Advertisement
header ad
XeeTimesXeeTimes
ހާދިސާ: ކަނޑުމަތިން ފެނުނީ ސަންދޯކެއް، ދެންވީ ކިހިނެއް؟ ހާދިސާ

ހާދިސާ: ކަނޑުމަތިން ފެނުނީ ސަންދޯކެއް، ދެންވީ ކިހިނެއް؟

މިއީ ރާއްޖޭގެ ރަށެއްގައި ދިރިއުޅުނު 2 މީހަކަށް ދިމާވި ހާދިސާއެއް ކަމަށް ޒީޓައިމްސް އަށް މީހަކު ކިޔައިދީފައިވާ ހާދިސާއެކެވެ. އެއްދުވަހަކު 2 މީހަކު ދިޔައީ ބޮއްކުރައެއްގައި މީހުން ދިރިނުއުޅޭ ރަށަކަށެވެ. އެދިޔަމަގުމަތީގައި މިދެމީހުންނަށް ދެފެންދޭތެރޭގައި އޮޔާދިޔަ ސަންދޯކެއް ސިވަފާ ޒާތުގެ އެއްޗެއް ފެނުނުކަމަށްވެއެވެ. އެއެތި ނަގައިގެން އެދެމީހުން ދިޔައީ ފަޅުރަށަކަށެވެ. ގޮއްސަ ބަލާލިއިރު އޭގެތެރޭގައި މީހެއްގެ ހަށިގަނޑު އޮތެވެ. ބަލާބެލުމަށް އެއީ ޔޫރަޕް ހިސާބު މީހެއް ކަމަށް ބެލެވެއެވެ. މަރުވެފައިވާ މީހާގެ ކައިރީގައި ގިނައަދަދެއްގެ ޑޮލަރު ހުރިކަމުގައިވެއެވެ. އެޑޮލަރު ނެގުމަށްފަހު އެމީހުން ހެދިގޮތަކީ އެގަބުރު އެރަށުގައި ވަޅުލީއެވެ. އެނބުރި އެމީހުން ދިރިއުޅޭ ރަށަށްދިޔައީ ހުރިހާ ޑޮލަރެއް ހިފައިގެންނެވެ.

ކުއްލިއަކަށް މިދެމީހުންނަކީ ރަށުގައި އެންމެބޮޑު ވިޔަފާރިވެރިންނަށް ވެއްޖެއެވެ. މިމީހުން ދިރިއުޅޭ ގެ ރީއްޗަށް ހަދާ ފިހާރަ ހުޅުވައިފިއެވެ. ރަށުގެ ރައްޔިތުންތިބީ ކުއްލިއަކަށް މިމީހުންނަށް މިހާގިނައިން ރުފިޔާ ލިބުނުގޮތެއް ނޭނގިފައެވެ. އެހެންހުއްޓާ އެތަނުން އެކަކު ކުއްލިއަކަށް ބަލިވާން ފަށައިފިއެވެ. ބަލި ރަނގަޅުނުވެ އެންމެފަހުން މަރުވީއެވެ. ދެވަނައަށް ހުރިމީހާ އަބަދުކަހަލަ ގޮތަކަށް ފެންނަންފެށީ މިސްކިތުންނެވެ. މިސްކިތުގައި ނުހުންނަ ވަގުތެއްވިއްޔާވެސް އަތުގައި ޚަތިމު އޮންނަކަމަށްވެއެވެ. ފަހުން އެނގުނުގޮތުގައި އެމީހާއަށް ކުރެވުނުކަންތައް ވިސްނި އަބަދު ބިރުވެރި ހުވަފެންތަކެއް ފެންނަންފެށީއެވެ. އަދި ދެވަނަ މީހާވެސް މާގިނަދުވަސްތަކެއް ނުވަނީސް މަރުވީއެވެ.  

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —