September 20, 2024 08:55
Advertisement

-Advertisement-

އުޟްޙިޔާ ކަތިލުމަކީ މަތިވެރި އަޅުކަމެއް

އުޟްޙިޔާއަކީ މާތްﷲ އަށް ކުއްތަންވުމުގެ ގޮތުން ޙައްޖުމަހުގެ ދިހަ ވަނަ ދުވަހުން (އެބަހީ ޢިދު ދުވަހު) ފެށިގެން  އައްޔާމުއް ތަޝްރީޤު ތިން ދުވަހާއި ހަމައަށް (އެބަހީ 11، 12، 13) ކަތިލެވޭ ނަޢަމް ސޫފިއެކެވެ. މިއީ އިސްލާމްދީނުގެ ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (فَصَلِّ لِرَ‌بِّكَ وَانْحَرْ) މާނައަކީ: “ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި قربانކުރައްވާށެވެ. މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. « أقام النبي صلى الله عليه وسلّم بالمدينة عشر سنين يضحي » رواه أحمد (4935) މާނައީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާގައި ހުންނެވި ދިހައަހަރުވެސް ކޮންމެ އަހަރަކު އުޟްޙިޔާ ކަތިލައްވައެވެ."

އުޟްހިޔާ ކަތިލުމަކީ ޢީދު ދުވަހުގައި ކުރެވޭ އެންމެ ހެޔޮ އަޅުކަމެވެ. މިކަން ޘާބިތުވަނީ عَائِشَةَ رَضِيَ اللهُ عَنْهَا ގެ އަރިހުން ވާރިދުވެގެންވެއެވެ. ހަމަކަށަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "އުޟްޙިޔާ ކަތިލުމަށްވުރެ ﷲ ލޯބިވެ ވޮޑިގެންވާ އެހެން އެއްވެސް ކަމެއް ޢީދު ދުވަހު އެއްވެސް މީހަކު ނުކުރާނެއެވެ. ހަމަކަށަވަރުން އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ އެއްޗެއް ޤިޔާމަތްދުވަހު އެ އެއްޗެއް ޤުރުބާންކުރި މީހަކަށް ފާފަ ފުއްސެވުމަށް އެދިގެން އޭގެ ކެހެރިތަކާއި ދަޅުތަކާއި މޮށްގަނޑާއެކު އަންނަހުއްޓެވެ. އުޟްޙިޔާ ކަތިލުމުން ފައިބައިގެންދާ ލޭ ބިމުގައި ޖެހުމުގެ ކުރިން އެ މީހެއްގެ ފާފަ ފޮހެވޭނެއެވެ. ފަހެ ތިޔަބައިމީހުން ތެދު ނިޔަތުގައި ހިތްނިޔަތް ޚާލިޞްކޮށްގެން ﷲ އަށްޓަކައި އުޟްޙިޔާ ކަތިލާށެވެ!

ބައެއް ޢިލްމުވެރިންގެ އަރިހުގައި އުޟްޙިޔާ ކަތިލުމަކީ ވާޖިބެކެވެ. ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

Advertisement

އުޟްޙިޔާ ކަތިލުމަށް ނިޔަތް ގަތް މީހާ ދުރުހެލިވާންޖެހޭ ކަންކަން:

އުޟްޙިޔާ ކަތިލަން ނިޔަތް ގަތް މީހާ ޛުލް ޙިއްޖާ މަސް ފެށުމާއިއެކު އެއްވެސް ތަނަކުން އިސްތައްޓެއް، ހަންކޮޅެއް، ނިޔަފަތްޗެއް ކަނޑައިގެންނުވާނެއެވެ. މާތްﷲ ރުއްސުންލެއްވި އުއްމު ސަލަމާގެ ކިބައިން ރިވާވެގެންވެއެވެ. " ޛުލްޙިއްޖާ މަހުގެ ހަނދު ފެނުމާއިއެކު އުޟްޙިޔާ ކަތިލުމަށް ގަސްދު ކުރާމީހާ، އިސްތައްޓެއް ނިޔަފަތްޗެއް ނުކަނޑާހުށިކަމެވެ. އުޟްޙިޔާ ކަތިލުމަށް ނިޔަތް ގަތް  މީހާ، އެ ކަތިލެވެންދެން މި ކަންކަމުން ދުރުވާން ޖެހޭނެއެވެ.

އުޟްޙިޔާގައި ބައިވެރިވެވޭނީ ކިތަށް މީހުންނަށް:

އުޟްހިޔާގެ ގޮތުގައި ކަތިލެވޭނީ ނަޢަމް ސޫފިއެވެ. އެއީ ގެރި، ބަކަރި، ކަންބަޅި ބަކަރި ޖަމަލެވެ. އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ ނަޢަމު ސޫފީން ގިނަ މީހުނަށް ބައިވެރިވެވޭނެއެވެ. ބަކަރިއާއި ކަންބަޅި ބަކަރީގައި ބައިވެރިވެވޭނީ އެކަކަށެވެ. އެއް ބަކަރި ކަތިލުމުން އޭނާގެ ބެލުމުގެ ދަށުގައިވާ އެންމެން ޝާމިލުވެގެންވެއެވެ. ޖަމަލާއި ގެރީގައި 7 މީހުނަށް ބައިވެރިވެވޭނެއެވެ. އެބަހީ 7 މީހުން ޝެއަރ ވެގެން 1 ގެރި ނުވަތަ ޖަމަލު ކަތިލެވޭނެއެވެ. މިގޮތަށް ބައިވެރިވާ 7 މީހުންގެ ޢާއިލާވެސް މީގައި ޝާމިލުވާނެއެވެ. އެބަހީ: އުޟްޙިޔާ ކަތިލުމުގެ ދަރުމައާއި ޘަވާބުގައި ހިއްސާ ކުރެވޭނެއެވެ. އަދި އެމީހެއްގެ މަރުވެފައިވާ މައިންބަފައިންވެސް ހިމެނޭނެއެވެ.

އެއްގެއެއްގައި އުޅޭ އެންމެންގެ މަތިން އެކަތި ކަތިލެވޭނެތަ؟

އެއް ގެއެއްގައި އެކުގައި ކައިބޮއެ އުޅޭ އެއްމެންގެ މަތިން އެއް އުޟްޙިޔާ ކަތިލެވޭނެއެވެ. އެއީ ދެ އާއިލާ ނުވަތަ ތިން ޢާއިލާކަމުގައި ވިޔަސްމެއެވެ. އެއް އުޟްހިޔާއިން އެ އެންމެނަށް ފުދިގެންވެއެވެ. މިކަން މިގޮތަށް އޮތަސް އެމީހަކު ބޭނުމިއްޔާ ވަކިން އުޟްޙިޔާ ކަތިލުންވެސް ހުއްދައެވެ.

މަރުވެފައިވާ ޢާއިލާ މީހުންގެ މަތިން އުޟްޙިޔާ ކަތިލުން:

މީހަކު، އޭނާގެ ގޭގެ އަހުލުވެރިންގެ މަތިން އުޟްޙިޔާ ކަތިލާއިރު މަރުވެފައިވާ ޢާއިލާ މީހުން އެ ކަތިލެވޭ އުޟްޙިޔާގައި ހިމަނައިގެން ކަތިލުން ހުއްދަވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަމިއްލަ ނަފްސުގެ މަތިންނާއި އަހްލު ބައިތުންގެ މަތިން އުޟްޙިޔާ ކަތިލެއްވިއެވެ. އަދި އެކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންގެ މަތިންވެސް ކަތިލެއްވިއެވެ. އޭގެ ތެރޭގައި މަރުވެ ގޮސްފައިވާ މީހުންވެސް ހިމެނިގެންވެއެވެ.

+1
0
+1
0
+1
2
+1
0
+1
2
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް