September 19, 2024 23:28
Advertisement

-Advertisement-

އުރީދޫ 5ޖީ ގެ ޚިދުމަތް ގިނަ ރަށްރަށަށް

އުރީދޫގެ 19 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން 5ޖީގެ ޚިދުމަތް ވަނީ އާބާދީގެ 60 އިންސައްތައަށް ލިބޭ ގޮތަށް ފުޅާކުރެވިފައެވެ. މިގޮތުން  އުރީދޫ މޯލްޑިވްސްގެ 5ޖީގެ ޚިދުމަތް ވޭތުވެދިޔަ ހަފްތާއެއްހާ ދުވަސްތެރޭގައި ވަނީ ޅ. ނައިފަރު، ކ.ގުރައިދޫ، ކ.މާފުށި، އއ. ތޮއްޑޫ، ރަސްދޫ، އދ. މާމިގިލި، މަހިބަދޫ އަދި ދަނގެތި އަށް ތަޢާރަފްކޮށްފައެވެ. މި ޚިދުމަތް އެކި ރަށްރަށަށް ތަޢާރަފްކުރެވުމަކީ ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ. 5ޖީ ތައާރަފްކުރުމާއެކު ރައްޔިތުންނަށް މިހާރު ކުރިއަށް ވުރެ ހަލުވި އިންޓަނެޓް ސްޕީޑާއި އަލްޓްރާ ލޯ ލެޓެންސީ އާއި އިތުބާރު ހިފޭ ކަނެކްޝަނެއް ތަޖުރިބާކުރެވި، ދިރިއުޅުމާއި މަސައްކަތާއި އުޅުމުގެ ވައްޓަފާޅި އަށް ހެޔޮ ބަދަލު ތަކެއް އަންނާނެ އެވެ.

އުރީދޫގެ 5ޖީ ނެޓްވޯކުން ގިނަ ފައިދާތަކެއް ލިބިގެންދާއިރު، އޭގެ ތެރޭގައި މޮބައިލް ބްރޯޑްބޭންޑްގެ ޚިދުމަތް އިތުރަށް ރަނގަޅުވުމާއި، ހައި ޑެފިނިޝަން ކޮންޓެންޓް މެދުނުކެނޑި ސްޓްރީމްކުރުން ހިމެނެއެވެ. ޓެކްނޮލޮޖީގެ މި ކުރިއެރުމަކީ ޑިޖިޓަލް މޯލްޑިވްސްއަކަށް އުރީދޫ ކުރަމުންދާ މަސައްކަތުގައި ފުރިހަމަވި ބޮޅެކެވެ. ހަމަމިއާއެކު އިނޮވޭޝަނަށް މަގުފަހިކުރުމަށާއި، އިގްތިސާދީ ފުރުސަތުތައް އިތުރުކޮށް، ޑިޖިޓަލް ހިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަށް ތައްޔާރުވެފައިވާ ކުރިއެރުމެކެވެ.

ނައިފަރުގައި 5ޖީ ތައާރަފްކުރުމަކީ ޑިޖިޓަލް އިންގިލާބުގެ ފައިދާ ކޮންމެ ރަށަކަށް ވެސް ލިބޭނެ މަގު ފަހިކޮށްދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 5ޖީގެ ޚިދުމަތް ފުޅާކުރުމަށް އުރީދޫއިން ރާވާފައިވާ ފުޅާ ޕްލޭންގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އުރީދޫގެ 5ޖީ ނެޓްވޯކް ފުޅާކުރަމުން އަންނައިރު، ޑިޖިޓަލް އިންކްލޫޝަން ޑްރައިވްކޮށް އެންމެންނަށް، ގުޅިފައިވާ މުސްތަގުބަލެއް ބިނާކުރުމަށް އުރީދޫއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Advertisement
+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް