Advertisement
header ad
XeeTimesXeeTimes
އުފަންވިއިރު މިކުއްޖާގެ ބޮލުގެ އިސްތަށި ހުރީ ނުރަގޮތަށް! ހާދިސާ

އުފަންވިއިރު މިކުއްޖާގެ ބޮލުގެ އިސްތަށި ހުރީ ނުރަގޮތަށް!

ބެންސް ނަމަކަށް ކިޔާ މިކުއްޖާ އުފަންވީ ހަންގޭރީގެ ހޮސްޕިޓަލަކަށެވެ. އުފަންވުމާއެކު ޑޮކްޓަރުން އަދި އެކުއްޖާގެ މައިންބަފައިންނަށް ވެސް ލިބުނީ ހައިރާންކަމެވެ.

އާންމު ބަރުދަނެއްގައި ހުރި ލޯބިލޯބި މިކުއްޖާ އަކީ އުފަންވިއިރު އިތުރު މައްސަލައެއް ނެތް ދުޅަހެޔޮ ކުއްޖެކެވެ. 'އަލްބިނިޒަމް' ހުންނަ ކުދިންވެސް އުފަންވާއިރު މިގޮތަށް ބޮލުގެ އިސްތަށިގަނޑު ހުދުކޮށް ހުރެއެވެ. އެހެންނަމަވެސް ޑޮކްޓަރުން ހެދި ޓެސްޓްތަކުން ބެންސް އަށް އެބަލި ޖެހިފައިވާ ނުވާކަން ވަނީ އެނގިފައެވެ. 

ތުއްތުކުދިންނަށް ހުދު އިސްތަށިގަނޑެއް ލިބުން މިއީ ބައެއްފަހަރަށް ވާރުތަވާކަމެއް ކަމަށް ބައެއް މީހުން ދެކެއެވެ. މިގޮތުން އާއިލާގެ ކޮންމެވެސް ހިސާބަކުން މިގޮތަށް ކުއްޖަކު އުފަންވެފަހުރުން އެކަށީގެންވެއެވެ.

Article - in content
Advertisement

'އެޓަރނަލް ލައިފްސްޓައިލް' ވެބްސައިޓުން ބުނާގޮތުގައި މިގޮތަށް ދިމާވާ ބައެއް ސަބަބުތަކަކީ ވިޓަމިންބީ12 މަދުވުމުން ނުވަތަ އިސްތަށިގަނޑުގެ 'ސެލްތައް' އުފެދިފައިވާ ގޮތެއްގެ ސަބަބުންނެވެ.

ބެންސްގެ ރީތިކަމާއި ލޯބިކަމުން އޭނާގެ ވީޑިއޯ ވަނީ އިންޓަނެޓުގައި ވައިރަލްވެފައެވެ. އަދި 'ޕްރިންސް ޗާމިންގ' ނަމުން ބެންސް އަށް ބައެއް މީހުން ވަނީ ނަން ދީފައެވެ. އުފަންވާއިރު މިގޮތަށް ކުދިންގެ އިސްތަށިގަނޑު ހުރުމަކީ އެހާ އާންމުކަމެއް ނޫނެވެ.   

މައުލޫމާތު ޔޫޓިއުބް 'ވީޑިއޯ އިންސްޕިރޭޝަނަލް' އަދި ސޯޝަލް މީޑިއާ

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —