December 18, 2024 11:52
Advertisement

-Advertisement-

ކުރުވާހަކަ: ސިއްރު

އަހަރެންނަކީ ޒުވާން ފިރިހެނެކެވެ. އަދި އަލަށްވެސް މީހަކާއި ނީނދެ ހުރި މީހެކެވެ. އަހަރެންގެ ރައްޓެހިން އަހަންނަށް އިންނާނެ އަންހެން ކުދިން ހޯދައިދިން ނަމަވެސް އަހަރެން ގަޔާވާ ކަހަލަ ކުއްޖަކާ ދިމާނުވެއެވެ. އަހަރެންގެ ހިތުގައި ވަނީ އަހަރެންގެ ހަޔާތުގެ ބައިވެރިޔާގެ ސިފަތަކެވެ. އެހެންނަމަވެސް އެ ސިފަތައް ހުރި މީހަކު ނުފެނުނެވެ.

ދުވަސްތަކެއް ފާއިތުވެގެން ދިޔައެވެ. އަހަރެންގެ މައިންބަފައިންނާއި ރައްޓެހިން އަހަންނާމެދު ކަންބޮޑުވާން ފެށިއެވެ. އަހަރެންގެ އުމުރުން 30 އަހަރު ފުރުނު އިރުވެސް އަދިވެސް އަހަރެން ހުރީ އެކަނިމާއެކަނި ކަމުން އެމީހުން ކަންބޮޑުވެއެވެ.

އެއްދުވަހަކު އަހަރެންގެ އެންމެ ގާތް ރައްޓެހިޔާ އަހަރެންނާ ބައްދަލުކޮށް ވާހަކަ ދެއްކިއެވެ. " އަހަރެން ކަލެއަށް ވަރަށް ރަނގަޅު ކުއްޖަކު ދައްކާލަން ބޭނުން. އޭނަ މަސައްކަތް ކުރަނީ ފުލުހުންގެ ތެރޭގައި. ވަރަށް ރީތި، ރަނގަޅު އަޚްލާޤު ހުރި ކުއްޖެއް." އޭނާ ބުންޏެވެ.

Advertisement

އަހަރެން ހިނިތުންވެލީމެވެ. "އާނ، އެކަމަކު..." އަހަރެން ފަށައިގަތީމެވެ. ނަމަވެސް އަހަރެންގެ ރަހުމަތްތެރިޔާ އަހަރެންގެ ވާހަކަ މެދުކަނޑާލިއެވެ.

"ނޫން، މިފަހަރު ތަފާތުވާނެ. އަހަރެންނަށް ޔަޤީން، މި ކުއްޖާ ކަލެއަށް ކަމުދާނެ." އޭނާ ބުންޏެވެ.

އަހަރެން ވިސްނާލުމަށްފަހު އެއްބަސްވީމެވެ. އެ ކުއްޖާއާ ބައްދަލުކުރުމަށް ނިންމީމެވެ. ނަމަވެސް އަހަރެންގެ ހިތުގައި އޮތް ސިއްރު އަދިވެސް ވަނީ ހާމަނުކޮށެވެ. އެއީ އަހަރެންގެ ހިތުގައި އޮތް އެހެން މީހެއްގެ ލޯބިއެވެ. އެ ލޯތްބަކީ އަހަރެންގެ ކުޑައިރުއްސުރެ އަހަރެންގެ އަވައްޓެރިޔާގެ ދަރިފުޅު ކަމުގައިވާ ފާތިމަތުގެ ލޯބިއެވެ. ނަމަވެސް އޭނާ މިހާރު ވަނީ އެހެން މީހަކާ އިނދެ، ދެ ދަރިންގެ މަންމައަކަށް ވެފައެވެ.

އަހަރެންގެ ރަހުމަތްތެރިޔާ ހޯދައިދިން ކުއްޖާއާ ބައްދަލުކުރުމަށް ދާއިރު، އަހަރެންގެ ހިތުގައި އުފެދުނު ސުވާލަކީ، އަހަރެންނަށް މި ސިއްރު އަބަދަށް ވަންހަނާކޮށް ބެހެއްޓޭނެ ބާވައެވެ؟ އަދި އަހަރެންނަށް އާ ލޯތްބެއް ލިބޭނެ ބާވައެވެ؟ މި ސުވާލުތަކުގެ ޖަވާބު ލިބޭނީ ވަގުތު ފާއިތުވެގެން ދާއިރުގައިބާއެވެ.

އަހަރެންގެ ބެސްޓްފްރެންޑާއެކު އެބުނާ ކުއްޖަކާ ބައްދަލުކުރުމަށް ދިޔައީމެވެ. ހިތުގައި އޮތް ކުރީގެ ލޯބީގެ ސިއްރު ވަންހަނާކޮށް، އާ ފެށުމަކަށް ތައްޔާރުވެގެންނެވެ.

ބައްދަލުވުން ހަމަޖެހިފައިވާ ކެފޭއަށް ވަދެވުނު އިރު، އަހަރެންގެ ލޮލަށް އަމާޒުވީ ހިނިތުންވެފައި ހުރި ރީތި އަންހެން ކުއްޖެކެވެ. އޭނާ ފުލުހުންގެ ޔުނިފޯމުގައި ހުރި ގޮތުން، އަހަރެންގެ ހިތަށް އެރީ މިއީ ބެސްޓްފްރެންޑް ބުނި ކުއްޖާ ކަމަށެވެ.

އައްސަލާމް ޢަލައިކުމް، އަހަރެންނަކީ އައިޝާ. ކަލޭގެ ބެސްޓްފްރެންޑް އަހަންނާ ބެހޭގޮތުން ވާހަކަދައްކާފައި ހުންނާނެ." އޭނާ ތަޢާރަފުވިއެވެ.

"ވަޢަލައިކުމުއްސަލާމް، އަހަރެންނަކީ އަޙްމަދު. ބައްދަލުވީތީ ވަރަށް އުފާވެއްޖެ" އަހަރެން ޖަވާބު ދިނީމެވެ.

އެރޭގެ ބައްދަލުވުމުގައި އަހަރެމެން ދެމީހުން ވާހަކަދެއްކީމެވެ. އައިޝާގެ ހިތްހެޔޮކަމާއި، ވިސްނުންތެރިކަމާއި، އަދި ހަށިގަނޑުގެ ރީތިކަން އަހަރެންގެ ސަމާލުކަން ހޯދައިފިއެވެ. އޭނާގެ ވާހަކަތަކުން އޭނާގެ ޢިލްމީ ފެންވަރާއި، މަސައްކަތުގެ ތަޖުރިބާ ހާމަވެގެން ދިޔައެވެ. ވަގުތު ފާއިތުވަމުން ދިޔަވަރަކަށް، އަހަރެންގެ ހިތުގައި އޮތް ކުރީގެ ލޯބީގެ ހަނދާންތައް ފަނޑުވަމުން ދިޔައެވެ.

ބައްދަލުވުން ނިމުމަކާ ކައިރިވަމުން ދިޔައިރު، އަހަރެންގެ ހިތުގައި އާ އުއްމީދެއް އުފެދިއްޖެއެވެ. އައިޝާއާއެކު އިތުރަށް ވަގުތު ހޭދަކުރުމަށް އަހަރެން ބޭނުންވެއްޖެއެވެ. އަދި އެކަން އޭނާއަށް ހުށަހެޅީމެވެ.

"އައިޝާ، އަހަރެމެން އަނެއްކާވެސް ބައްދަލުކޮށްލަން ކަލެއަށް ރަނގަޅުތަ؟" އަހަރެން އަހާލީމެވެ.

"އާނ، އަހަންނަށް ވަރަށް ރަނގަޅު. އަހަރެން ވެސް އެކަމަށް އުފާވާނެ." އޭނާގެ މޫނުމަތިން ފެނުނު ހިނިތުންވުމާއެކު، ޖަވާބު ދިނެވެ.

އެރޭގެ ބައްދަލުވުން ނިމުނީ އަހަރެމެންގެ ލޯބީގެ ގުޅުން ފެށުނު ރެއަކަށެވެ. އަހަރެންގެ ހިތުގައި އޮތް ކުރީގެ ލޯބީގެ ސިއްރު މިހާރު ވަނީ އާ ލޯތްބަކުން ބަދަލުވެފައެވެ. އައިޝާއާއެކު ހޭދަކުރި ކޮންމެ ވަގުތަކީ އަހަރެންގެ ހިތަށް އުފާވެރިކަން ގެނެސްދޭ ވަގުތަކަށް ވެގެން ދިޔައެވެ. މިހާރު އަހަރެންގެ ހިތުގައި އޮތް ހަމައެކަނި ސިއްރަކީ އައިޝާއަށް ކައިވެނީގެ ހުށަހެޅުމެއް ހުށަހަޅާނެ އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ހޯދުމެވެ. އެރޭގެ ބައްދަލުވުން ނިމުމާއެކު، އަހަރެމެންގެ ލޯބީގެ ގުޅުން ފެށިގެން ދިޔައެވެ.

"އަޙްމަދު، މިރޭގެ ބައްދަލުވުމަކީ އަހަންނަށް ވަރަށް އުފާވެރި ވަގުތުކޮޅެއް. އަހަރެމެން އަނެއްކާވެސް ބައްދަލުކުރަން ޖެހޭނެ އަހަރެންގެ ނަންބަރު ކަލެއަށް ދޭނަން. ގުޅާލާ" އައިޝާ ބުނެލިއެވެ.

އެހެން ބުނެ އޭނާ އޭނާގެ ފޯނު ނަންބަރު ލިޔެފައިވާ ކުޑަ ކަރުދާސްކޮޅެއް އަހަރެންގެ އަތަށް ދިނެވެ. އަހަރެން އެ ކަރުދާސްކޮޅު ބަލައިގަތީ ހިތުގެ ވަރަށް ބޮޑު އުފަލާއެކުގައެވެ.

ޝުކުރިއްޔާ އައިޝާ. އަހަރެން ކަލެއަށް ގުޅާނަން. އިރާދަކުރެއްވިއްޔާ އަހަރެމެން އަނެއްކާވެސް ބައްދަލުކުރާނަން." އަހަރެން ޖަވާބު ދިނީމެވެ.

އޭނާގެ ނަންބަރު ލިބުމުން އަހަރެންގެ ހިތަށް ލިބުނު އުފަލަކީ ބަޔާންކުރަން ދަތި އުފަލެކެވެ. އެ ކުޑަ ކަރުދާސްކޮޅުގައި ލިޔެފައިވާ ނަންބަރަކީ އަހަރެންގެ ހަޔާތުގައި އާ ބާބެއް ފެށުމުގެ ތަޅުދަނޑިކަމުގައި އަހަރެންނަށް އިހުސާސް ކުރެވުނެވެ.

އެރޭ ގެއަށް އައިސް، އަވަސް އަވަހަށް އައިޝާގެ ނަންބަރު އަހަރެންގެ ފޯނުގައި ސޭވް ކުރީމެވެ. ދެން އަހަރެން ކުރި ކަމަކީ އޭނާއަށް މެސެޖެއް ފޮނުވުމެވެ.

"އައްސަލާމް ޢަލައިކުމް އައިޝާ، މިއީ އަޙްމަދު. މިރޭގެ ބައްދަލުވުމަކީ އަހަންނަށްވެސް ވަރަށް އުފާވެރި ވަގުތުކޮޅެއް އަނެއްކާވެސް ބައްދަލުކުރެވޭނެ ދުވަހަކަށް އަހަރެން ވަރަށް ބޮޑަށް އިންތިޒާރުކުރާނަން" އަހަރެންގެ މެސެޖުގައި ލިޔުނީމެވެ.

އައިޝާގެ ޖަވާބު ލިބުނީ ވަރަށް އަވަހަށެވެ. "ވަޢަލައިކުމުއްސަލާމް އަޙްމަދު، އަހަންނަށްވެސް ވަރަށް އުފާވެރި ވަގުތުކޮޅެއް. އަހަރެމެން އަނެއްކާވެސް ބައްދަލުކުރަން ޖެހޭނެ. ރަނގަޅު ދުވަހެއް ހަމަޖެހުނީމަ އަހަރެން އަންގާނަން"

އެރޭ އަހަރެން ނިދީ ވަރަށް އުފަލުން އޮވެގެންނެވެ. އައިޝާއާއެކު ހޭދަކުރެވުނު ވަގުތުގެ މީރު ހަނދާންތައް ހިތުގައި ރައްކާކޮށް، އަންނަން އޮތް ދުވަސްތަކަށް ވަރަށް ބޮޑު އުއްމީދަކާއެކުގައެވެ. އަހަރެންގެ ހިތުގައި އޮތް ކުރީގެ ލޯބީގެ ސިއްރު މިހާރު ވަނީ އާ ލޯތްބަކުން ފޮރުވިފައެވެ. މިހާރު އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ އައިޝާއާ ދޭތެރޭގައެވެ.

އެރޭގެ ފަހުން އަހަރެންނާއި އައިޝާގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔައެވެ. ކޮންމެ ދުވަހަކު ހެނދުނު އައިޝާ ޑިއުޓީއަށް ލާން ދަނީ އަހަރެންނެވެ. އަހަރެންގެ ސައިކަލުގައި އައިޝާ އިންނަ މަންޒަރަކީ އަހަރެންގެ ދުވަހުގެ އެންމެ އުފާވެރި މަންޒަރެވެ.

ކޮންމެ ހެނދުނަކު އަހަރެން އައިޝާގެ ގެ ކުރިމައްޗަށް ދާއިރު، އޭނާ ހުންނަނީ ފުލުހުންގެ ޔުނިފޯމު ލައިގެން ތައްޔާރުވެގެންނެވެ. އޭނާގެ މޫނުމަތިން ފެންނަ ހިނިތުންވުމަކީ އަހަރެންގެ ދުވަސް ފަށައިގަންނަ އެންމެ ރީތި މަންޒަރެވެ.

"އައްސަލާމް ޢަލައިކުމް އަޙްމަދު، ކިހިނެއް" އައިޝާ ސަލާމްކުރާނެއެވެ.

މަގުމަތީގައި ދަތުރުކުރަމުން ދާއިރު، އަހަރެމެން ދެމީހުން ވާހަކަދައްކަމުން ދަމެވެ. ބައެއްފަހަރު އައިޝާ އޭނާގެ މަސައްކަތުގެ ވާހަކަ ދައްކާނެއެވެ. އަނެއްބައި ފަހަރު އަހަރެމެން ދެމީހުންގެ މުސްތަޤުބަލާ ބެހޭގޮތުން ވާހަކަދައްކަމެވެ.

"އަހަރެން ހިތަށްއަރަނީ އަހަރެމެންގެ ކައިވެނި ވާނީ ކިހާ ރީތި ކައިވެންޏަކަށް ބާވައޭ" އެއްދުވަހަކު އައިޝާ ބުންޏެވެ.

އެ ބަސްތައް އިވުމުން އަހަރެންގެ ހިތަށް ލިބުނީ ނުހަނު އުފަލެކެވެ. "އިންޝާﷲ، އަހަރެމެންގެ ކައިވެނި ވާނީ ވަރަށް ރީތި، ބަރަކާތްތެރި ކައިވެންޏަކަށް. އަހަރެން އެކަމަށް ވަރަށް ބޮޑަށް އިންތިޒާރުކުރަން" އަހަރެން ޖަވާބު ދިނީމެވެ.

ކޮންމެ ދުވަހަކުވެސް އައިޝާ ޑިއުޓީއަށް ލާފައި އަންނަ ވަގުތު، އަހަރެންގެ ހިތުގައި އޮންނަނީ އޭނާއާ އަލުން ބައްދަލުވާނެ ވަގުތު އަންނާނެ ކަމުގެ އުއްމީދެވެ. އަދި ހަވީރު އޭނާ ޑިއުޓީން ނިކުންނަ ގަޑި ޖެހުމުން، އަނެއްކާވެސް އަހަރެން ދަނީ އޭނާ ގެއަށް ގެންދިއުމަށެވެ.

އެއްދުވަހަކު، އަހަރެމެން ދެމީހުން އައިޝާގެ ޑިއުޓީ ނިމުމަށްފަހު ގޮނޑުދޮށަށް ދިޔައީމެވެ. އިރުއޮއްސުމުގެ މަންޒަރު ބަލަމުން، ވެލިގަނޑުގައި އިށީނދެ ތިބެ ވާހަކަދެއްކީމެވެ. އަހަރެން އައިޝާ ބައްދަލުވި ފުރަތަމަ ދުވަހު، އަހަރެންގެ ހިތުގައި އެހެން ލޯތްބެއްގެ ސިއްރެއް އޮތްކަން އެނގޭތަ؟" އަހަރެން ކުއްލިއަކަށް އަހާލީމެވެ.

އައިޝާ އަހަރެންނާ ދިމާލަށް ބަލާ ހިނިތުންވެލިއެވެ. "އާނ، އަހަންނަށް އެނގޭ. އަހަރެން އަހުމަދުގެ ލޮލުން ދުށިން. އެކަމަކު އަހަރެން އުއްމީދުކުރީ އަހުމަދަށް އަހަރެންގެ ލޯބި ލިބޭނެ ކަމަށް"

ކިހިނެއްއެނގުނީ؟" އަހަރެން ހައިރާންވެ، އަހާލީމެވެ.

"އަހަރެންނަކީ ފުލުހެއް. މީހުންގެ ޙާލަތު ދެނެގަތުމަކީ އަހަރެންގެ މަސައްކަތުގެ ބައެއް. އަހަރެން އަހުމަދުގެ ލޮލުން ފެނުނު ހިތާމައާއި އުއްމީދު ދެނެގަތިން. އެކަމަކު އަހަރެން އުއްމީދު ދޫނުކޮށް، އަހުމަދުއަށް އަހަރެންގެ ލޯބި ދިނިން." އައިޝާ ޖަވާބު ދިނެވެ.

އަހަރެންގެ ލޮލުން ކަރުނަ އައެވެ. "އައިޝާ، ލޯބިން އަހަރެންގެ ހިތުގައި އޮތް ކުރީގެ ހުރިހާ ހިތާމައެއް ފިލައިފި. މިހާރު އަހަރެންގެ ހިތުގައި އޮތީ ހަމައެކަނި އައިޝާގެ ލޯބި. ޝުކުރިއްޔާ އަހަރެންގެ ހަޔާތަށް އައި ކަމަށްޓަކައި"

"އަޙްމަދު، އަހަރެމެންގެ ލޯބި ދުވަހަކުވެސް ނިމުމަކަށް ނާންނާނެ. އަހަރެމެން އަބަދުވެސް އެކުގައި ތިބޭނަން" އައިޝާ އަހަރެންގެ އަތުގައި ހިފާފައި ބުންޏެވެ.

އެ ވަގުތު، އަހަރެން ނިންމީ އަހަރެންގެ ހިތުގައި އޮތް އެންމެ ބޮޑު ސިއްރު ހާމަކުރާށެވެ. އަހަރެން ޖީބުން ކުޑަ ފޮށްޓެއް ނެގީމެވެ. އޭގައި އޮތީ އަހަރެން ގަނެފައި ބޭއްވި އަނގޮޓިއެކެވެ.

އައިޝާ އާއި އިނދެ، އަހަރެންގެ މުޅި ހަޔާތް ހޭދަކުރަން ބޭނުން. އަހަރެންނާ އިންނާނަންތަ؟" އަހަރެން އަހާލީމެވެ.

"އާނ، އަޙްމަދު. އަހަރެން ވަރަށް އުފަލުން ކަލެއާ އިންނާނަން" އައިޝާގެ ލޮލުން އުފަލުގެ ކަރުނަ އައެވެ.

އައިޝާއަކީ ތަޙުޤީޤު ކުރާ ފުލުހަކަށް ވުމުން، އޭނާގެ މަސައްކަތުގެ ވަގުތުތައް އާދަޔާ ޚިލާފެވެ. ބައެއް ރޭރޭ އޭނާގެ ޑިއުޓީ ނިމެނީ ދަންވަރުގެ ވަގުތުތަކުގައެވެ. އަހަރެން އައިޝާއަށްޓަކައި މި ލަސް ގަޑިތަކަށް ހޭލާ ހުރެ އިންތިޒާރު ކުރަމެވެ.

އެއް ރެއަކު، އައިޝާ ގުޅާފައި ބުންޏެވެ. "އަޙްމަދު، މިރޭ އަހަރެންގެ މަސައްކަތް ނިމޭނީ ވަރަށް ލަހުން. ތިހެން ހޭލާ ނުހުރެ އަވަހަށް ނިދާ"

"އެކަމަކު އައިޝާ، އަހަރެން ބޭނުން އައިޝާ ގެއަށް ގެންދަން. އެހާ ލަހުން ނިމޭއިރު އެކަނި ދާކަށް ބޭނުމެއް ނޫން" އަހަރެން ޖަވާބު ދިނީމެވެ.

އައިޝާ ހިނިތުންވެލާފައި ބުންޏެވެ. "އަޙްމަދު، އަހަރެން ދެކެ ކަންބޮޑުވާ ވަރު އަހަންނަށް އެނގޭ. އެކަމަކު އަހުމަދަށް ރަނގަޅަށް މިބުނީ. ނިދާފައި ނޫނީ މާދަމާ މަސައްކަތަށް ދާން އުނދަގޫވާނެ. އަހަރެން ރައްކާތެރިކަމާއެކު ގެއަށް ދާނަން. ކަންބޮޑުނުވޭ"

އައިޝާގެ މި އޯގާތެރި ބަސްތަކުން އަހަރެންގެ ހިތަށް ވަރަށް ބޮޑު އުފަލެއް ލިބުނެވެ.

"އައިޝާ، ޝުކުރިއްޔާ އަހަންނަށްޓަކައި މިހާ ވިސްނާތީ. އައިޝާ ބުނާހެން އަހަރެން އަވަހަށް ނިދާނަން. އެކަމަކު ގެއަށް ދިޔައިމަ އަހަންނަށް މެސެޖެއް ކޮށްލާ" އަހަރެން ބުނީމެވެ.

އާނ، ކަންބޮޑުނުވޭ. އަހަރެން ގެއަށް ދިޔައިމަ އަންގާނަން. ރަނގަޅަށް ނިދާ އިނގޭ" އައިޝާ ބުންޏެވެ.

އެރޭ އަހަރެން ނިދީ އައިޝާގެ އޯގާތެރިކަމަށް ޝުކުރުވެރިވަމުންނެވެ. އޭނާ އަހަރެންގެ ހާލު ބަލާ، އަހަރެންގެ ދުޅަހެޔޮކަމަށް އިސްކަންދޭތީ އަހަރެންގެ ހިތް ފުރިގެން ދިޔައީ އުފަލުންނެވެ. އަދި ހެނދުނު ހޭލެވުނު އިރު، އަހަރެންގެ ފޯނުގައި އައިޝާގެ މެސެޖެއް އޮތެވެ.

"ގުޑް މޯނިންގ އަޙްމަދު. އަހަރެން ރޭގަނޑު ރައްކާތެރިކަމާއެކު ގެއަށް އާދެވިއްޖެ. ރަނގަޅަށް ނިދިންތަ؟ މިއަދު ރަނގަޅު ދުވަހަކަށް ވާނެ. ލަވް ޔޫ" އައިޝާގެ މެސެޖުގައި އޮތެވެ.

މި މެސެޖް ކިޔާލުމުން އަހަރެންގެ ދުވަސް ފެށުނީ ވަރަށް އުފާވެރި ގޮތެއްގައެވެ. އައިޝާގެ ލޯބި އަހަރެންގެ ހަޔާތަށް ގެނެސްދިން ބަދަލުތަކަށް އަހަރެން ޝުކުރުވެރިވަމެވެ. އަދި އޭނާގެ މަސައްކަތުގެ ގޮތުން ދިމާވާ ގޮންޖެހުންތަކާއެކުވެސް، އަހަރެމެންގެ ގުޅުން އިތުރަށް ވަރުގަދަވަމުން ދާކަން އަހަރެންނަށް ފާހަގަ ކުރެވެއެވެ.

އަހަރެމެންގެ ލޯބީގެ ގުޅުން އިތުރުވެ، ދެމީހުން ވެސް ބޭނުންވީ ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ. މި ނިންމުމާއެކު، އަހަރެމެން ދެމީހުން ވެސް އުފަލުން ފުރިގެން ދިޔައީމެވެ.

އެންމެ ފުރަތަމަ ކުރި ކަމަކީ ދެފަރާތުގެ އާއިލާގެ މީހުންނަށް މި އުފާވެރި ޚަބަރު އެންގުމެވެ. އަހަރެންގެ މައިންބަފައިންނަށް މި ޚަބަރު އެންގުމުން، އެމީހުން ވަރަށް އުފާވިއެވެ.

"މާޝާﷲ، ދަރިފުޅާ. އަހަރެމެން ވަރަށް އުފާވެއްޖެ. އައިޝާއަކީ ވަރަށް ރަނގަޅު އަންހެން ކުއްޖެއް. އަހަރެމެން ކަލޭމެންނަށް ދުޢާ ކުރާނަން." އަހަރެންގެ މަންމަ ބުންޏެވެ..

ހަމައެހެންމެ، އައިޝާގެ އާއިލާއިން ވެސް މި ޚަބަރާ ވަރަށް ބޮޑަށް އުފާކުރިއެވެ. އެމީހުން ވެސް އަހަރެމެންގެ ގުޅުމަށް ތާއީދުކޮށް، ދުޢާ ކުރިއެވެ.

ގިނަ މަޝްވަރާތަކަކަށްފަހު، އަހަރެމެން ނިންމީ ރޯދަމަސް ނިމުމުން ރަން ކިޔާގޮތަށެވެ. މިގޮތުން ރަމަޟާން މަސް ނިމި ޢީދުގެ ފަހު ހަފްތާގައި ރަން ކިޔާގޮތަށް ހަމަޖެއްސީމެވެ.

"އަހަރެން ވަރަށް އުފާވޭ އަހަރެމެންގެ ކައިވެނީގެ ދުވަސް މިހާ ކައިރިވީމަ. އަހަރެމެންގެ އާ ހަޔާތެއް ފެށުމަށް އަހަރެން ވަރަށް ބޮޑަށް އިންތިޒާރު ކުރަން." އައިޝާ ބުންޏެވެ.

މިހާރު އަހަރެމެން ދެމީހުން ވެސް ވަރަށް ބާރަށް މަސައްކަތް ކުރަމުން މިދަނީ ކައިވެނީގެ ތައްޔާރީތައް ފުރިހަމަ ކުރުމަށެވެ. ކޭކު އޯޑަރު ކުރުމާއި، ކާޑު ޗާޕުކުރުމާއި، މިހެންގޮސް އެތައް ކަމެއް ކުރަމުން މިދަނީ ވަރަށް އުފަލާއެކުގައެވެ.

ރަމަޟާން މަސް ފެށުމާއެކު، އަހަރެމެން ދެމީހުން ވެސް ގިނަ ވަގުތު ހޭދަކުރަނީ އަޅުކަމުގައެވެ. އަދި ކައިވެނި ބަރަކާތްތެރި ވުމަށް އެދި ގިނަގިނައިން ދުޢާ ކުރަމެވެ. ރޯދަ މަހުގެ ނިޔަލަށް އަހަރެމެންގެ ކައިވެނީގެ ހުރިހާ ތައްޔާރީތަކެއް ނިމި، ރަން ކިޔުމަށް ތައްޔާރުވެ ތިބުމަށް އަހަރެމެން އުއްމީދު ކުރަމެވެ.

ރޯދަމަހުގެ މެދަކާ ހަމައަށް ދިޔަތަނާ އައިޝާ ކުއްލިއަކަށް ބިޒީވެގެން ދިޔުމަކީ އަހަރެންނަށް ވަރަށް ބޮޑަށް ކަންބޮޑުވި ކަމެކެވެ. އޭނާ ބުނި ގޮތުގައި އެއީ ބޮޑު ތަޙުޤީޤެއް އުޅޭތީއެވެ. އެހެންނަމަވެސް އަހަރެންގެ ހިތުގައި ކުޑަ ޝައްކެއް އުފެދުނެވެ.

" އައިޝާ، އަހަރެންނަށް އެނގޭ މަސައްކަތް ވަރަށް މުހިންމުކަން. އެކަމަކު ކުއްލިއަކަށް މިހާ ބިޒީވީމަ އަހަރެން ކަންބޮޑުވޭ " އަހަރެން އައިޝާއާ ސުވާލުކޮށްލީމެވެ.

އައިޝާ ހިނިތުންވެލާފައި ބުންޏެވެ. "އަޙްމަދު، ތިހާ ކަންބޮޑުވާކަށް ނުޖެހޭ. މިއީ ހަމަ ވަގުތީ ގޮތުން ދިމާވި ކަމެއް. އަހަރެން މި މައްސަލަ ނިންމާލާފައި އަންނާނަން".

އަހަރެން އައިޝާގެ ބަހަށް އިތުބާރުކުރަން މަސައްކަތްކުރީމެވެ. ނަމަވެސް އަހަރެންގެ ހިތުގައި އުފެދުނު ޝައްކު ފިލައިނުދިޔައެވެ. އެހެންކަމުން އަހަރެން ނިންމީ އިތުރަށް ކަންތައްތައް ބަލަމުން ގެންދިއުމަށެވެ.

އައިޝާ އަހަރެންގެ އަތުގައި ހިފާލަމުން ބުންޏެވެ، "ޝުކުރިއްޔާ އަޙްމަދު. ކަލެއަކީ ވަރަށް ރަނގަޅު މީހެއް. އަހަރެން ވަރަށް ލަސްނުކޮށް މި މައްސަލަ ނިންމާލާނަން. ދެން އަހަރެމެންނަށް އިހުހެން ވަގުތު ހޭދަކުރެވޭނެ".
އެރޭ އަހަރެން ނިދީ ހިތުގައި އުއްމީދާއި ކަންބޮޑުވުން އެކުވެފައިވާ ޝުޢޫރަކާ އެކުގައެވެ. އަދި ދުޢާކުރީ ހުރިހާ ކަމެއް ރަނގަޅުވެ، އަހަރެމެންގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ވަރުގަދަވާނެ ކަމަށެވެ.

އައިޝާގެ ކުއްލި ބަދަލާއި، ޑިއުޓީ ނިންމާފައި ގުޅުން ހުއްޓާލުމަކީ ހަޤީޤަތުގައިވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. އަހަރެންގެ ހިތުގައި ޝައްކު އިތުރުވަމުން ދިޔައެވެ.

އެއްދުވަހަކު އަހަރެން ހިތްވަރުކޮށް އައިޝާއާ ވާހަކަދައްކަން ނިންމީމެވެ. "އައިޝާ، އަހަރެން ވާހަކަދައްކަން ބޭނުން. ފަހަކަށްއައިސް އައިޝާ ވަރަށް ބޮޑަށް ބަދަލުވެއްޖެ. ކުރިން ޑިއުޓީ ނިންމާފައި އަބަދުވެސް އަހަންނަށް ގުޅާ. މިހާރު އެކަންވެސް ހުއްޓާލައިފި. އެނގޭތަ މިކަމުން އަހަރެން ކިހާ ކަންބޮޑުވާނެކަން" އަހަރެން ބުނެލީމެވެ.

"އަޙްމަދު، އަހަރެން ކުރިންވެސް ބުނިން މިއީ ވަރަށް މުހިންމު ތަޙޙުޤީޤެއްކަން. އަހަރެންނަށް ގުޅާކަށް ވަގުތެއް ނުލިބޭ. އަދި ގުޅުމުން އުނދަގޫވާނެތީ އެކަން ހުއްޓާލީ" އައިޝާ ހަމަ އެއްވެސް ޖެހިލުމެއްނެތި ޖަވާބުދިނެވެ.

"އެކަމަކު އައިޝާ، އަހަރެމެން ކައިވެނިކުރަން ތައްޔާރުވަމުންދާއިރު މިހެން ވުމަކީ ރަނގަޅު ކަމެއް ނޫން. އަހަރެމެންގެ ގުޅުމަށް މިކަމުން އަސަރުކުރޭ" އަހަރެންގެ ހިތުގައި އޮތް ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ.

"އަޙްމަދު، މާ ބޮޑަށް ވިސްނަނީ. މިއީ ހަމަ ވަގުތީ ކަމެއް. އަހަރެން މި މައްސަލަ ނިންމާލާފައި އަންނާނަން. ދެން ހުރިހާ ކަމެއް ރަނގަޅުވާނެ" އައިޝާ ހިނިތުންވެލާފައި ބުންޏެވެ.

އަހަރެންނަށް އިހުސާސްވީ އައިޝާ އަހަރެންގެ ކަންބޮޑުވުން އެހާ ސީރިއަސްކޮށް ނުދެކޭކަމެވެ. އެހެންނަމަވެސް އަހަރެން އިތުރަށް ޕުޝްކުރަން ބޭނުމެއް ނުވިއެވެ. އެހެންކަމުން އަހަރެން ހަމައެކަނި ބުނެލީ، "އާނ، އަހަރެން އުއްމީދުކުރަނީ އެހެންވާނެ ކަމަށް"

އައިޝާގެ ޖަވާބުތަކާއި ރަންކިޔުން ލަސްކުރަން އެދުމުން އަހަރެންގެ ކަންބޮޑުވުން އިތުރަށް ބޮޑުވެގެން ދިޔައެވެ. އަހަރެންނަށް އިހުސާސްވީ މިކަމުގައި ކަމެއް ރަނގަޅުނޫންކަމެވެ.

އައިޝާ، އަހަރެންނަށް އުނދަގޫ ނުކުރަން ކަމަށް ބުނެ ގުޅުން މަދުކުރުމަކީ އަހަރެންނަށް ގަބޫލުކުރެވޭ ކަމެއް ނޫން. އަދި ކުއްލިއަކަށް ރަންކިޔުން ލަސްކުރަން އެދުމުން އަހަރެން ވަރަށް ބޮޑަށް ކަންބޮޑުވެއްޖެ. މިކަމުގައި ކަމެއް ރަނގަޅު ނޫންހެން އަހަރެންނަށް ހީވަނީ. ތެދުބަހުން އަހަންނަށް ކިޔައިދީބަލަ، ކޮންކަމެއްތޯ މިވަނީ؟" އަހަރެން ސުވާލުކުރީމެވެ.

"އަޙްމަދު، އަހަރެން... އަހަރެން އެއްވެސް ގޯހެއް ހަދަން  ބޭނުމެއް ނޫން. އެކަމަކު މިވަގުތު އަހަރެންނަށް ހުރިހާ އެއްޗެއް ކިޔައެއް ނުދެވޭނެ. އަހަރެން އެދެނީ އަހަންނަށް އިތުބާރުކޮށް، ކުޑަ މުއްދަތެއް ދިނުން" އައިޝާ ވަރަށް ބޮޑަށް ހާސްވެފައިވާކަން އޭނާގެ މޫނުމަތިން ފެނުނެވެ.

"އައިޝާ، އަހަރެމެން ކައިވެންޏަށް ތައްޔާރުވަމުންދާއިރު، މިކަހަލަ ސިއްރުތަކެއް ބެހެއްޓުމަކީ ރަނގަޅު ކަމެއް ނޫން. އަހަރެން އިތުބާރުކުރަން. އެކަމަކު މިހާރު ހިނގަމުންދާ ކަންތައްތަކުން އަހަރެންގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރޭ. އަހަރެން އެދެނީ ތެދުބަހުން ހުރިހާ އެއްޗެއް ކިޔައިދިނުން" އަހަރެންގެ ހިތުގައި އޮތް ޝައްކު އިތުރަށް ބޮޑުވެގެން ދިޔައެވެ.

"އަޙްމަދު، އަހަރެން.. އަހަރެން މާފަށް އެދެން. އަހަރެންނަށް މިވަގުތު ހުރިހާ އެއްޗެއް ކިޔައެއް ނުދެވޭނެ. އެކަމަކު އަހަރެން ވަޢުދުވަން، ވަރަށް އަވަހަށް ހުރިހާ އެއްޗެއް ކިޔައިދޭނަމޭ. ހަމައެކަނި ކުޑަ މުއްދަތެއް ދީބަލަ" އައިޝާގެ ލޮލުން ކަރުނަ އައެވެ.

އަހަރެންގެ ހިތުގައި ޝައްކު އުފެދުމާއެކު، އަހަރެން އަވަސްވެގަތީ އަހަރެންގެ ބެސްޓްފްރެންޑްގެ އެހީތެރިކަން ހޯދުމަށެވެ. އެއީ އަހަރެންނަށް އިތުބާރުކުރެވޭ މީހެއް ކަމަށްވާތީއެވެ.

"އަޚާ، އަހަރެން ވާހަކައެއް ދައްކަން ބޭނުން. އައިޝާގެ ފަރާތުން ފެންނަމުންދާ ބަދަލުތަކާ ގުޅިގެން އަހަރެން ވަރަށް ބޮޑަށް ކަންބޮޑުވެއްޖެ. އައިޝާ އާއި ގުޅޭ ކަމެއް ނުވަތަ  އެނގޭ އެއްވެސް އެއްޗެއް އޮތްތަ؟ އަހަރެންނަށް އެހީތެރިވެދެވިދާނެތަ މިކަން ބަލައިދޭން؟" އަހަރެން އަހާލީމެވެ.

"އަހަރެން އަހުމަދަށް ތެދުބަހުން ބުނާނަން. އަހަރެންނަށްވެސް ފާހަގަކުރެވިފައި ހުރި ބައެއް ކަންތައްތައް އެބަހުރި. އެކަމަކު އަހަރެން ބޭނުމެއް ނޫން އަހުމަދު ކަންބޮޑުކުރުވަން. ބޭނުންނަމަ އަހަރެންނަށް މިކަން ބަލައިދެވިދާނެ" އަހަރެންގެ ބެސްޓްފްރެންޑް ކުޑަ ވަގުތުކޮޅަކަށް ހަނުހުރުމަށްފަހު ބުންޏެވެ.."

"އާނ، އަހަރެން ވަރަށް ބޮޑަށް އެދެން މިކަން ބަލައިދިނުން. އަހަރެންނަށް މިހާރު ވަރަށް ބޮޑަށް ކަންބޮޑުވެއްޖެ. އަހަރެން ބޭނުން ޙަޤީޤަތް ދެނެގަންގަންނަން" އަހަރެން ވަރަށް ބޮޑަށް ކަންބޮޑުވެ، އަވަސްވެގަތީމެވެ.

"ރަނގަޅު، އަހަރެން މިކަން ބަލާނަން. އެކަމަކު ހަމަޖެހިގެން ހުރޭ. އަވަސްވެ ނުގަންނާތި. އަހަރެން އަންގާނަން އެއްވެސް އެއްޗެއް އެނގުނިއްޔާ" އަހަރެންގެ ބެސްޓްފްރެންޑް ބުންޏެވެ.

އަހަރެންގެ ބެސްޓްފްރެންޑްގެ ޖަވާބު އިވުމާއެކު، އަހަރެންގެ ހިތަށް ވަރަށް ބޮޑު ސިހުމެއް އައެވެ. އޭނާ ބުނި ވާހަކައިން އަހަރެންގެ ހިތުގައި އޮތް ޝައްކުތައް ޔަޤީންކަމަށް ބަދަލުވިއެވެ.

"ކިހިނެއް؟ އެއީ ކޮން ވާހަކައެއް ތިދައްކަނީ؟ އައިޝާ އެހެން މީހަކާއެކު ދަންވަރު ބޭރަށް ދަނީ؟ ޔަޤީންތަ އެއީ ތެދު ވާހަކައެއްކަން" އަހަރެން ވަރަށް ބޮޑަށް ކަންބޮޑުވެ، ސުވާލުކުރީމެވެ.

"އަހަރެން ވަރަށް ހިތާމަކުރަން މިވާހަކަ ކަލެއަށް ބުނަން ޖެހުނީތީ. އެކަމަކު އަހަރެން ދޮގެއް ނުހަދާނަން. އަހަރެން މިވާހަކަ އަޑުއެހީ އިތުބާރުހުރި މަސްދަރަކުން. އައިޝާ ދަންވަރު ޑިއުޓީގައި އެހެން ފިރިހެނަކާއެކު ބޭރަށް ދާތަން ފެނިފައިވޭ" އަހަރެންގެ ބެސްޓްފްރެންޑް ވަރަށް މާޔޫސްކަމާއެކު ބުންޏެވެ.

އަހަރެންގެ ހިތަށް ލިބުނު އަނިޔާގެ ބޮޑުކަމުން، އަހަރެންނަށް ވާހަކަދެއްކުމަށް ދަތިވިއެވެ. ހިތުގެ އެތެރެ ފުނުން އަންނަ ރުއިމެއް ހިފަހައްޓަން އުނދަގޫވިއެވެ.

"އަހަރެން ބުނާނީ އަވަސްވެ ނުގަންނާތި. އަދި އައިޝާއާ ވާހަކަދައްކާ. އޭނާގެ ފަރާތުންވެސް މިކަން އަޑުއަހާ. ފަހަރެއްގައި މީގެ ފަހަތުގައި އެހެން ސަބަބެއް އޮތުން އެކަށީގެންވޭ" އަހަރެންގެ ބެސްޓްފްރެންޑް ނަސޭހަތްތެރިވިއެވެ.

"އާނ، އަހަރެން އައިޝާއާ ވާހަކަ ދައްކާނަން. އެކަމަކު... އަހަރެންނަކަށް މިވަގުތަކު ނޭނގެ ކިހިނެއް ހަދާނީކަމެއް" އަހަރެން ބޮލުން އިޝާރާތްކޮށްލީމެވެ.އައިޝާ ވަރަށް ސާފުކޮށް ބުންޏެވެ. "އަޙްމަދު، އަހަރެން މާފަށް އެދެން. އެކަމަކު އަހަރެންނަށް މިހާރު އިހުސާސްވަނީ އަހަރެންގެ ހިތުގައި އެހެން މީހަކަށް ޖާގަ އޮތްކަން. އަހަރެން ބޭނުމެއް ނޫން އިތުރު އަނިޔާއެއް ދޭކަށް. އެހެންވީމަ މިހާހިސާބުން އަހަރެމެންގެ ގުޅުން ނިންމާލަން ނިންމީ" އައިޝާގެ ޖަވާބު އިވުމާއެކު، އަހަރެންގެ ދުނިޔެ ވެއްޓުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. އަހަރެންގެ ހިތަށް ލިބުނު އަނިޔާގެ ބޮޑުކަމުން، ވަގުތުކޮޅަކަށް އެއްވެސް އެއްޗެއް ބުނަން ނޭނގުނެވެ.

އައިޝާ... ކީއްވެ؟ އަހަރެމެންގެ ލޯބި... އަހަރެމެންގެ ޕްލޭންތައް... މިހުރިހާ އެއްޗެއް  މިހެން ނިންމާލަނީ؟" އަހަރެންނަށް ބުނެވުނީ ކަރުނައިގެ ތެރެއިންނެވެ.

"އެކަމަކު އައިޝާ، އަހަރެމެން މިހާ ގިނަ ދުވަހު އެކުގައި ހޭދަކުރި ވަގުތު... އަހަރެމެންގެ ލޯބި... މިހުރިހާ އެއްޗެއް ކަލެއަށް ހަނދާން ނެތުނީތަ؟ އަހަރެންނަށް މި ޙަޤީޤަތް ގަބޫލުކުރަން ވަރަށް އުނދަގޫވިއެވެ.

"އަޙްމަދު، އަހަރެން އެ ހުރިހާ އެއްޗެއް ހަނދާން އެބަހުރި. އެކަމަކު މީހެއްގެ ހިތުގައި އޮންނަ އިހުސާސްތައް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް. އަހަރެން އެދެނީ އަހުމަދު  މިކަން ގަބޫލުކޮށް، ކުރިއަށް ދިއުން" އައިޝާ ކުޑަ ހިނދުކޮޅަކަށް ހަނުހުރުމަށްފަހު ބުންޏެވެ.

"އައިޝާ... އަހަރެން... އަހަރެންނަށް މިކަން ގަބޫލެއް ނުކުރެވޭ. އަހަރެން ކަލެއަށް އެހާ ލޯބިވި... އަހަރެންގެ މުޅި ހަޔާތް ހޭދަކުރަން ބޭނުންވި" އަހަރެންގެ ހިތުގެ ރުއިން ހިފެހެއްޓޭ ގޮތް ނުވިއެވެ....

"އަޙްމަދު، އަހަރެން އެދެނީ  މިކަމުން އަރައިގަނެ، އުފާވެރި ދިރިއުޅުމެއް އުޅުން. އަހުމަދު އަކީ ވަރަށް ރަނގަޅު މީހެއް. އަހަރެންނަށްވުރެ މާ ރަނގަޅު މީހަކު ލިބޭނެ. އަހަރެން ދުޢާކުރާނަން ހެޔޮ ގޮތް ލިބުމަށް" އައިޝާ ފަހުގެ ބަހެއްގެ ގޮތުން ބުންޏެވެ.

އަހަރެންވީ ގުރުބާން އައިޝާ ހަނދާން ނެތުނީއެވެ. އަހަރެން އެކަނިވެ ބާކީވީއެވެ. ކުރިން އައިޝާ މިވާހަކަ ބުނިނަމަ ކިހާ ރަނގަޅުހެއްޔެވެ. އެހެން ނޫންނަމަ އަހަރެންނަށް މިހާލު ނުޖެހުނީހެވެ. އަހަރެންނަށް ސިއްރުން އެހެން މީހަކާއި ލޯބީގެ ގުޅުން ބޭއްވީ އަހަރެންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ. ސިއްރުކުރަން ޖެހެނީ ކޮންކަމެއްބާއެވެ.

= ނިމުނީ =

+1
0
+1
0
+1
1
+1
0
+1
0
+1
1
+1
1

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް