September 18, 2024 10:34
Advertisement

-Advertisement-

ބަލިމަޑުކަމާއި ހިތާމައާއި ކުރިމަތިވާއިރު އައްޔޫބުގެފާނަށް ކުރިމަތިވި އިމްތިހާނުން ޢިބްރަތް ހާސިލުކުރަމާ!

ދުނިޔޭގެ ހަޔާތުގައި އިންސާނާ ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި، އުފަލާއި ހިތާމައާއި، މުއްސަނދިކަމާއި ފަޤީރުކަމާއި ކުރިމަތިލާންޖެހުމަކީ ﷲ ތަޢާލާގެ ސުންނަތެވެ. އެކަލާނގެ އިރާދަފުޅެވެ. ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެގެންވާ ތެދުވެރި މުސްލިމް އަޅާ މިކަންކަމާ ކުރިމަތިލަނީ ކެތްތެރިކަމާއި ހިތްހަމަޖެހުމާއި ދުޢާކުރުމާ އެކުގައެވެ. އެހެނީ އެކަންކަން އެގޮތުގައި ހިނގަމުންދަނީ ﷲ ތަޢާލާގެ މަތިވެރިވެގެންވާ ހިކުމަތެއްގެ މަތީންކަމާއި، އުނދަގޫ ކަމަކަށްފަހު ލުއި ކަމެއް ގެނެސްދެއްވާނެކަމަށް އެކަލާނގެ ވަޢުދުވެވޮޑިގެންވާކަން މުސްލިމް އަޅާ ޔަޤީންކުރާތީއެވެ. މި ދުނިޔެމަތީގައި މިފަދަ އިމްތިހާންތަކާއި އެންމެ ބޮޑަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ﷲ ސުބުހާނަހޫ ވަތަޢާލާ ފޮނުއްވެވި ރަސޫލުބޭކަލުންނަށެވެ.

މުސްލިމް އަޚުންނޭވެ. މާތް ﷲ ގެ ނަބިއްޔާ އައްޔޫބު ޢަލައިހިއްސަލާމް އެކަލާނގެ ކުރެއްވި އިމްތިހާނާ ކުރިމަތިލެއްވި ގޮތް ހަނދާނަށް ގެންނާށެވެ. ﷲ ތަޢާލާ އައްޔޫބުގެފާނަށް ނުހަނު ގިނަ މުދަލާއި އަޅުންނާއި ދަރީން ދެއްވިއެވެ. އަދަދު ނުކުރެވޭ ވަރަށް ދަނޑުފަގުތަކަކާއި ނަޢަމްސޫފިތައް ދެއްވިއެވެ. ގާތްތިމާގެ މީހުންނާއި އެތައް ޚާދިމުންނެއް އެކަލޭގެފާނުގެ ޚިދުމަތުގައި ވިއެވެ. ދުޅަހެޔޮ ސިއްޙަތާއި ތަނަވަސްކަމުގެ ނިޢުމަތުގައި އެކަލޭގެފާނު އެތަކެއް އަހަރު ދިރިއުޅުއްވިއެވެ. އޭގެ ފަހުގައި ﷲ ތަޢާލާ އެކަލޭގެފާނު އިމްތިހާނު ކުރެއްވުމުގެ ގޮތުން ބޮޑު ބަލިމަޑުކަމެއް ޖެއްސެވިއެވެ. އެކަލޭގެފާނުގެ ހިތްޕުޅާއި ދޫފުޅު ފިޔަވައި އެ ބަލިމަޑުކަމުގެ އަސަރުނުކުރާ އެންމެ ގުނަވަނެއްވެސް އެކަލޭގެފާނުގެ ހަށިކޮޅުގައި ނުވެއެވެ. އެކަލޭގެފާނުގެ ދަނޑުފަނގުތަކާއި ނަޢަމްސޫފިތަކާއި ހުރިހައި މުދަލަކާއި ދަރީންނެއް ނެތިކުރެއްވިއެވެ. ހުރިހައި އަޅުންނާއި ޚާދިމުންނާއި ގާތްތިމާގެ މީހުންނާއި އެކުވެރީން، އެކަލޭގެފާނު ދޫކޮށްދިޔައެވެ. އަރިހުގައި ދެމިތިއްބެވީ އެކަލޭގެފާނުގެ އަނބިކަނބަލުންނާއި އެކަލޭގެފާނަށް ހެނދުނާއި ހަވީރު ޒިޔާރަތްކުރަމުން ދިޔަ އެކަލޭގެފާނުގެ އަރިސް ދެއަޚުންނެވެ.

އައްޔޫބު ޢަލައިހިއްސަލާމް އާލާސްކަންފުޅުގައި އަށާރަ އަހަރު ހޭދަކުރެއްވިއެވެ. ފަޤީރުކަމާއި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ވޭނާއި ކެކުޅުމުގައި ވެސް އައްޔޫބުގެފާނު ކެތްތެރިވެވަޑައިގެން ﷲ ތަޢާލާއަށް ދުޢާކުރެއްވުމާއި ޛިކުރުކުރެއްވުމުގައި ދެމިއޮންނެވިއެވެ.

Advertisement

ﷲ ތަޢާލާގެ އިމްތިހާނަށް ކެތްތެރިވުމުގެ ސަބަބުން އެ ބޮޑުވެގެންވާ ނުތަނަވަސްކަމާއި ދަތި ހާލުން އައްޔޫބުގެފާނު ސަލާމަތްކޮށްދެއްވީ ކޮންފަދައަކުންކަން އަހަރެމެން ނިކަން ވިސްނައި ފިކުރުކޮށްލަމާހެއްޔެވެ! އައްޔޫބުގެފާނުގެ ބަލީގެ ޝިފާއެއްކަމުގައި ﷲ ތަޢާލާ ލެއްވެވި ފެންއާރުން ނާނޭފުޅުފިއްލަވައި ފެންފޮދު ހިއްޕެވުމުން އެކަލޭގެފާނު ކުރީން ހުންނެވި ރިވެތި ފުރިހަމަ ސޫރައާއި ދުޅަހެޔޮކަމަށް އެކަލޭގެފާނު އިއާދަ ކުރެއްވިއެވެ. އަދި އެކަލޭގެފާނަށް ކުރީން ލިބިވަޑައިގަތް ދަރީންގެ އަދަދަށް ވުރެ ގިނަ ދަރީންނާއި މުދަލާއި ތަނަވަސްކަން ދެއްވިއެވެ. އެކަލޭގެފާނުގެ ކެތްތެރިކަމާއި ސާބިތުކަމުގެ ސަބަބުން ﷲ ތަޢާލާ އެކަލޭގެފާނަށް ތަޢުރީފުގެ ބަސް ވަޙީކުރައްވައިފައިވެއެވެ. މާނައީ: " ހަމަކަށަވަރުން އެކަލޭގެފާނީ ކެތްތެރިއަކު ކަމުގައި ތިމަންރަސްކަލާނގް ދެކެވޮޑިގެންފީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން އެކަލޭގެފާނީ ގިނަގިނައިން ތަޢުބާވެވަޑައިގަންނަވާ ބޭކަލެކެވެ".  

މައުލޫމާތު: ހުކުރު ޚުޠުބާ 

+1
0
+1
1
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް