަލާލުމުން ސިކުނޑިއަށް ލުއިކަމެއް ގެނުވައިދީ ސިކުނޑި ތާޒާކޮށްދޭ ކަމަށް ވެއެވެ.  އަދި އާތްރައިޓިސް ބަލީގެ ވޭން ތަހަންމަލް ކުރަމުންދާ ފަރާތްތަކަށް އަޅާވޭން ލުއިކޮށްދީ ނޭވާހިއްލުން، އެލާޖިކްވުން ފަދަ ކަންކަމަށް ފަރުވާއެއްގެ ގޮތުގައިވެސް ބޭނުންކުރެއެވެ.

ކެންސަރަށް މަގުފަހި ކުރުވާ މާއްދާތަކަކާއި ދެކޮޅަށް ގަނދަކޯޅި މަސައްކަތް ކުރެއެވެ. ބައެއް ރިސާރޗް ތަކުން ދައްކާގޮތުގައި ގަނދަކޯޅީގައިވާ ގިނަ އަދަދެއްގެ އެންޓި އޮކްސިޑެންޓުގެ ސަބަބުން ސެލްތައް ބައިބައިވާ މިންވަރު ލަސްކޮށްދޭ ކަމަށްވެއެވެ. އެގޮތުން އަނގައިގެ ކެންސަރު، ހަންގަނޑަށް ޖެހޭ ކެންސަރު، ފުއްޕާމޭގެ ކެންސަރު ސެލް އުފެދުމަށް ހުރަސް އެޅިގެންދާ ކަމަށްވެއެވެ.

ތަންތަނަށް ތަދުވުމުން ނުވަތަ ދުޅަވުމުން ގަނދަކޯޅި ފަތުގެ ދިޔަ ހޭކުމުން ފަސޭހަވެއެވެ. އަދި ގަނދަކޯޅީގެ އޮށަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ.

މަސްދަރު: އިންސައިޑްހާރބްގާރޑެން، ހެލްތްލައިން

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

Ali hameed 20ސެޕްޓެމްބަރ2021

Egahah kiyaanee: Basil 1

މނ 19ސެޕްޓެމްބަރ2021

މި ގަހައް އިނގިރޭސިން ކިޔާނަން ބުނެދީބަ ކޮންމެސް މީހެއް 5 1

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —