November 23, 2024 10:19
Advertisement

-Advertisement-

އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް އައިލަންޑްގެ ލަގަބު ދިން ފުރަތަމަ ރަށަކަށް ނ. ލަންދޫ

އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް އައިލަންޑްގެ ލަގަބު ދިން ފުރަތަމަ ރަށް ކަމަށްވާ ނ. ލަންދޫ އަށް ހަނދާނީ ފިލާ ދީފިއެވެ.

ނ. ލަންދޫއަކީ ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް އައިލެންޑްގެ ގޮތުގައި ފާހަގަކުރުމުގެ ގޮތުން ނ. ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒަށް ހާއްސަ ފިލާ ދެއްވީ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އެވެ. މީގެ އިތުރުން، ނ.ލަންދޫގެ ރަސްމީ ވެބްސައިޓްވެސް ހުސައިން ނިޔާޒު ވަނީ އިފްތިތާހް ކޮށްދެއްވާފައެވެ.  (www.landhoo.gov.mv)

މި ހާއްސަ ލަގަބު އެންމެ ފުރަތަމަ ލަންދޫއަށް އެރުވުނީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް، ޕަވާޑް ބައި އޭއައި ކެމްޕެއިންގެ ދަށުންނެވެ. ޑިޖިޓަލް އިންކްލޫޝަން އަދި އެމްޕަވަރމަންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއެރުވުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް މި ޕްރޮޖެކްޓްގެ ސަބަބުން އަލިއަޅުވާލާފައިވެއެވެ.

Advertisement

އުރީދޫން އިސްނަގައިގެން ނ.ލަންދޫ ކައުންސިލާއި ގުޅިގެން ރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާނެއެވެ. ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ހާއްސަކޮށް ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުމެވެ.

އުރީދޫ މޯލްޑިވްސްގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އީޖާދީ ހިދުމަތްތަކުގެ ބޭނުންހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެކަން އުރީދޫ އިން ވަނީ ކަށަވަރު ކޮށްދީފައެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް