June 30, 2024 01:07
Advertisement

-Advertisement-

އެމްޓީސީސީގެ "ސުޒުކީ ފުޓުބޯޅަ ފޯރި 2024" އިފްތިތާހު ކުރުން

"ސުޒުކީ ފުޓުބޯޅަ ފޯރި 2024" ޕްރޮމޯޝަން ވަނީ މިއަދު އިފްތިތާހު ކޮށްފައެވެ. މިއީ 15 މެއި 2024 އިން 15 ޖުލައި 2024ގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މިއީ ސުޒުކީ އިންޖީނުގެ ސްޕެއަރ ޕާރޓްސް، ސުޒުކީ އިންޖީނުގެ އަޑީތެލާއި ގިޔަރުތެޔޮ އަދި މެރޯލް އައުޓްބޯޑުގެ ސްޓިއަރިންގ ސިސްޓަމް ބައްލަވައިގަންނަވާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެ ޕްރޮމޯޝަނެކެވެ.

ސުޒުކީ ފުޓްބޯޅަ ފޯރި އިވެންޓްގައި އެމްޓީސީސީގެ ސީއީއޯ ޒިޔާދު ބައިވެރިވެވަޑައިގަންނަވަނީ 

" މި ޕްރޮމޯޝަންގެ މަގްސަދަކީ އައުޓްބޯޑް އިންޖީނު ހެޔޮއަގުގައި ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކާއި، ސުޒުކީ އައުޓްބޯޑު އިންޖީނު މަރާމާތު ކުރުމާއި، މެއިންޓެނެންސްގެ މަސައްކަތްތަކަށް ބޭނުންވާ ސްޕެއާރ ޕާޓްސް ބައްލަވައިގަންނަވަން ޝައުގުވެރިވާ ފަރާތްތަކަށް ހެޔޮ އަގެއްގައި ސާމާނު ފޯރުކޮށްދިނުން" އެމްޓީސީސީ އިން މައުލޫމާތު ދިނެވެ.

ސުޒުކީ އައުޓްބޯޑު އިންޖީނު ރާއްޖެއަށް ތަޢާރަފްކުރެވުނީ 2007 ވަނަ އަހަރުއެވެ. ވޭތުވެދިޔަ ދިގުމުއްދަތުގައި ދިވެހިންގެ މެދުގައި ސުޒުކީ އިންޖީން މަގުބޫލުވެފައިވަނީ ތެލުގެ ޚަރަދު ކުޑަ އިންޖީނެއްގެ ގޮތުގައެވެ. އެމްޓީސީސީ އިން މައުލޫމާތު ދޭގޮތުގައި މިއިންޖީނަކީ އެހެން އިންޖީނަށްވުރެ ގިޔަރު ވަރުގަދަ އިންޖީނެކެވެ. ގިޔަރު ފަރުމާކުރެވިފައިވަނީ ގަދަ ރާޅުތަކުގެތެރޭގައި ރައްކާތެރިކަމާއިއެކު ދަތުރުކުރާއިރު މަޑުޖައްސާލުމަށްފަހު ދުއްވާލިނަމަވެސް ވަގުތުން 'ޓޯކް' ލިބޭނެހެނެވެ. ޓެކްނޮލޮޖީގެ ގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ސުޒުކީ އިންޖީނު ބޭނުންކުރެވިފައިވާ ގޮތުގެ ޑައިގްނޯސްޓިކް ރިޕޯޓް އިންޖީނުގެ އިލެކްޓްރޯނިކް ކޮންޓްރޯލް މޮޑިއުލް (އީ.ސީ.އެމް) ގައި ރައްކާކުރެވިފައި ހުރުމުން އިންޖީނަށް މައްސަލައެއް ދިމާވުމުގެ ކުރިން އެމައްސަލަ ދެނެގަތުމުގެ ޤާބިލްކަން ލިބިފައިވެއެވެ.

Advertisement

 ކޮންމެ އަހަރަކުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް އެމްޓީސީސީ އިން ދަނީ ޚާއްސަ ޕްރޮމޯޝަންތައް ބާއްވަމުންނެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް