September 19, 2024 21:10
Advertisement

-Advertisement-

ޑޮލަރުގެ ފޮޓޯ: ދަ އިކޮނޮމިކް ޓައިމްސް

ރާއްޖޭގައި ބޭނުންކުރެވޭ ޑޮލަރު ރިޒާވް އޮގަސްޓްމަހުގެ ނިޔަލަށް އިތުރުވެގެންދާނެކަމުގެ އުންމީދެއް!

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ރާއްޖޭގެ ޑޮލަރު ރިޒާވް އެއްކޮށް ހުސްވެއްޖެކަމަށް ބުނެ ފަތުރާ ވާހަކަތައް ދޮގުކޮށްފައެވެ.

" ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް މިއޮތޯރިޓީއިން ދާނީ މަހުންމަހަށް ބަރާބަރަށް ޝާއިޢުކުރަމުން. ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓްމަހުގެ ނިޔަލަށް އިތުރުވެގެންދާނެކަމަށް ލަފާކުރެވޭ. އެހެންކަމުން މިފަދަ ކަންތައްތަކާއި ގުޅޭ ޚަބަރުތައް ހަގީގަތާއި ޚިލާފަށް ގެނެސްދިނުމަކީ މިއޮތޯރިޓީއިން ނުހަނު ކަންބޮޑުވާކަމެއް". އެމްއެމްއޭގެ ބަޔާނުގައި ވެއެވެ.

ބޭނުންކުރެވޭ ޑޮލަރު ރިޒާވް ހުސްވެއްޖެކަމަށް ބުނެ 'އަދަދު' ނޫހުގައި ޝާއިޢުކުރި ޚަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގު ޚަބަރެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

މާލީ ނިޒާމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އެމްއެމްއޭއާއި ފިނޭންސްމިނިސްޓްރީ އަދި ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ހޯދާ އިތުރު ކުރިއެރުންތަކުގެ ރަނގަޅު އަސަރު ރިޒާވްއަށް ކުރާނެ ކަމަށް ބެލެވެއެވެ.

ޖުލައިމަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވް ހުރީ 45 މިލިއަން ޑޮލަރުގައެވެ. މިއީ އެސްޑީއެފްގައި ހުރި 65 މިލިއަން ޑޮލަރު ނުހިމަނައިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް