December 4, 2024 13:00
Advertisement

-Advertisement-

ވީއައިއޭ އިން ސީ-ޓު-އެއަރ ކަރގޯ ޚިދުމަތުން 1000 ޓަނުގެ މުދާ އެކްސްޕޯޓްކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އިން ފޯރުކޮށްދެމުންދާ ސީ-ޓު-އެއަރ ކަރގޯ ޓްރާންސްޝިޕްމަންޓް ޚިދުމަތުގެ ތެރެއިން އެއްހާސް ޓަނުގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. ސީ-ޓު-އެއަރ ކަރގޯ ޚިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު އަވަހަށް ވައިގެ މަގުން ބޭނުންވާ މަންޒިލަށް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގައި އެމް.އޭ.ސީ.އެލް އިން މިއަހަރު މެއިމަހު އަލަށް ފެށި ޚިދުމަތެކެވެ. މައިގނޑުގޮތެއްގައި އެކްސްޕޯޓްކޮށްފައިވަނީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގަރމެންޓް ޝިޕްމަންޓްތަކެވެ. އައު އެއަރލައިންތަކުން މި ޚިދުމަތާއި ގުޅުމަކީ ވީ.އައި.އޭގެ ކަރގޯގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމެކެވެ. މި ޚިދުމަތާއި ފަހުން ގުޅުނު ވަރޖިން އެޓްލާންޓިކް ހިމެނޭގޮތަށް ޖުމްލަ 12 އެއަރލައިންއަކުން ކަރގޯ ޚިދުމަތުގައި ބައިވެރިވެއެވެ.

ވީ.އައި.އޭގައި ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ޚިދުމަތްދެމުންދާ އެއަރލައިންތަކަކީ:

  • ޓަރކިޝް އެއަރލައިންސް
  • ގަތަރު އެއަރވޭސް
  • އެމިރޭޓްސް އެއަރލައިން
  • އިއްތިހާދު އެއަރވޭސް
  • އެރޯފްލޮޓް
  • ނިއޯސް
  • ގަލްފް އެއަރ
  • ޑިސްކަވަރ އެއަރލައިންސް
  • އޮސްޓްރައިން އެއަރލައިންސް
  • ކޮންޑޯ
  • ބްރިޓިޝް އެއަރވޭސް
  • ވަރޖިން އެޓްލާންޓިކް

ދުނިޔޭގެ ކަރގޯ ކަނެކްޓިވިޓި ލޮޖިސްޓިކްސް ޗެއިންގައި ވީ.އައި.އޭގެ ހިއްސާ އޮތުމަކީ ރާއްޖޭގެ އިޤްތިސާދަށް އެމް.އޭ.ސީ.އެލްއިން ވަމުން އަންނަ ހިއްސާ އިތުރަށް ވަރުގަދަ ވާނެ ކަމެކެވެ. ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ފުރިހަމަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް އެމްއޭސީއެލްއިން އަބަދުވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް އެކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.

Advertisement
+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް