September 21, 2024 01:30
Advertisement

-Advertisement-

ބުއްދިވެރިއަކީ ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި މަސައްކަތްކުރާ މީހާ

ދުނިޔޭގެ ހަގީގަތަކީ ވަރަށް ރީތި އެހެންނަމަވެސް އެހާ އަވަހަށް ހަލާކުވެ ފަނާވެދަނިވި ވަގުތީ އުފަލެއްދޭ ތަނެކެވެ. ދުނިޔެއަކީ ވާދަވެރިކަމުގެ ތަނެކެވެ. އެއީ ހައްގާއި ބާޠިލުގެ ވާދަވެރިކަމެވެ. މުއުމިނުންނާ ފާޖިރުން އިމްތިހާނު ކުރުމަށް ލައްވަވާފައިވާ ތަނެކެވެ. ރަނގަޅު މީހުންނާއި ނުބައިމީހުން އިމްތިހާނު ކުރައްވާ ތަނެކެވެ. ދުނިޔެއަކީ ހަލާކުވެ ނެތި ފަނާވެދަނިވި ގޮވައްޗެވެ. ދެމިއޮންނަނިވި ތަނަކީ އާޚިރަތުގެ ގޮވައްޗެވެ.

" ބައެއް ފަރާތްތަކުން އިންކާރު ކުރަނީ ނިމުމެއް ނުވާ އާޚިރަތުގެ ހަޔާތާމެދު. އެމީހުން އެދެކޮޅު ހަދަނީ އުޚުރަވީ ހަޔާތް ބާއްޖަވެރި ކުރުމަށް އަމަލުކުރުމާމެދު. ދުނިޔެއަކީ ފަނާވެދަނިވި ތަނަކަށް ވާތީ، އެއީ ފަނާވެދާ ތަނެއްކަން އެންގެވިފަދައިން، އާޚިރަތުގެ ހަޔާތް ނިމުމެއް ނުވާތީ، އެއީ ދާއިމީ ތަނެއް ކަމުގައި އެންގެވި"

ދުނިޔެއަށް އިންސާނާ ފޮނުއްވީ، ހެޔޮގޮތުގައި ދުނިޔެ އިމާރާތްކޮށް، ހެޔޮގޮތުގައި މާތް ﷲ އަށް އީމާންވެ، ދުނިޔެއިން ފައިދާ ލިބިގަތުމާއެކު، އުޚުރަވީ ހަޔާތަށްޓަކައި ހެޔޮ އަމަލުކޮށް އުޅުމަށެވެ. ދުނިޔޭގައި މަދު ވަގުތުކޮޅެއް ވޭތުކުރުމަށްފަހު ދާއިމީ ހަޔާތަށް އިންސާނާ ދަތުރު ކުރާނެކަން ވަނީ އަންގަވާފައެވެ. އެއީ ދުނިޔަވީ އެދުންތަކުގައި އިންސާނާ މަސްއޫލުވުމުގެ ސަބަބުން އުޚްރަވީ ހަޔާތް ބީވެގެން ހިގައިދާނެތީއެވެ. އަދި ދުނިޔޭގެ ޒީނަތްތެރިކަމުގައި އިންސާނާ ޖެހުމުގެ ސަބަބުން އާހިރަތުގައި މާތް ﷲ ގެ ކޯފާއަށް ހުށަހެޅިދާނެކަމަށްޓަކައެވެ.

Advertisement

" އިންސާނާގެ ދުނިޔަވީ ހަޔާތް މާތްﷲ ލައްވަވާފައިވަނީ އޭނާގެ އުޚްރަވީ ހަޔާތަށްޓަކައި ގޮވާންކުރާ ދަނޑުބިމެއްގެ ގޮތުގައި. އެބިމުގައި އޭނާ ރަނގަޅަށް ގޮވާން ނުކޮށްފިނަމަ، އޭނާގެ ވެރި ރަސްކަލާންގެ ހަޟްރަތަށް އޭނާ ދާނީ ހުސްއަތާ. ބުއްދިވެރިއަކީ އަބަދުމެ އުޚްރަވީ ހަޔާތް ހިތް މައްޗަށް ގެނެސް، ހެޔޮގޮތުގައި ދުނިޔަވީ ހަޔާތުގެ ބޭނުންހިފާ މީހާ. ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި މަސައްކަތްކުރާ މީހާ"

ދުނިޔޭގެ ހަޔާތަކީ ޒުވާންކަމާއި، މުސްކުޅިކަމާއި ޢަޖޫޒުކަން އަންނަ އެއެޗެކެވެ. ނިއުމަތެއް ލިބުމުން އުޚުރަވީ ހަޔާތަށް އެނިއުމަތުން ފައިދާ ހޯދުމަށް ދުނިޔޭގައި މާތް ﷲ އަށް އަޅުކަންކޮށް، ދީލަތިކަމާއެކު ހޭދަކޮށް ބިމުގައި ފަސާދަނުކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ދުނިޔޭގައި އުޅެ ދުނިޔެއާއި އާޚިރަތް ލިބިގަތުމަށްޓަކައި މަސައްކަތް ކުރުމަށް ވަނީ އަންގަވާފައެވެ.

ދުނިޔަވީ ހަޔާތުގެ މިސާލަކީ ވާރޭފެނުގެ މިސާލެވެ. އެފެނުން ފެން ލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން އަޖައިބުކޮށްފައިވެއެވެ. ދެން އެގަސްތައް ހިކިދެއެވެ. ދެން އެގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ.

ތިބާއަކީ މާތް ﷲ އެންގެވިގޮތަށް މުދާ ހޯދައި، އެކަލާންގެ މަގުގައި އެ މުދާ ހޭދަކޮށްފައިވާ މީހަކުކަމުގައި ވެއްޖެނަމަ އުފަލުގެކޮޅެއް ވެސް ނެތެވެ. މާތް ﷲ ދެއްވާފައިވާ އުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.

މައުލޫމާތު: ހުކުރު ޚުތުބާ

+1
0
+1
2
+1
0
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް