November 23, 2024 21:02
Advertisement

-Advertisement-

ޣީބަ ބުނުމަކީ މަރުވެފައިވާ ތިމާގެ އަޚާގެ މުޅަމަސް ކެއުންފަދަ ކަމެއް: ހުކުރު ޚުތުބާ

ޣީބަ ބުނުމަކީ ތިމާގެ އަޚާ ނުރުހޭ ސިފަޔަކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. ނުވަތަ މީސްތަކުންގެ ގާތުގައި ތިމާގެ އަޚާގެ ކިބައިގައި ހުރި އައިބެއްގެ ވާހަކަ ދެއްކުމެވެ.

ބައެއްފަހަރު މީސްތަކުންނާ ބެހޭގޮތުން ފެތުރިފައި ހުންނަ ވާހަކަތަކުގެ ހަގީގަތް ނުހޯދައި އެމީހުން ބަދުނާމުކުރުމުގެ ނިޔަތުގައި، އެވާހަކަތައް އާންމުކޮށް ފަތުރާ މީހުން އުޅެއެވެ. އެކަމުގެ ނުރައްކާތެރިކަން ބަޔާންކުރައްވައި މާތް ﷲ ވަހީކުރައްވާފައިވެއެވެ. މާނައީ: "އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން އިވުމާއި ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުވާލުކުރައްވާނެ ކަމެއްކަމުގައި ވިއެވެ". މިފަދަ ވާހަކަތައް ފަތުރާ މީހުން އެމީހުންގެ ގުނަވަންތަކުން ކުރާ ޢަމަލުތަކަށް ޤިޔާމަތް ދުވަހުން ޖަވާބުދާރީވާން ޖެހޭނެއެވެ. އެއިން ކޮންމެ ކަމަކާމެދު އެ ދުވަހުން ސުވާލު ކުރެވޭނެކަން ދަންނަން ޖެހެއެވެ.

ޣީބަ ބުނުމަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. އެއީ މަރުވެފައިވާ ތިމާގެ އަޚާގެ މުޅަމަސް ކެއުންފަދަ ކަމެކެވެ. ޣީބަ ބުނުމާއި ނެތިމޮށުމަށް މެދުވެރިވާ ސަބަބުތަކުގެތެރޭގައި ތިމާގެ ނަފުސަށް ތާއީދުހޯދުމާއި، އަނެކާއާމެދު ތިމާގެ ހިތުގައި އޮންނަ ހަސަދައާއި ނަފުރަތުގެ ސަބަބުން މީސްތަކުންގެ ކުރިމަތީގައި އޭނާގެ އަގުވައްޓާލަން ބޭނުންވުން ހިމެނެއެވެ.

Advertisement

"ނެތިމޮށުމާއި ދޭތެރެ ޖެއްސުމާއި ފިތުނަފަސާދަ ފެތުރުމާ ދުރުހެލިވާށެވެ! ކަށްވަޅުގައި ޢަޛާބު ލިބޭ އަމަލުތަކުގެ ތެރޭގައި މިފަދަ ކަންކަން ހިމެނޭ. ދެބައޮޑުވަމުން، ދޭތެރެ ޖައްސަމުން ހިނގުމާއި، މީސްތަކުންގެ އަބުރަށް އަރައިގަންނަ މީހުންނަށް، ޤިޔާމަތް ދުވަހުން ގަދަފަދަ ޢަޛާބު ލިބޭނެ. މުސްލިމުން ޣީބަ ބުނެ، ހުތުރު ބަސްތައް ރައްދުކޮށް އުޅޭ މީހުންނަށް ޤިޔާމަތް ދުވަހުން އެމީހުން ކޮށްއުޅުނު ފާފަތަކާ އެއްފަދަ އަޛާބު ދެއްވާނެ".

ދޭތެރެ ޖެއްސުމަކީ ނުބައިވެގެންވާ ކަމެކެވެ. އެއީ މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ވާހަކަ ދެއްކުމެވެ. އެއީ ފާފައެކެވެ. މާތް ﷲ ޙަރާމްކުރައްވާފައިވާ ކަމެކެވެ.

 

ނޯޓް: މިއީ 30 ޖޫންގައި ގެނެސްދިނުމަށް ހަމަޖެހިފައިވާ ހުކުރު ޚުތުބާގައި ހިމަނާފައިވާ މައުލޫމާތެވެ. 

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް