November 22, 2024 20:05
Advertisement

-Advertisement-

އިގުތިސާދަށް އައި ހެޔޮބަދަލު ފެނިގެންދާ ގޮތް އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ ހެއްކާއެކު!

ދިވެހިރާއްޖޭގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މުދާ ރާއްޖެ ގެނެސްފައިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގައި ވޭތުވެދިޔަ 9 މަސްދުވަހުގައި ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ އާންމުކުރެއްވި ގްރާފުގައި ހިމެނޭ މައުލޫމާތުންނެވެ.

ވަޖީހު އާންމުކުރެއްވި ގްރާފް

ވަޖީހު ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ޕޯސްޓުން ފެންނަގޮތުގައި ޖެނެރަލް ކާގޯ ވަނީ މިދިޔަ 9 މަސްދުވަހު 12625 ޓަނު އެތެރެކޮށްފައެވެ. އަދި 5375 ކޮންޓެއިނާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

  • ޖެނެރަލް ކާގޯ ވަނީ 2023 ވަނަ އަހަރަށްވުރެ މިއަހަރުގެ ފުރަތަމަ 8 މަސް ދުވަހު 22 އިންސައްތަ އިތުރުވެފައި
  • ކޮންޓެއިނަރގައި މުދާ އެތެރެކުރި މިންވަރު ވަނީ 4 އިންސައްތައަށް އިތުރުވެފައި

ވަޖީހު ވިދާޅުވިގޮތުގައި ރާއްޖޭގެ އިޤްތިސާދަށް އަންނަމުންދާ ބަދަލު އެންމެ ރަނގަޅަށް ވަޒަންކޮށްލެވޭނެ އެއްކަމަކީ، ރާއްޖެއަށް އެތެރެވަމުންދާ މުދަލުގެ އަދަދަށް އަންނަމުންދާ އުނިއިތުރުވުމެެވެ.

Advertisement

މި 2 ގްރާފުން ފެންނަނީ ކޮންމެ އަހަރެއްގެވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް ރާއްޖެއަށް ކާގޯ އެތެރެކުރެވިފައިވާ މިންވަރެވެ. ރާއްޖޭގެ ތާރީޚަށް ބަލާއިރު މީގެ ކުރިން ކޮންޓެއިނަރައިޒްޑް ކާގޯ އެންމެ ގިނައިން ރާއްޖެއަށް އެތެރެކުރެވިފައިވަނީ 2018 ވަނަ އަހަރު ކަމަށާއި، ރާއްޖޭގެ އިޤްތިސާދަށް އަންނަމުންދާ ބަދަލުތައް ވަޒަންކޮށްލުމަށްޓަކައި މި 2 ގްރާފުން ދައްކައިދީފައިވަނީ 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށް ކޮންމެ އަހަރަކުވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް ރާއްޖެއަށް ޖެނެރަލް ކާގޯ އާއި ކޮންޓެއިނަރައިޒްޑް ކާގޯ އެތެރެކުރެވިފައިވާ މިންވަރު ކަމަށް ވަޖީހު ވިދާޅުވިއެވެ.

" ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަން ފެށިގެން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް އިތުރުނުވާ މިންވަރަށް އިތުރުވެފައިވާކަން. މިއިން ދައްކައިދެނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަން ފެށުމާއިއެކު ރާއްޖޭގެ އިޤްތިސާދަށް ހެޔޮ ބަދަލު އަންނަންފަށައި އިޤްތިސާދު ކުރިއަރަން ފަށައިފައިވާކަން". ވަޖީހު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފެށުމަށް ތައްޔާރުވަމުންދާ މިސަރުކާރުގެ މުހިންމު ޕްރޮޖެކްޓްތައް ފެށުމުން ރާއްޖޭގެ އިޤްތިސާދު ދުވަހަކުވެސް ކުރިއަރާފައި ނުވާ މިންވަރަށް ކުރިއަރައި ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

+1
0
+1
1
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް