September 17, 2024 00:33
Advertisement

-Advertisement-

ތައުޙީދަކީ މާތް ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށް ޝިރުކުގެ އަމަލުތަކާއި ދުރުވުން

އިސްލާމް ދީނުގެ އަސާސަކީ ތައުޙީދެވެ. އެއީ އެންމެ ފުރަތަމަ މާތް ﷲ ސުބުހާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންނަށް އެކަމަކަށް އީމާންވުމަށް އަމުރު ކުރައްވާފައިވާ ކަންތަކެވެ. އަދި އެންމެހައި ޖިންނީންނާއި އިންސީން އެކަމަށްޓަކައި ހެއްދެވުނު މަޤްސަދެވެ.
ތައުޙީދަކީ މާތް ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށް ޝިރުކުގެ އެންމެހައި އަމަލަކުން ދުރުހެލިވެ ރައްކައުތެރިވުމެވެ. މި ގޮތުން ތައުޙީދުގެ ބައިގައި ހިމެނޭ ތިންބައިގައިވެސް އެކަލާނގެ އެއްކައުވަންތަކޮށްގެން މެނުވީ މި މަތިވެރި އަޤީދާ ހާސިލެއް ނުކުރެވޭނެއެވެ.
ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ހަދީޘްތަކުގެ އަލީގައި އިލްމުވެރިން ތައުހީދު ބައްސަވާފައިވާއިރު ފުރަތަމަ ބަޔަކީ ރުބޫބިއްޔަތުގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ. އެއީ މާތް ﷲ އަށް ޚާއްސަ ވެގެންވާ ކަންކަމުގައި އެކަލާނގެއަށް ޝަރީކަކުރުމުން ދުރުހެލިވުމެވެ.
ޚަލްޤުކުރެއްވުމާއި ދިރުއްވުމާއި، މަރުގެންނެވުމާއި، ރިޒްޤު ދެއްވުމާއި ކައުނުގައިވާ ކަންކަން ތަދުބީރުކުރައްވައި ހިންގެވުމާއި މިއެންމެހައި ކަންކަން މިލްކުވެވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށްކަމާއި މިކަންކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވާކަމަށް ޝައްކެއްނެތި ޤަބޫލުކުރުމެވެ.
ތައުޙީދުގެ ދެވަނަބައަކީ ހުރިހާ އަޅުކަމެއް ހަމައެކަނި މާތް ﷲ އަށް އަދާކުރުމެވެ.
މުސްލިމަކަށް ވުމަށްޓަކައި އެންމެ ފުރަތަމަ އަހުރެމެން އީމާންވެ ޝައްކެއް ވަސްވާހެއް ނެތި ޤަބޫލުކުރަން ޖެހޭނީ މިމަތިވެރި އަޤީދާއެވެ.
ތައުޙީދުގެ ތިންވަނަ ބައަކީ ތައުޙީދުލްއަސްމާއި ވައްޞިފާތިއެވެ.

މައުލޫމާތު:ހުކުރުޚުޠުބާ

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް