'ފުރުޓާސްޓިކް' ނަމުގައި ހިންގަމުން އަންނަ އޮންލައިން ވިޔަފާރީގެ މައިގަނޑު ބޭނުމަކީ ކާބޯތަކެތި ހޯލްސޭލްކޮށް ފޯރުކޮށްދިނުމެވެ. މާލެއާއި ރަށްރަށުގެ ފިހާރަތައް، ހޮޓާ، ރެސްޓޯރެންޓް، ގެސްޓްހައުސް، ގާޑިއާ އަދި ކޮފީޝޮޕްގެ އިތުރަށް ގެއަށް ބޭނުންވާތަކެތި އިތުބާރާއިއެކު ކަސްޓަމަރުން ބޭނުންވާ ވަގުތަކަށް ޑެލިވަރީ ކޮށްދިނުމަކީ 'ފުރުޓާސްޓިކް'ގެ އަމާޒެވެ.

" ބޯޓު ފުރަން ވަގުތު އޮއްވާ އޯޑަރު ދިނުމުން ޑެލިވަރީ ކުރުމަށްފަހު ތަފްސީލް ފޮޓޯ ފޮނުވަދޭނެ. ގިނައަދަދެއްގެ ކާބޯތަކެތި ހޯލްސޭލްކޮށް އަޅުގަނޑުމެން ވިއްކަން. ނެތް އެއްޗެއްވިއްޔާ ބާޒާރުން ގަނެގެންވެސް އަޅުގަނޑުމެން ފޯރުކޮށްދޭނެ. އަގުބޮޑު ނުވާނެ". ފުރުޓާސްޓިކް ފިހާރައިން މައުލޫމާތު ހިއްސާކުރި ޑިރެކްޓަރ އާސިފު އަލީ ފާހަގަކުރިއެވެ.

ތަރުކާރީ އާއި މޭވާގެ އިތުރަށް ދަޅުކާނާގެ ބާވަތްތައްވެސް ފުރުޓާސްޓިކުން ލިބޭނެއެވެ.
" ރޯޔަލް އާމް ބްރޭންޑްގެ ހުރިހާވައްތަރެއްގެ ދަޅު ލިބެން ހުންނާނެ. ތަފާތު ވައްތަރުގެ ޖޫސް، ސޯސް އަދި ކިރުގެ ބާވަތްތައް ލިބޭނެ. ޔޫރޯ ގޯލްޑް މިލްކް ޕައުޑަރ އަދި އަލްޓުންސާ ފުލްކްރީމް މިލްކް ޕައުޑަރވެސް ލިބެން ހުންނާނެ. އަލްޓުންސާ ކިރަކީ ކޯސްޓްކިރުގެ ކޮލިޓީގައި ތައްޔާރުކޮށްފައިވާ ނިވްޒިލެންޑްގެ އުފެއްދުމެއް. އެހެން ވައްތަރުގެ ކިރުގެ އަގު ބޮޑުވުމުން ކަންބޮޑުވާ ފަރާތްތަކަށް މިއީ ރަނގަޅު އުފެއްދުމެއް". އާސިފު މައުލޫމާތު ދިނެވެ.

ވިޔަފާރީގެ ތަޖުރިބާ ލިބިފައިވާ ޓީމަކުން ކުރިއަށްގެންދާ ފުރުޓާސްޓިކް އޮންލައިން ފިހާރައިން ގެންދަނީ މިހާރުވެސް ގިނައަދަދެއްގެ ރަށްރަށަށް ކާބޯތަކެތި ޑެލިވަރީ ކޮށްދެމުންނެވެ.
" ރަށްރަށުގައި ހުންނަ ކުދި ފިހާރަތަކަށް ދިމާވާ ވަރަށްބޮޑު ދަތިކަމެއް ބޯޓު ފުރަންވާއިރަށް މާލޭގެ އެކި ފިހާރަތަކުން ވަގުތުން ވަގުތަށް މުދާ ގަނެ ހަމަކުރުން. ފިހާރަތަކަށް ފަސޭހަވާނެ އަޅުގަނޑުމެންނަށް ލިސްޓް ފޮނުވާލީމަ. އާންމުކޮށް ބާޒާރުގައި ތަކެތި ހުންނާނީ ދާދި އެއްއަގެއްގައި. ބައެއް އެއްޗެހި ކުޑަކުޑަ އަގުހެޔޮވުމެއް ނުވަތަ އަގުބޮޑުވުމެއް އައިސްދާނެ. އެހެންވެ ދާއިމީ ކަސްޓަމަރުން އަގު ނުވެސް އަހާނެ. ލިސްޓް ފޮނުވާލާފަ ބުނާނެ ޑެލިވަރީ ކުރަން. ފުރަން ކައިރިވީމަ ތަރުކާރީ އާއި ފިނިއެއްޗެހި ބޯޓަށް ގެންދާނީ. ޑެލިވަރީ ކުރަމުން ކަސްޓަމަރުންނަށް ފޮޓޯ ފޮނުވަން".
ފުރުޓާސްޓިކްގެ ތަފާތަކީ ރަށްރަށަށް ތަކެތި ޑެލިވަރީ ކުރާއިރު ބާޒާރުގެ ތަކެއްޗަށް އަންނަ އަގުގެ ތަފްސީލް ވެސް ފޯރުކޮށްދިނުމެވެ. "މިސާލަކަށް މިދުވަސްވަރު މޭބިސްކަދުރު އަގުބޮޑު ވާހަކަ ބުނީމަ ކަސްޓަމަރަށް އެނގޭނެތާ އެރަށުގައި އެއަގުގައި ވިއްކެންޏާވެސް. ނުވިއްކޭނެނަމަ ކަސްޓަމަރު ބުނާނެ މިވަގުތަށް ނުގަތުމަށް. އެގޮތަށް ދެފަރާތު ދެމެދުގައި ވާހަކަދެކެވިގެން ޚިދުމަތް ފޯރުކޮށްދެނީ". އާސިފު މައުލޫމާތު ދިނެވެ.

ފުރުޓާސްޓިކް އިން ތަކެތި ބޯޓަށް ޑެލިވަރީ ކޮށްދޭއިރު އެތަކެތީގެ ކޮލިޓީއަށް ވަރަށް އިސްކަންދޭކަމަށް ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ގަޑުކުރި ބާވަތްތަކާއި ތަރުކާރީ އާއި މޭވާ ބޯޓަށް އަރުވަނީ ބޯޓު ފުރަން ކައިރިވުމުން ކަމަށާއި، އެއިން އެއްވެސް އެއްޗަކަށް ޑެލިވަރީ ކުރުމުގެ ތެރޭގައި ގެއްލުމެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާ ނަގާ ކަމަށްވެސް ވަނީ މައުލޫމާތު ދީފައެވެ. ފުރުޓާސްޓިކުން ޚިދުމަތް ހޯދަން ބޭނުންވާނަމަ 9296776 އަށް ގުޅާލަންވީއެވެ. އަދި ފޭސްބުކް ޕޭޖް އިން މައުލޫމާތާއި ފޮޓޯ ލިބެން އެބަހުއްޓެވެ.