November 22, 2024 22:23
Advertisement

-Advertisement-

ކުޑަކުދިންގެ ހާދިސާ: އަލީގެ އާފަލާއި ތެދުވެރި މީދާ

ރަށެއްގެ މޫދު ކައިރީގައި ދިރިއުޅޭ މީދަލެކެވެ.

މި މީދާ ދުވަހަކުވެސް މީހަކަށް އުނދަގުލެއް ނުކުރާނެއެވެ.

މަކަރެއް ނަހަދާނެއެވެ.

Advertisement

އަދި ވަގަށް ގެއަކުން ކާއެއްޗެއް ވެސް ނުނަގާނެއެވެ.

އެހެންވެ މިމީދާ ކައިއުޅެނީ ގޮނޑުންނެވެ.

ބޭނުންނެތިގެން މީހުން އުކާލާ ކާއެއްޗެއް ލިބުނިއްޔާއެވެ.

އެއްދުވަހަކު މީދާ ވަރަށް ބަނޑުހައިވެގެން ކުނިގޮނޑު ކައިރީގައި ބަލަން އޮތްވާ 12 ވަރަކަށް އަހަރުގެ ކުޑަފިރިހެން ކުއްޖަކު 3 ކޮތަޅު ހިފައިގެން އައިސް ކުނިގޮނޑު ކައިރީގައި ބަހައްޓާފައި ހިނގައިގެންފިއެވެ.

މީދާ ކޮތަޅުތައް ކައިރިއަށް ގޮސް ކާއެއްޗެއް ހުރިތޯ ބަލާލިއިރު ވަރަށް އާކޮތަޅެއްގައި 3 އާފާލު އޮތެވެ.

މި އާފަލުތައް ފެނުމުން އެކުއްޖާއަށް އޮޅިގެން ބެހެއްޓުނު ކޮތަޅެއްހެން ހީވެގެން މީދާ އެކުއްޖާއަށް ގޮވާލިއެވެ.

މީދާ: އޭ ކޮއްކޯ! މި އާފަލުކޮތަޅު އެއްލާލީތަ؟

މީދާ އެހެން ބުނުމުން އެކުއްޖާ ފަސް އެނބުރި ބަލާލާފައި ކުއްލިއަކަށް މާބާރަށް އައިސް ކޮތަޅުނެގިއެވެ.

އަދި މީދަލަށް ބުންޏެވެ.

އެކުއްޖާ: މީދާ ހާދަހާ ރަނގަޅޭ ދޯ! މިކޮތަޅު ބެހެއްޓުނީ އޮޅިގެން. މޭޒުމަތީގައި ހުރި ބާކަރުދާސްތަކެއް އުކާލަން ކޮތަޅުތައް ނެގިއިރު އޮޅިގެން މިކޮތަޅުވެސް ނެގުނީ.

މީދާ: ކޮއްކޮއަށް ކިޔަނީ ކޮންނަމެއްތަ؟

އެކުއްޖާ: އަހަންނަށް ކިޔަނީ އަލީ

މީދާ ތިޔައުޅެނީ ބަނޑުހައިވެގެންދޯ!

މީދާ: އާނ ކޮއްކޯ އެކަމަކު އަހަރެން ބަނޑުހައި ވިޔަސް ގޭގެއަށް ވަގަށް ނުވަންނަން. މީހުން އުކާލާ ސާމާނު ލިބުނިއްޔާ ކާލަނީ

އަލީ: ހާދަހާ ރަނގަޅޭ ދޯ އެހެން ބުނެފައި ކޮތަޅުން އާފަލެއް ނަގާފައި މީދަލަށް ދިއްކޮށްލާފައި މި އާފަލު ކާލާ. 

މީދާ ވަރަށް އުފާވިއެވެ. ނަމަވެސް އަލީއަށް ބުންޏެވެ.

މީދާ: އަހަރެމެންނަށް ކެވިދާނެއެއްނު ގޮނޑުންވެސް ކީއްކުރަން ރަނގަޅު އާފަލު ތިޔަދިނީ!

އަލީ: މިއީ ދެރަހުމަތްތެރިންނަށްވީ. އަދި މީދާ ތިޔަ އުޅެނީ ބަނޑުހައިވެގެނެއްނުދޯ.

މި އާފަލު ކާލާ މިއީ ސްކޫލްގެ އިންޓަރވަލް އަށް މިއަދު ގެންދާ އާފަލު ކޮޅެއް އަދި ދެއާފަލު އެބައޮތެއްނު.

މީދާ: ކޮންމެ ދުވަހަކުވެސް އިންޓަރވަލް އަށް ގެންދަނީ މޭވާތަ؟

އަލީ: އާނ ސްކޫލުން އަންގައިގެން މިހާރު ގެންދަނީ އެކިވައްތަރުގެ ތާޒާމޭވާ އާއި ތާޒާ މޭވާގެ ޖޫސް.

މީދާ:  އާނ ފާޑުފާޑުގެ ޕެކެޓްއަށް ވުރެ ހަށިގަނޑަށް މާފައިދާ ހުންނާނެއެއްނު އެހެންވެ އަހަރެން ވެސް މޭވާއެއް ލިބިޖިއްޔާ ކާލަމޭ!

އަލީ: އެހެންދޯ  މިވަގުތު ދެން އަހަރެން ދަނީ. މިދަނީ ސްކޫލަށްދާން. މާދަމާ ވެސް އަންނާނަން އަންނައިރު މީދާ އަށް ދޭން ކޮންމެވެސް ކާ އެއްޗެއް ގެންނާނަން.

މީދާ: އަލީ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނެލިއެވެ.

އޭގެ ފަހުން އަލީ ކޮންމެ ދުވަހަކު ކުނި އުކާލަން އަންނައިރު ކޮންމެވެސް ކާއެއްޗެއް ނުވަތަ މޭވާއެއް މީދަލަށް ގެނެސްދެއެވެ.

މީދާ ވެސް އަލީގެ އިންތިޒާރުގައި ކުނިގޮނޑުދޮށުގައި އޮވެއެވެ.

ދުވަސްކޮޅަކުން ރަނގަޅުކާނާ ކައި ގިނައިން މޭވާކާތީ މީދާގެ ކެހެރި ސާފުވެ ރީތިވެއްޖެއެވެ.

މިހާރަކު ބަނޑުހައިވެގެން އޮންނާކަށް ނުޖެހެއެވެ.

މި ނަސީބު މީދަލަށް ލިބުނީ ތެދުވެރިވެ، ރަނގަޅުވުމުގެ ސަބަބުންކަން މީދަލަށް އެނގެއެވެ.

އެހެންވެ ކުރިއަށް އޮތްތަނުގައި ވެސް ތެދުވެރިކަންމަތީ ދެމިހުންނަން މީދާ އަޒުމްކަނޑައެޅިވެ.

 

ނޯޓް: މިއީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ލިބިފައިވާ ވާހަކައެކެވެ.

 

 

+1
0
+1
4
+1
1
+1
4
+1
2
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް