Advertisement
header ad
XeeTimesXeeTimes
ތާރީޚީ ދުވަހެއް: އެއްއަހަރު ތެރޭގައި ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި! ވިޔަފާރި

ތާރީޚީ ދުވަހެއް: އެއްއަހަރު ތެރޭގައި ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި!

މިއަދަކީ ފަތުރުވެރި ކަމުގެ ތާރީޚުގައި އުފާވެރި އަދި ކާމިޔާބު ދުވަހެކެވެ. މިއަހަރު ތެރޭގައި ރާއްޖެއަށް މިވަނީ 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި 2 މިލިއަން ވަނަ ފަތުރުވެރިޔާއަށް ވަނީ ޚާއްސަ މަރުހަބާއެއް ކިޔާފައެވެ. މި ޝަރަފު ލިބުނީ ފިރިމީހާއާއި ދެކުދިންނާއެކު ރާއްޖެއައި އޮސްޓްރިއާގެ އަންހެނެއްކަމުގައިވާ އެސްޓްރިޑް ޑިރްނެގަރ އަށެވެ. މި ފަތުރުވެރިޔާގެ އާއިލާ އަށް ވަނީ ސާއި ލެގޫން މޯލްޑިވްސް ރިސޯޓުގައި 6 ދުވަހު ޗުއްޓީ ހޭދަކުރުމުގެ ޕެކޭޖެއް ދީފައެވެ.

ޚާއްސަ ސަގާފީ އައިޓަމަކާއެކު ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް އާއި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝިޢުރީ އާއި އެމްއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފްގެ އިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަންގެ އިސްއޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —