ހައްވަ ބޮނބިތަޅަން ގެންގުޅޭ ސާމާނު ބޮލަށް ލައިގެން ބާރު ބާރަށް އަތިރިމައްޗަށް ދަނިކޮށް ހޮޅު އަށީގައި އިން އަލިފުޅަށް ހައްވަ ފެނުމުން އަހާލިއެވެ.
އަލިފުޅު: ހައްވާ ހާދަހާ ބާރަކަށް ކޮންކަމެއް ލައިގަތީތަ؟
ހައްވަ: މިދަނީ ރޯނުވަށަން ބޮނބިކޮޅެއް ތަޅާލަން. އިހަށްދުވަހު އަލިފުޅު ގޮއްވާލި ވޯރލްޑް ޓްރޭޑް ސެންޓަރު އަލުން ހަދަން މި ކަރައިންނޭ ރޯނު ގެންދަނީ!
Advertisement
އަލިފުޅު: އޭނ ކީކޭ މަށޭ!
ހައްވަ: އާނ އެހެރަ އަޑު ފޮށިން ގޮވާ ނަގަނީނުން! އަލިފުޅު ގޮއްވާލި ޓްރޭޑް ސެންޓަރު އަލުން ހަދާ ވާހަކަ!
އަލިފުޅު ކިޔާނެ އެއްޗެއް ނޭނގިގެން އަނގަ ތަތްމިނަށް ހުޅުވައިގެން އިންދާ ހައްވަ މާބާރަކަށް ފަސް އެނބުރި ބަލާވެސް ނުލާ ގޮސް އޮބާލައިފިއެވެ.








