November 22, 2024 23:34
Advertisement

-Advertisement-

ދުނިޔޭގެ އެންމެ އަގުބޮޑު ސައިފަތުގެ އަގު އެނގޭތަ؟

ކަޅުސަޔަކީ އަހަރެމެންގެ ތެރޭގައި ވަރަށް މަގުބޫލު އެއްޗެކެވެ. ސައިތައްޓެއް ބޯލުމުން ލިބޭ ހިތްހަމަޖެހުން ވަރަށް ގިނަ މީހުންނަށް ކަމުދެއެވެ. ސަޔަކީ ވަރަށް ކުރީޒަމާނުއްސުރެވެސް ދުނިޔޭގައި މީހުން ބޭނުންކުރަމުން އައި އެއްޗެކެވެ. މީގެ ތާރީޚަށް ބަލާލާއިރު 2737 ބީ.ސީ ގައި ޗައިނާގެ އެމްޕެރެރާ ސައިބޮއި އުޅުނުކަމަށްވެއެވެ. އެއީ ދުނިޔޭގައި ފުރަތަމަ ފަހަރަށް "ކެމެލިޔާ ސިނެންސިސް" ސައިފަތްގަހުގެ ފަތުން ސައި ހަދައިގެން ބުއި ފުރަތަމަ ސައިތައްޓެވެ. ސައިގެތެރޭގައި ތަފާތު ބާވަތް ބާވަތުގެ ސައިފަތުން ތައްޔާރުކުރާ ސައި ހުރެއެވެ. ކަޅުސައިގެ އިތުރުން "ގްރީންޓީ" "ހާބަލްޓީ" މިއީ ވަރަށް ގިނަ މީހުންނަށް ކަމުދާ ވައްތަރުތަކެވެ. ސައިފަތް ދަނޑުތަކުން ލިބޭ ސައިފަތުން ތައްޔާރުކުރެވޭ ސަޔަކީ އެހާ އަގުބޮޑު އެއްޗެއްކަމަށް ހީކުރާނެބާއެވެ. އެހެންނަމަވެސް ދުނިޔޭގައި ވަރަށް އަގުބޮޑެތި ސައިފަތުން ތައްޔާރުކުރެވޭ ސައި އެބަހުއްޓެވެ. އެސައިފަތް އެހާ އަގުބޮޑުވާ ސަބަބުތައް ބަލާލުން މުހިއްމެވެ.

"ޑަ ހޮންގ ޕައޮ ޓީ"

މިއީ އެންމެ އަގުބޮޑު އެއްސައިފަތެވެ. މިއީ ޗައިނާގެ ފުޖާން ޕްރޮވިންސްގެ "ވުއި މައުންޓެއިން" ގައި ހެދޭ ސައިފަތެކެވެ. މީގެ އަނެއް ނަމަކީ "ބިގް ރެޑް ރޯބް" އެވެ. ދުނިޔޭގައި ހުރީ މުޅިއެކު މީގެ 6 ގަހެވެ. މި ސައިފަތަކީ ވަރަށް މަދުން ނޫނީ ނުލިބޭ އެއްޗަކަށްވެފައި މީގެ ސައިފަތް 300 އަހަރުވަންދެން ހެދިފައިވާއިރު އެންމެ ފަހުން މިސައިފަތް ކަނޑާފައިވަނީ 2005 ވަނަ އަހަރުއެވެ. 1972 ވަނަ އަހަރު އެމެރިކާގެ ރައީސް އެއް ކަމަށްވާ ރިޗަރޑް ނިޒޯން ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ޒިޔާރަތްކުރުމުން އޭރުގެ ޗައިނާގެ އެމްޕެރާ "މިންގ ޑައިނާސްޓީ" ހަދިޔާކުރިއެވެ. އެއީ ޗައިނާއާއި އެމެރިކާއާއި ދެމެދު "ޕީސް" ގާއިމުކުރުމުގެ ނިޝާނެއްގެ ގޮތުން ހަދިޔާކޮށްފައިވާ އެއްޗެކެވެ. މިސައިފަތުގެ 1 ގްރާމްގެ އަގަކީ 1400 ޔޫއެސް ޑޮލަރެވެ. 2002 ވަނަ އަހަރު މީގެ 20 ގްރާމް ވިއްކާފައިވަނީ 28000 ޔޫއެސް ޑޮލަރަށެވެ. މީގެ އަގަކީ ރަނުގެ އަގަށްވުރެވެސް ބޮޑު އެއްޗެކެވެ. ރަނަކީ ބާޒާރުގައި ގަންނަން ލިބޭ އެއްޗަކަށްވާއިރު މިސައިފަތަކީ ދުނިޔޭގައި މަދު މީހެއްގެ އަތުގައި ރައްކާކުރެވިފައިވާ ސައިފަތެކެވެ. ޗައިނާ އަކީ މިކަހަލަ މަދުން ލިބޭ ކަހަލަ މީރު ސައިފަތް ހެއްދުމުގައި ކުރިއަރާފައިވާ ގައުމެކެވެ. މިސައިފަތުގެ 1 ކިލޯ ލިބެނީ 1 މިލިއަން ޑޮލަރަށެވެ.

Advertisement

ޕަންޑާ ޑުންގ ޓީ

މިއީ ޕަންޑާގެ ގުއިން ފާޓިލައިސްކޮށްގެން ހައްދާ ބާވަތުގެ ސައިފަތެކެވެ. މިއީ އިންޑޮނޭޝިއާގެ މަޝްހޫރު "ލުއަކް ކޮފީ"ގެ ސައިފަތެވެ. މިއީވެސް ޗައިނާގެ ފަރުބަދައެއްކަމަށްވާ "ޝަ އާން" ގައި ހެދޭ ސައިފަތެކެވެ. އޭރު 50 ގްރާމް ވިއްކާފައިވަނީ 3500 ޔޫއެސް ޑޮލަރަށެވެ. މިސައިފަތުގައި އެންޓި އޮކްސިޑެންޓްގެ މާއްދާ ވަރަށް ބޮޑަށް އެކުލެވިފައިވެއެވެ. މިއީ ކަޅުސަޔަށް ލޯބިކުރާ މީހުންނަށް ވަރަށް ކަމުދާނެ ސައިފަތެކެވެ. އެހެންނަމަވެސް މިހާރު މިސައިފަތް ހެއްދުން ވަނީ ހުއްޓާލާފައެވެ. މިސައިފަތް ގަންނަން ލިބެނީ 1 ކިލޯ 70000 ހާސް ޑޮލަރަށެވެ.

ޕީޖީ ޓިޕްސް ޑައިމަންޑް

މިއީ ބްރިޓިޝްގައި އެމީހުންގެ ޖުވެލަރީގައި އެންމެ އަގުބޮޑުކޮށް ސައިފަތް ބޭގް ތައްޔާރުކުރެވުނު ބްރޭންޑެވެ. އެއީ 2005 ވަނަ އަހަރު 75 ވަނަ އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައެވެ. 280 ޑައިމަންޑް ބޭނުންކޮށް ތައްޔާރުކުރެވުނު މި ސައިފަތް ޕެކެޓަކީ މިހާތަނަށް އުފެދުނު އެންމެ ތަފާތު ސައިފަތެވެ. ރޯލަޔް މެންޗެސްޓާ ޗިލްޑްރަންސް ހޮސްޕިޓަލަށް ފަންޑު ހޯދުމުގެ މަގުސަދުގައި ތައްޔާރުކުރެވުނު ސައިފަތެކެވެ. މިސައިފަތް ޕެކެޓްވަނީ އެހޮސްޕިޓަލަށް ޑޮނޭޓްކޮށްފައެވެ. މިސައިފަތް 1 ބޭގްގެ އަގަކީ 15000 ޑޮލަރެވެ.

ޔެލޯ ގޯލްޑް ޓީ ބަޑްސް

މިއީ ލަގްޒަރީ ސައިފަތުގެ ނަމުން މަޝްހޫރުވެފައިވާ ސައިފަތެކެވެ. މިސައިފަތް ކަނޑަނީ އަހަރަކު އެއްފަހަރުއެވެ. މިސައިފަތް ކެނޑުމަށް 24 ކެރެޓް ރަނުން ހަދާފައިވާ އެއްޗެއް ބޭނުންކޮށް އުޅެއެވެ. އެއަށްފަހު އަވިން ހިއްކައެވެ. ދެން 24 ކެރެޓްގެ ރަނުން ހަދާފައި ހުންނަ ސްޕްރޭއަކުން ސްޕްރޭކުރެއެވެ. އެއީ "އެޑިބަލް" ސްޕްރޭއެކެވެ. މިއީ އެންޓި އޭޖިން އަށް ބޭނުންކުރަން ރަނގަޅު ސައިފަތެއް ކަމަށްވެސް ބުނެއެވެ. ޒުވާންކަން ދެމެހެއްޓުމަށްޓަކައި މިސައިފަތް ބޭނުންކުރެއެވެ. މިސައިފަތް ހަމައެކަނި ލިބެން ހުންނަނީ ސިންގަޕޫރުގެ ޓީ ޑަބްލިއު ޖީ ކޮމްޕެނީއިންނެވެ. މިސައިފަތުގެ 1 ކިލޯ ލިބެނީ 7800 ޑޮލަރަށެވެ.

ސިލްވާ ޓިޕްސް އިމްޕީރިއަލް ޓީ

މިއީ ހަމައެކަނި ފުލްމޫން ނައިޓްގައި އެކަމަށް ކުޅަދާނަ މީހުން ވަކިގޮތަކަށް ކަނޑައިގެން ބޭނުންކުރާ ސައިފަތެކެވެ. މިސައިފަތަކީ އަނބުގައި ހުންނަ ކަހަލަ ފޮނި ރަހައެއް އެކުލެވިގެންވާ ސައެކެވެ. މިއީ އިންޑިއާގައި ހެދޭ ސައިފަތެކެވެ. މަކައިބަރާއީ ޓީ އެސްޓޭޓުގެ ދަރްޖީލިންގައި ހެދޭ މިސައިފަތް ކަނޑަނީ އެ މޫސުމުގައި 3 ނުވަތަ 4 ފަހަރުއެވެ. 2014 ވަނަ އަހަރު މިސައިފަތް ވިއްކާފައިވަނީ 1 ކިލޯ 1850 ޑޮލަރަށެވެ. މިއީ އިންޑިއާގައި އެންމެ އަގުބޮޑު އެއްސައިފަތެވެ. މިސައިފަތަކީ ނިދާއިރު ބޭނުންކޮށްލަން ވަރަށް ސަޅި ސައިފަތެކެވެ. މީގެ ސައިތައްޓެއް ބޯލުމުން އަރާމުކަން ލިބިދެއެވެ.

 

މައުލޫމާތު: ބިޒިނަސް ޓްޑޭ.އިން

+1
1
+1
1
+1
1
+1
1
+1
3
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް