October 19, 2024 01:30
Advertisement

-Advertisement-

ސްޓެލްކޯއިން ޗައިނާގެ ޓީބީއީއޭ އާއި އެކު ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ މުހިންމު ކަންތައްތައް

ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޑެޓް އާއި އެކު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މިކަން އިއުލާނު ކުރައްވާ މި އެއްބަސްވުމާއި ގުޅޭ މައުލޫމާތު ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހުސައިން ފަހްމީ ވަނީ މީސްމީޑިއާގައި ހާމަކުރައްވާފައެވެ. ފަހްމީ ވިދާޅުވީ ޗައިނާ އާއި އެކު މި ވެވުނު އެއްބަސްވުމަކީ ރާއްޖޭގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރގެ ކުރިމަގަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި އެއްބަސްވުމުގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި:

  • ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިން: މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ މި ސަރަހައްދުގައި ހަކަތައަށް ބޭނުންވާ މިންވަރު ފުއްދުމަށް ހަރުދަނާ ނެޓްވޯކެއް އުފެއްދުން
  • 150 މެގަވޮޓްގެ ޑުއަލް ފިއުލް ޕަވަރ ޕްލާންޓް: ރާއްޖޭގެ ކަރަންޓް އުފެއްދުމުގެ ޤާބިލުކަން ވަރަށްބޮޑަށް އިތުރުކުރުމަށްޓަކައި މަރުކަޒީ ފެސިލިޓީއެއް ތަރައްޤީކުރުން. މިއީ ސްޓެލްކޯގެ ކަރަންޓް އުފެއްދުމުގެ ގާބިލުކަން އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ފޯރުކޮށްދިނުން ކަށަވަރުކުރުމަށް ތަރައްޤީ ކުރެވޭ ފެސިލިޓީއެއް
  • ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމުގެ އެއްބަސްވުން: މި އެއްބަސްވުމަކީ ސްޓެލްކޯގެ އަމާޒުކަމުގައިވާ، ދެމެހެއްޓެނިވި ކުރިއެރުމުގެ ތަސައްވަރާއި، މުސްތަގްބަލުގައި އިތުރުވަމުން އަންނަ ހަކަތައަށް އޮންނަ ޑިމާންޑަށް ސްޓެލްކޯއިން އުފެއްދުންތެރި ހައްލުތަކެއް ހޯދައިދިނުމަށް ވެވޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ފަހުމީ ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިޝަނަރީ ލީޑަރޝިޕާއި، ދެއްވަމުންގެންދަވާ އެއްބާރުލެއްވުން ފާހަގަ ކުރައްވާފައެވެ. އަދި ރާއްޖޭގެ ހުރިހާ ދިވެހިންނަށް އިތުބާރުހިފޭ، ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށްދެވޭކަމީ ސްޓެލްކޯއިން ފަހުރުވެރިވާ ކަމެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.

Advertisement

ޗައިނާގެ ކުންފުނިތަކަކީ ރާއްޖޭގެ ޒަމާނީ ތަރައްޤީގައި މުހިންމު އިންފްރާސްޓްރަކްޗަރ ތަކެއް ބިނާކުރުމުގައި އިތުބާރު ހިފޭ ބައިވެރިއެކެވެ. ސްޓެލްކޯ އަކީ ރާއްޖޭގެ، ވަކިން ހާއްސަކޮށް ގްރޭޓަރ މާލެ ސަރަހައްދުގެ ކަރަންޓް ވިއުގައިގެ ނިޒާމު ފުޅާކޮށް ތިމާވެއްޓާއި ރައްޓެހި ހަކަތަ އުފެއްދުމަށް މަސައްކަތް ކުރާ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

ސްޓެލްކޯގެ އަމާޒަކީ އަލަށް ތަރައްޤީވަމުން އަންނަ މާލެ ސަރަހައްދުގެ ސަހަރުތަކުގެ އާބާދީ އިތުރުވަމުންދާ މިންވަރާއި އެއްވަރަށް ހަކަތަ އުފެއްދުމުގެ ގާބިލުކަމާއި، އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ވަސީލަތްތައް އެކުންފުނީގައި ގާއިމުކުރުމެވެ. އަދި މުވައްޒަފުންގެ ގާބިލުކަން އިތުރުކޮށް ކުރިޔަށް އޮތް ތަނުގައިވެސް ރައްޔިތުންގެ ޑިމާންޑާއި އެއްވަރަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް