September 19, 2024 22:11
Advertisement

-Advertisement-

ރާއްޖޭގެ އިޤްތިސާދީ ސިޔާދަތު ހިމާޔަތް ކުރެއްވޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައި!

މިނިވަންކަން ޤައުމަކަށް ލިބޭނީ މައިގަނޑު 3 ކަމެއް ހާސިލުކުރެވިގެން ކަމަށާއި އެއީ އިޤްތިސާދީ ސިޔާދަތު، އަމިއްލަވަންތަކަމުގެ ސިޔާދަތު އަދި ދިފާޢީ ސިޔާދަތު އެޤައުމަކަށް ޔަގީންވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

" މި 3 ސިޔާދަތު ޔަގީން ނުވާ ހާލަތެއްގައި އެ ޤައުމެއްގެ މިނިވަންކަން ހަގީގީ މާނައިގައި ނޯންނާނެ". މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ޤައުމުގެ ކުރިއަށް އޮތް ޖީލުގެ މުސްތަޤުބަލަށްޓަކައި މި ޤައުމުގެ އިޤްތިސާދީ ސިޔާދަތީ މިނިވަންކަން ޔަގީންކުރުމަށް ދުރުވިސްނޭ ސިޔާސަތުތައް ގެންގުޅުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

Advertisement

އަދި ޤައުމުގެ އިޤްތިސާދު ޑައިވަރސިފައި ކުރުމަށް ގެންގުޅުއްވާ ސިޔާސަތު ހާމަކުރައްވަމުން ވިދާޅުވީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް އެކި ދާއިރާތަކުން އިޤްތިސާދު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަނީ ހިއްސާކުރައްވާފައެވެ. މިގޮތުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ބަންކަރިން ސަރވިސް އަމަލީގޮތުން އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

" ފެށުނީމަ ފުރަތަމަ 12 މަސް ނިމޭއިރު ޖީޑީޕީ އަށް އިތުރުކޮށްދޭނެ އިތުރަށް 400 މިލިއަން ޑޮލަރު އެއްއަހަރު ތެރޭގައި. އެއިރުން ދަރަނި ކުޑަވެގެންދާނެ. އޭގެ އިތުރަށްވެސް ގިނަ ފައިދާތަކެއް ވާނެ. ބިޒިނަސް ޕްރޮފިޓް ޓެކްސް އާއި ވަޒީފާތައް އުފެދޭނެ". ރައީސް ވިދާޅުވިއެވެ.

ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން ސޯލާ ސިޓީއެއް ޤާއިމުކުރުމަށް މިހާރު ޕްރޮޕޯސަލެއް ލިބިފައިވާކަން ފާހަގަކުރައްވައި، އެ މަޝްރޫޢުގެ ތެރެއިން 100 މެގަ ވޮޓްގެ ކަރަންޓު އުފެއްދޭނެކަމުގައި ވިދާޅުވިއެވެ. އަދި މާލެ ސަރަޙައްދަށް ބޭނުންވަނީ އެންމެ ގިނަވިޔަސް ގާތްގަނޑަކަށް 150 މެގަވޮޓުކަމުގައި ފާހަގަކުރައްވައި، ސޯލާ ސިޓީއެއް ޤާއިމުކުރުމުން މާލެ ސަރަހައްދަށް ބޭނުންވާ ކަރަންޓުގެ ފަންސާސް އިންސައްތަ ކުޑަވެގެންދާނެކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވަކި ވަކި ވިޔަފާރިތަކަށްވެސް ފައިދާ ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާކަން ފާހަގަކުރައްވައި، ޗައިނާއާއިއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒުކުރުމަށް މަސައްކަތްކުރައްވާކަމުގައި ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ ފްރީވެގެން ދާނެކަމަށާއި އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7897 ބާވަތަކުން ޑިއުޓީ ފްރީވެގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ވިޔަފާރިކުރާ އަމިއްލަ ކުންފުނިތަކަށާ ފަރުދުންނަށް ލިބޭނެ ވަރަށް ބޮޑު ފުރުޞަތުތަކެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތްވެސް ނިމުމަކާ ގާތަށް ހިނގައްޖެކަން ހާމަކުރެއްވިއެވެ. މި އެއްބަސްވުމުގެ ސަބަބުން 53 ބާވަތަކުން ޑިއުޓީ މަޢާފްވެ ނުވަތަ ލުއިވާނެކަން ފާހަގަކުރައްވައި، މިކަމުގެ ސަބަބުން ތުރުކީއާއެކުވެސް ދިވެހި ވިޔަފާރިތައް ފުޅާކުރުމަށް ފުރުޞަތު ފަހިވެގެންދާނެކަމުގައި ފާހަގަކުރެއްވިއެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް