Advertisement
header ad
XeeTimesXeeTimes
ވީޑިއޯ: ގދ. ދިގު ލާބަދޫ ކުޅި، ގުދުރަތީ ރީތިކަން ފެނި އަޖައިބުވެއްޖެ! ވީޑިއޯ

ވީޑިއޯ: ގދ. ދިގު ލާބަދޫ ކުޅި، ގުދުރަތީ ރީތިކަން ފެނި އަޖައިބުވެއްޖެ!

ގދ. ދިގު ލާބަދޫ އަށް 'ޒީޓައިމްސް' އިން ދިޔައީ ގުދުރަތީގޮތުން އެރަށަށް ލިބިފައިވާ ރީތިކަން ހަމަ ލޮލުން ބަލާލުމުގެ ބޭނުމުގައެވެ. މިފަދަ ގުދުރަތީ ރީތިކަމެއް ކުރިން ނުދެކެމެވެ. ލާބަދޫ ކުޅީގެ ރީތިކަން ބަލާލަން ފުރުސަތު ނުލިބިތިބި މީހުންނަށް އަޅުގަނޑު ނަގައިފައިވާ ވީޑިއޯގެ ޒަރީޢާއިން ހިތްހަމަޖެހުމެއް ހޯދައިދިނުމަށް މަސައްކަތް ކުރާނަމެވެ.

ދިގު ލާބަދޫގެ ކުޅިއަކީ ރާއްޖޭގެ އެހެނިހެން ރަށްރަށުގެ ކުޅިއާއި ބަލާއިރު އާދަޔާޚިލާފު ތަފާތު ރީތިކަމެއް ލިބިފައިވާ މޫދާއި ގުޅިފައިވާ ކުޅިއެކެވެ. މިކުޅި ބަލާލުމަށް ޑިންގީގައި ދަތުރު ކުރިއިރު ހިތަށް އެރިއެވެ. މިއީ ކޮންފަދަ އަޖައިބެއް ބާވައެވެ. ހާދަހާވާ ފުރިހަމައެވެ.

ތަފާތު އެކި ދޫނިތަކުގެ ހިތްގައިމު އަޑު ވަށައިގެން ފެންނަންހުރި ގަސްތަކުގެތެރެއިން އިވެމުން ދިޔައިރު ހިތަށް ލިބެމުންދިޔަ އުފާވެރިކަން ލިޔުމުން ބުނެދޭން ދައްޗެވެ.

Article - in content
Advertisement

ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ދިގު ލާބަދޫ އަށް ލިބިފައިވާތީ ސަރުކާރުން ވަނީ މިރަށް ހިމާޔަތްކޮށްފައެވެ. މިގޮތުން ދިގުލާބަދޫ އަކީ ތަފާތު ދޫނިތަކުގެ ނަސްލުތަކުން މުއްސަނދިކަމެއް ލިބިފައިވާ އެފަދަ ދެވަނައެއް ނެތް ފަދަ ރަށެކެވެ. ރާއްޖޭގެ އެންމެ ތަފާތު އެއް ފަޅުރަށުގެ ގޮތުގައި މަޝްހޫރު ދިގު ލާބަދޫ އަކީ ގދ. ފަރެސްމާތޮޑާ އާއި ފިޔޯރީ ކައިރީގައި އޮންނަ ހިމަ ދިގު ރަށެކެވެ.

 

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —