Advertisement
header ad
XeeTimesXeeTimes
ކެއުމުގައި އަޖިނަމޮޓޯ ބޭނުންކުރާއިރު ލިބިދާނެ ގެއްލުމާއިމެދު ވިސްނާލިންތަ؟ Uncategorized

ކެއުމުގައި އަޖިނަމޮޓޯ ބޭނުންކުރާއިރު ލިބިދާނެ ގެއްލުމާއިމެދު ވިސްނާލިންތަ؟

ތަފާތު ބާވަތްތަކުގެ ކާތަކެތި ތައްޔާރުކުރާއިރު އަޖިނަމޮޓޯ ބޭނުންކުރާ މީހުން އުޅެއެވެ. މިގޮތުން ކުޅިކޮށް ތައްޔާރުކުރާ ހެދިކާ، އަދި ރިހަ، ކިރުގަރުދިޔަ ފަދަ ބާވަތްތައް ތައްޔާރުކުރާއިރު އަޖިނަމޮޓޯ އަޅައެވެ. އެހެންނަމަވެސް އަޖިނަމޮޓޯ އަކީ ގެއްލުންހުރި އެއްޗެއްކަން އެނގުމުން ކެއުމަށް އަޖިނަމޮޓޯ ބޭނުން ނުކުރާ މީހުން ދަނީ ގިނަވަމުންނެވެ.

 

އަޖިނަމޮޓޯގައި ހިމެނެނީ ކޯއްޗެއް؟

އަޖިނަމޮޓޯ ނުވަތަ މޮނޮސޯޑިއަމް ގުލުޓަމޭޓް (އެމްއެސްޖީ) އުފައްދަނީ ސޯޑިއަމް އާއި ގުލޫޓަމިކް އެސިޑް ބޭނުންކޮށްގެންނެވެ. އަދި އަޖިނަމޮޓޯ ތައްޔާރުކުރުމަށް އުއްދަނޑި، ޝުގަރ ބީޓްސް، ޒުވާރި ބޭނުންކުރެއެވެ.

Article - in content
Advertisement

އަޖިނަމޮޓޯ ކެއުމުން ލިބެނީ ކޮންކަހަލަ ގެއްލުމެއް؟

އަޖިނަމޮޓޯ އިން ލިބޭ ގެއްލުމާއިމެދު ވިސްނަން އެބަޖެހެއެވެ. 

  • އެލާޖިކް މައްސަލަތައް ދިމާވާ މީހުން އަޖިނަމޮޓޯ ކެއުމަކީ ރަނގަޅުކަމެއް ނޫނެވެ. އަޖިނަމޮޓޯ ކެއުމުން މެއިން ދިލަނެގުން، މޫނު ދުޅަވުން، އަދި ރިއްސުން ފަދަ މައްސަލަތައް ކުރިމަތިވާކަމަށް ފާހަގަކޮށްފައިވެއެވެ.
  • އަޖިނަމޮޓޯ ގިނައިން ކެއުމުން ހަށިގަނޑުން ކެލްސިއަމް މަދުވުމަށް މެދުވެރިވެ ކަށީގެ ބާރު ދަށްވެ ހުޅުހުޅުގައި ރިއްސުމަށް މަގުފަހިވެއެވެ.
  • ދާއިމީކޮށް އަޖިނަމޮޓޯ ކެއުމުން ލިބޭ އެންމެ އާންމު ގެއްލުމަކީ ބޮލުގައި ރިއްސުމެވެ. މިގޮތުން ބޮލުގައި ރިހުން މައިގްރެއިން އަށް ބަދަލުވެ މޭނުބައިކުރުމާއި ލޯފުސްވުން ފަދަ ކަންތައްވެސް މެދުވެރިވެދާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.
  • މާބަނޑުމީހުން އަޖިނަމޮޓޯ ކެއުމަކީ ރަނގަޅުކަމެއް ނޫނެވެ.
  • އަޖިނަމޮޓޯ ގިނައިން ކެއުމަކީ ކެންސަރުވެސް ޖެހިދާނެ ކަމެކެވެ. މިގޮތުން 'ކޮލޮރެކްޓަލް' ކެންސަރަށް މަގުފަހިވުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކޮށްފައިވެއެވެ.

އަޖިނަމޮޓޯ އަކީ ކާތަކެތީގެ ރަހަ މީރުވާ އެއްޗެއްކަމަށް ގަބޫލުކުރެވުނަސް އޭގެ ސަބަބުން ގެއްލުން ލިބޭނަމަ އެންމެ ރަނގަޅު ގޮތަކީ ބޭނުންނުކުރުމެވެ.

 

މައުލޫމާތު: ހެލްތްޝޮޓްސް ޑޮޓްކޮމް

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ފާތުމައިދީ 14ފެބްރުއަރީ2023

ސިނގިރެޓާ ބިޑިޔާ ފޯކާވެސް އެތެރެކުރާ ގޮތަށް ތިވެސް އެތެރެކުރަނީ. 2

Wa hi m 13ފެބްރުއަރީ2023

ދެން ކީއްވެ ރާއްޖެއަށް ތި އެތެރެ ކުރަނީ 6

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —