Advertisement
header ad
XeeTimesXeeTimes
ރަތްއަލަ ބޭނުންކޮށްގެން ކެސަރޯލް ތައްޔާރުކުރާނެ ގޮތް ބަދިގެ

ރަތްއަލަ ބޭނުންކޮށްގެން ކެސަރޯލް ތައްޔާރުކުރާނެ ގޮތް

ބޭނުންވާ ތަކެތި.

3 ރަތްއަލަ (ފެނު ކައްކާފައި)

3 ބިސް

Article - in content
Advertisement

4 މޭޒުމަތީ ސަމުސާ މެލްޓްކޮށްފައި ހުރި ބަޓަރ

4 މޭޒުމަތީ ސަމުސާ ބްރައުން ޝުގަރ (މުގުރާފައި)

2 މޭޒުމަތީ ސަމުސާ ފުށް

6 ކަދުރު (ކުދިކޮށް ކޮށާފައި)

2 ސައިސަމުސާ ގެރިކިރު

1 ސައިސަމުސާ ވެނީލާ އެސެންސް

ބައި ސައިސަމުސާ މުގުރި ފޮނިތޮށި

10 އަލްމަންޑް ނުވަތަ ކަނަމަދު

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ 20 މިނިޓް ވަންދެން ރަތް އަލަތައް ފެނު ކައްކާލާށެވެ. އެއަށްފަހު އަތުން ނުވަތަ ހޭންޑް މިކްސްޗަރަކުން ޗަސްކޮށްލާށެވެ. އެއަށްފަހު ބިސް އަދި ބަޓަރ އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. އޭގެތެރެއަށް މުގުރާފައި ހުރި ހަކުރުތަކުގެ ތެރެއިން 2 ސަމުސާ ހަކުރު އަޅައިގެން ގިރާލާށެވެ. ވެނީލާ އެސެންސް، ގެރިކިރު، ކަދުރުކޮޅު އަޅައިގެން އެއްކޮށްލުމަށްފަހު ބޭކިން ޓްރޭ ނުވަތަ ކޭކު ފިހާ ތައްޓެއްގައި އަތުރާލާށެވެ. އަދި ވަކިން ތައްޓެއްގައި ފުށާއި ބްރައުން ޝްގަރ އާއި ބަޓަރ އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. އޭގެތެރެއަށް ކޮށާފައި ހުރި އަލްމަންޑް ނުވަތަ ކަނަމަދު އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭގެ މަތީގައި އަތުރާލާށެވެ. އިތުރަށް ރީތިކޮށްލުމަށްޓަކައި ނުކޮށާ ހުރި އަލްމަންޑް މަތީގައި އަތުރާލުމަށްފަހު 45 މިނިޓް އަވަނުގައި ބަހައްޓައިގެން ފިހެލާށެވެ. ފިހެ ނިމުމުން ހުންނާނީ މުށި ކުލަ އަރާފައެވެ. މިއީ އައިސް އަލަމާރީގައި ބަހައްޓައިގެން ފިނިކޮށްގެން ކާލަން ވަރަށް މީރު އެއްޗެކެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —