December 5, 2024 00:24
Advertisement

-Advertisement-

ވާހަކަ: މެންދަން (ސޯޅަވަނަބައި)

ދުވަސްތަކަކަށް ބަލިވެ އުޅުމަށްފަހު، ފާއިޒުގެ މަންމަ ނިޔާވިތާ މިހާރު ހަފްތާއެއް ވީއެވެ. ފާއިޒަށް މިހާރު އެންމެ ބޮޑަށް އިހުސާސްވަނީ އެކަނިވެރިކަމެވެ. އެ ބޮޑު ގެ މިހާރު ހުސްވެ، ހަމައެކަނި އޭނާ އެކަނި އެތާ އުޅެން ޖެހުނީއެވެ.
ފާއިޒުގެ މަންމަ ނިޔާވުމާއެކު، އެގޭގައި ކައްކަން ގެންގުޅުނު މީހާވެސް ފޮނުވާލީއެވެ. ފާއިޒު މިހާރު ބޭނުންވަނީ އެކަނި އުޅޭށެވެ. އަމިއްލައަށް ކައްކައިގެން ކައިގެން އުޅެން މާފަސޭހަވާނެކަމަށް ފާއިޒަށް ވިސްނުނެވެ. އެހެން މީހަކަށް އުނދަގުލެއް ކުރާކަށް ބޭނުން ނުވާތީއެވެ.

ފާއިޒުގެ އެކަނިވެރި ދިރިއުޅުމުގެ ޚަބަރު ޝަރީފާއަށް އޮތީ އަޑުއިވިފައެވެ. ޝަރީފާއަށް މިކަން އެނގުމުން، އޭނާ ވަރަށް ކަންބޮޑުވިއެވެ. ފާއިޒު އެއުޅެނީ ރަނގަޅު ގޮތެއް ނޫންކަން ވިސްނުވައިދޭން ބޭނުންވިއެވެ. ނަމަވެސް އަދިވެސް ޝަރީފާއަށް އޮތް ހުރަހަކީ އޭނާއަކީ އަދިވެސް މީހެއްގެ އަންބަކަށް ވުމެވެ. އެހެން ނޫންނަމަ ހަމަ ވަގުތުންވެސް ފާއިޒުމެންގެ ގެއަށް ބަދަލު ވެވުނީސްއެވެ. ޝަރީފާ ހުރީ ފާއިޒުގެ އެކަނިވެރި ދިރިއުޅުމާއި މެދު ކަންބޮޑުވެފައެވެ.

ޝަރީފާ ކޮޓަރީގެ ދޮރުމަތީގައި ހުއްޓިލައިގެން ހުރެ، އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދަން މަސައްކަތް ކުރިއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ، އިބްރާހިމްފުޅުގެ ކިބައިން ސަލާމަތްވާނީ ކިހިނެއް ހަދައިގެން ހެއްޔެވެ. އިބްރާހިމްފުޅަކީ ރުޅިމަޑު މީހަކަށް ވާތީ، ޝަރީފާ ކޮންމެ އެއްޗެކޭ ބުންޏަސް ވަރަށް ފަސޭހައިން ދީލާލައެވެ. އެހެންކަމުން، ޝަރީފާއަށް އޭނާއާ ވަރިވުމަށް އެދުމަކީ އުނދަގޫ ކަމަކަށް ވެފައިވެއެވެ. މިގޮތަށް ބޭކާރު ވިސްނުން ވިސްނަން ހުރުމަށްވުރެ ޝަރީފާއަށް ވިސްނުނީ، އިބްރާހިމްފުޅާ ވާހަކަ ދައްކައި، އޭނާގެ ހިތުގައި ވާކަންތައްތައް ހާމަކުރުމަށެވެ. ޝަރީފާ ފުން ނޭވައެއް ލިއެވެ. ޝަރީފާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމަށް އަދިވެސް ވަގުތު ބޭނުންވާކަމުގެ އިހުސާސްވިއެވެ. އެހެންކަމުން، ޝަރީފާ ނިންމީ އަދިވެސް އިތުރަށް ޝީމާގެ ޚިޔާލު ހޯދާލާށެވެ. ޝީމާ އަންނަންދެން ޝަރީފާ އިންތިޒާރު ކުރަމުން ދިޔައެވެ. އެންމެފަހުން ޝީމާއަށް ގެއަށް އާދެވޭވަރުވީ އިރުއޮއްސުނުފަހުންނެވެ. އެގަޑީގައި އިބްރާހިމްފުޅުވެސް ގޭގައި އުޅުނެވެ. ޝީމާގެއަށް ވަނުމާއި އެކު ޝަރީފާ ބާރުބާރަށް ގޮސް ޝީމާގެ އަތުގައި ހިފެހެއްޓިއެވެ. އަދި ސިޓިންގރޫމްގެ ގޮނޑީގައި ބައިންދާފައި ވަރަށް ސިއްރު ސިއްރުން ވާހަކަ ދައްކަން ފެށިއެވެ.

Advertisement

"ދެން އަހަރެންނަކަށް އިބްރާހިމްފުޅާއި އެކީ ނޫޅެވޭނެ" ޝަރީފާ ޝީމާގެ ގާތުގައި ބުނެލިއިރު ޝަރީފާގެ އަޑުގައި ހިތާމައިގެ ރާގެއް ވިއެވެ. ޝީމާ އޭނާގެ މަންމައަށް ހައިރާންވެފައި ބަލަހައްޓައިގެން އިނެވެ.

"އިބްރާހިމްފުޅާއި އެކީ އުޅެވޭތޯ ވަރަށް ކެތްކޮށް މަސައްކަތް ކުރެވުނު. އެކަމަކު މިހާރު އަހަރެންނަށް ޤަބޫލުކުރެވިއްޖެ މި ކައިވެނި ކުރިއަކަށް ނުދާނެކަން" ޝަރީފާ އިތުރަށް ކިޔައިދިނެވެ.

"އިބްރާހިމްފުޅުގެ ގާތުގައި މިވާހަކަ ބުނާނީ ކޮންއިރަކު ކިހާ ހިސާބަކުންކަން އަހަރެންނަކަށް ނޭނގެ. ކިހިނެއް ހަދަންވީ" ޝަރީފާ ގޮތް ހުސްވެފައިވާ ކަހަލަ އިހުސާސަކާއެކު ޝީމާއަށް ބަލާލިއެވެ.

"މަންމަ ބޭނުމިއްޔާ ދެން ލަސްކުރާނެ ކަމެއް ނެތް. އެކަމަކު މަންމައަށް ޔަޤީންތަ މިއީ ރަނގަޅު ނިންމުމެއްކަން" ވިސްނާލުމަށްފަހު ޖަވާބުދިނެވެ.

"އާނ، ދަރިފުޅާ. މިއީ ފަސޭހަ ނިންމުމެއް ނޫން. އެކަމަކު އަހަރެމެން ދެމީހުންނަށް މިގޮތް ރަނގަޅުވާނީ" ޝަރީފާ ޖަވާބު ދިނެވެ.

ރޭގަނޑުގެ ކެއުމަށް މޭޒުދޮށުގައި އެންމެން ތިބިއިރުވެސް ޝަރީފާ އިނީ ނެގިމަޑުވެފައެވެ. ޝަރީފާގެ މޫނުމަތިން ފެންނަމުންދިޔައީ ކޮންމެވެސް ކަމަކާ ކަންބޮޑުވެފައިވާ ކަމުގެ ނިޝާންތަކެވެ. އިބްރާހިމްފުޅު ވަރަށް ސުވާލު ކުރުމުންވެސް ޝަރީފާ އެއްވެސް ކަމެއް ނުވާ ކަމަށް ބުނެ ހީލަނިއެވެ.

ޝަރީފާ، ތިހެން މޫޑު އޮފްވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ. ކިހިނެއްވީ" އިބްރާހިމްފުޅު އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ނޫން، އެއްވެސް ކަމެއް ނުވޭ. މިއަދު ހަމަ ވަރުބަލިވެފައި އިނީ" ޝަރީފާ ބުންޏެވެ.

"މަންމަ ތަންކޮޅެއް ވަރުބަލިވެފައި މިއަދު އެއިނީ. މިރޭ ނިދާލީމަ ރަނގަޅުވާނެ" އިބްރާހިމްފުޅުގެ ސުވާލު މާގިނަ ވުމުން އެކަން ހުއްޓުވަން ޝީމާ މެދުވެރިވިއެވެ.

ރޭގަނޑުގެ ކެއުމަށްފަހު ޝީމާ ހިނގައިގަތީ ފިހާރައަށް ދާށެވެ. އިބްރާހިމްފުޅު ގޮސް ކޮޓަރިއަށް ވަނުމުން ޝަރީފާ މޭޒުމަތީގައި ހުރި ތަށިތައް ނަގައި ސާފު ކުރުމަށްފަހު ކޮޓަރިއަށް ވަނެވެ. ޝަރީފާ ކޮޓަރިއަށް ވަންއިރު އިބްރާހިމްފުޅު ކޮންމެވެސް ފޮތެއް ނަގައިގެން ކިޔަން އެނދުގައި އިނެވެ. ޝަރީފާ ފެނުމާއި އެކު އެނދުގައި އިށީނުމަށް އެދުނެވެ.

"ޝަރީފާ، ރެސްޓްކޮށްލަބަލަ. އޭރުން ރަނގަޅުވާނެ." އިބްރާހިމްފުޅު ބުނެ ބޭރަށް ނިކުތެވެ.

"އަހަރެންނަށް އެނގޭ ޝަރީފާގެ ހިތުގައި ކޮންމެވެސް ކަމެއް އޮތްކަން. ކީއްވެގެންތަ ނުބުނެވިގެން ތިއުޅެނީ" ބޭރަށް ނިކުތުމަށްފަހު އިރުކޮޅެއް ނުވެ އިބްރާހިމްފުޅު ކޮޓަރިއަށް ވަންއިރު ޝަރީފާ އެނދުގައި ނުނިދި އޮއްވާ ފެނުމުން ސުވާލު ކޮއްލިއެވެ.

"މިވިސްނަނީ އަހަރެމެންގެ ދިރިއުޅުމާއި މެދު. އަހަރެން ވަރަށް ކިޔަން އިބްރާހިމްފުޅުގެ ގާތުގައި ފައިސާ ލިބޭނެ އިތުރު މަސައްކަތެއް ކުރަން. އެކަމަކު އެއަޑެއް އިބްރާހިމްފުޅެއް ނާހާ" ޝަރީފާ ބުނެލިއެވެ.

"އަހަރެންވެސް އެކަމާ ދޭތެރޭ ވިސްނަމުން މިދަނީ ލޯބިވާ އަނބިމީހާ. އިރާދަކުރެއްވިއްޔާ ރަނގަޅު ގޮތެއް ވާނެ" އިބްރާހިމްފުޅު ބުންޏެވެ.

"މަހުގެ މެދަކާއި ހަމައަށް ދާއިރަށް އަތުގައި ފައިސާ ފޮއްޗެއްވެސް ނޯވޭ" ޝަރީފާ ހިނިތުންވެލި ނަމަވެސް މޫނުމަތިން އުފާވެރިކަމުގެ އެއްވެސް ކުލަވަރެއް ފެންނާކަށް ނެތެވެ.
"ދެން ހަދަންވީ ގޮތެއް ބުނެލަބަލަ ޝަރީފާ" އިބްރާހިމްފުޅު ޝަރީފާގެ މޫނަށް ބަލަހައްޓައިގެން ހުރެ، ކުރިމަތިވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް އެދުނެވެ.

"އަހަރެން ބޭނުންވަނީ ކައިވެނި ރޫޅާލަން" ޝަރީފާ އިބްރާހިމްފުޅުގެ ލޮލަށް ސީދާ ބަލަމުން ބުންޏެވެ.

އެ އަޑު އިބްރާހިމްފުޅުގެ ކަންފަތުގައި ޖެހުނީ ހޮނު ގުގުރިއެއް ހެންނެވެ. އޭނާގެ ހިތް އެންމެ އަޑިން ތެޅި ގަތެވެ. ލޮލުން ކަރުނަ އައިސް ކޯތާފަތަށް އޮހިގަތެވެ. 

"ޝަރީފާ، އެކަހަލަ ގޮތަކަށް ކަންތައް ނުކުރޭ. އަހަރެމެންނަށް މިކަން ރަނގަޅު ކުރެވޭނެ. އަހަރެން ބަދަލުވާނަން" އިބްރާހިމްފުޅު އާދޭސް ކުރަމުން ދިޔައެވެ.

"އިބްރާހިމްފުޅަށް މިހާރު ފުރުސަތާއި ވަގުތު ދެވިއްޖެ. މުޅި އުމުރު މިހެން ހޭދައެއް ނުކުރެވޭނެ" ޝަރީފާ ބުނެލިއެވެ. ޝަރީފާގެ ހިތުގައި އޮތް ނިންމުން ބަދަލެއް ނުވިއެވެ.

"ކުރިންވެސް ހޭދަކުރީ ފަގީރުކަމުގައި. ދެން އެކަން ތަކުރާރުވާކަށް އަހަރެން ނޭދެން. އަހަރެންނަށްވެސް ރަނގަޅު ދިރިއުޅުމެއް ބޭނުންވޭ" ހަރުކަށި އަޑަކުން ޝަރީފާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

އިބްރާހިމްފުޅު ޝަރީފާގެ ވާހަކަތަކަށް އަޑުއަހަން ހުއްޓެވެ. އޭނާގެ ހިތުގައި ކުރިން އޮތް ލޯބި މިހާރު ބަދަލުވެފައި ވަނީ ހިތާމައަކަށެވެ. އަދި ޝަރީފާގެ ވިހަ ބަސްތަކުން އިބްރާހިމްފުޅުގެ ހިތް ހަލާކުވަމުން ދިޔައިރު އެ ބަސްތައް އޭނާގެ ސިކުނޑީގައި އަޑުގަދަކޮށް ގުގުމަމުން ދިޔައެވެ. ދެން ކުރިއަށް ދާންވީ ގޮތެއް ޚުދު އިބްރާހިމްފުޅަށްވެސް ނޭނގުނެވެ.

ހެނދުނުގެ އިރުގެ ފިނި ރަން ދޯދި އަލިކަން ގޭތެރެއަށް ވަދެގެން ދިޔައިރުވެސް، ޝަރީފާ ނިދިން ނުހޭލައެވެ. އެހެންކަމުން އިބްރާހިމްފުޅު އެކަމާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. އިބްރާހިމްފުޅު ތެދުވެ، އަމިއްލައަށް ކޮންމެވެސް އެއްޗެއް ހަދައިލައިގެން ސައިބޮއެ، މަސައްކަތަށް ދިޔައެވެ.

އެދުވަހު ޝީމާއަށްވެސް ހޭލެވުނީ ވަރަށް ލަހުންނެވެ. އަވަސް އަވަހަށް ތެދުވެ ފެންވަރާލައިގެން ބޭރަށް ނިކުތްއިރު، އޭނާއަށް ކުރިމަތިވީ ހައިރާންކަމެކެވެ. ދުވަހަކުވެސް ނުފެންނަ މަންޒަރެއް ފެނުނީއެވެ. ހެނދުނު ސައި ހުރީ ނުހަދައެވެ. މިއީ ދުވަހަކުވެސް ނުވާކަމެކެވެ.

ޝީމާ އަވަސް އަވަހަށް ގޮސް އިބްރާހިމްފުޅުގެ ފައިވާން ހުރިތޯ ބެލިއެވެ. ފައިވާން ނެތުމުން، އަވަހަށް ގޮސް މަންމަގެ ކޮޓަރީގައި ޓަކިޖެހިއެވެ. އެއްވެސް އަޑެއް ނީވުމުން، މަޑުމަޑުން ތަޅުގައި ހިފައިލިއެވެ. ކޮޓަރީގެ ދޮރު ހުރީ ތަޅު ނުލައެވެ. ޝީމާ ވަރަށް ސިއްރުން ދޮރު ހުޅުވައިލިއެވެ.

"މަންމާ، މަންމާ، ކިހިނެއްވެފައި ތިއޮތީ" ކޮޓަރިތެރެއަށް އެޅުނު އަލިކަމުގައި، ޝަރީފާ ނިދިފައި އޮތް މަންޒަރު ފެނުމުން ޝީމާ ވަރަށް މަޑުމައިތިރިކަމާއެކު ގޮވާލިއެވެ.

ޝަރީފާ ލޯ ހުޅުވާލުމާއެކު، އޭނާގެ ލޮލުގައި ކުޑަކޮށް ބިރުވެރިކަމެއް ހުރިކަން ޝީމާއަށް ފާހަގަކުރެވުނެވެ. "އޯހް! ދަރިފުޅާ، މަންމައަށް މިއަދު ތަންކޮޅެއް ލަހުން ހޭލެވުނީ. ކިހާއިރެއްވީ ގަޑިން" ޝަރީފާ އަވަސް އަވަހަށް އެނދުން ތެދުވަމުން އަހާލިއެވެ.

"މަންމާ، ކަންބޮޑުނުވޭ. އަދި އެހާއިރެއް ނުވޭ. އެކަމަކު އިބްރާހިމްފުޅު މަސައްކަތަށް ގޮއްސި. މަންމަ އަވަހަށް ތެދުވޭ. ވަރަށް ބަނޑުހައިވެސް ވެއްޖެ" ޝީމާ ބުންޏެވެ.

"ޝުކުރިއްޔާ ދަރިފުޅާ، މަންމަ މިހާރު ތެދުވަނީ. މަންމަވެސް ވަރަށް ބަނޑުހައިވެއްޖެ" ޝަރީފާ ހިނިތުންވެލަމުން ޝީމާގެ ބޮލުގައި ފިރުމާލިއެވެ.

ޝީމާ މަންމަގެ މޫނުމަތިން ކަމެއް ސިއްރުކުރާކަން ޝީމާއަށް އެނގުނެވެ. އެހެނަސް އިތުރަށް ޝީމާ ސުވާލުކުރާކަށް ނޫޅުނެވެ. ދެމީހުން އެކުގައި ސައި ތައްޔާރުކޮށް ނިންމާލިއެވެ.

ޝަރީފާގެ މޫނުމަތިން ހާސްކަމާއި ނިދިވަރުބަލިކަން ފެންނަމުން ދިޔައެވެ. އެހެނަސް ޝީމާ އެކަމާއި އަޅާނުލީ އޭނަގެ މަންމަ އަމިއްލައަށް އެވާހަކަ ދައްކަންދެނެވެ. ސައިހަދާ ނިމި ސައިބޯން ޝީމާ އާއި ޝަރީފާ މޭޒުދޮށުގައި ސައިބޯން ތިބިއިރުވެސް އެކަހަލަ ވާހަކައެއް ޝަރީފާ ނުދައްކައެވެ.

"އިބްރާހިމްފުޅު މިއަދު ސައި ނުބޮއި ދިޔައީ ކީއްވެ. އަދި މަންމަގެ މޫނުމަތިން ނުތަނަވަސްކަން ފެންނަނީ ކީއްވެ" އެންމެފަހުން ޝީމާ މަންމަ އާއި ސުވާލު ކޮއްލިއެވެ. 

= ނުނިމޭ =

+1
1
+1
3
+1
0
+1
0
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް