ހައްވަ އަސުރުން ފައިބައިގެން މަސް ދޯނިތައް މަހުން ލެފިތޯ ބަލާލާނަމޭ ހިތާ އަތިރިމައްޗަށް ދާން ބާރު ބާރަށް ހިނގައިގަތެވެ.
ހައްވަ ބޮޑުމަގުން ސީދަލަށްގޮސް އަތިރިމައްޗަށް ދާން އޮންނަ މަގަށް އަޅާލިތަނާ މަގުގެ އަނެއްކޮޅުން އައި 3 މީހަކާ ދިމާވެއްޖެއެވެ.
އެމީހުންނަކީ އާދަކޮށް ހޮޅު އަށީގައި އަނގަތަޅަން ތިބޭ ބައެކެވެ.
ހައްވަ ފެނުމުން އެތަނުން ހައްވަގެއަށް ދުފަންދާ މޮހޮދު އަހާލިއެވެ.
ހައްވަ މާބާރަކަށް ކޮންތަނަކަށް ތިޔަދަނީ؟
ހައްވަ: މިދަނީ މަހުން ލެފިތޯ ބަލާލަން! ލައިގެން ކާނެ އެއްޗެއް ނެތިގެން!

މޮހޮދު: ބަލަ ހައްވާ މަސްނުލާވެސް ލައިގެންކާ ބާވަތްތައް ތައްޔާރު ކުރެވޭނެއެއްނުން!
ހައްވަ: މޮހޮދާ ގިނަ ދިވެހިންނަށް ކޮންމެ ގަޑިއަކުވެސް ކަމުދަނީ މަސް.
ހެނދުނުގެ ނާސްތާއަށް މަހުގެ ބާވަތެއް ކާނެ.
މެންދުރުވެސް މަހުގެ ބާވަތެއް ނެތިއްޔާ ކަމުނުދާނެ.
ރޭގަނޑުވެސް މަސް ހުންނަން ޖެހޭ.
ދެން ބާކީ ގަޑިތަކުގަ ކާނީ މީހުންގެ މަސް. މޮހޮދުމެން ހޮޅުއަށީގަ ތިބެގެން ވެސް ކަނީ މީހުންގެ މަހެއްނު!
ހައްވަ އެހެން ބުނެފައި މޮހޮދު މެންނަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް މާބާރަކަށް ހިނގައިގެންފިއެވެ.
މިލިޔުން ކިޔާލުމުން
+1
0
+1
3
+1
0
+1
7
+1
0
+1
0
+1
0