Advertisement
header ad
XeeTimesXeeTimes
އެފްކޮމް ކާގޯގެ ފުރަތަމަ ފްލައިޓް 20 ޓަނުގެ ކާގޯއާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް! ވިޔަފާރި

އެފްކޮމް ކާގޯގެ ފުރަތަމަ ފްލައިޓް 20 ޓަނުގެ ކާގޯއާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް!

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އިން އެފްކޮމް ކާގޯ އާއި ގުޅިގެން ޗާޓަރޑް ޝެޑިއުލްޑް ކާގޯގެ ޚިދުމަތް ވަނީ ފަށައިފައެވެ.

އިންޑިއާގެ ޗެންނާއީއިން ފުރި އެފްކޮމް ކާގޯގެ ފުރަތަމަ ފްލައިޓް ވަނީ 20 ޓަނުގެ ކާގޯ ވީ.އައި.އޭ އަށް އެތެރެކޮށްފައެވެ. އަދި މި ކާގޯ އެކްސްޕޯޓް ކޮށްފައިވަނީ އިއްތިހާދު އެއާވޭސްގެ ފްލައިޓެއް މެދުވެރިކޮށް ކަމަށް ވީ.އައި.އޭ އިން ވަނީ މައުލޫމާތު ދީފައެވެ.

އެފްކޮމް ކާގޯއިން ހަފްތާއަކު 3 ފްލައިޓް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އޮޕަރޭޝަން އިތުރަށް ފުޅާކުރުމަށް ވަނީ ރާވާފައެވެ.

Article - in content
Advertisement

" ވީ.އައި.އޭ މެދުވެރިކޮށް ކާގޯ މޫވްމަންޓް ހަރުދަނާ ކުރުމުގެ މަޤްސަދުގައި ބޮޑެތި އެއަރލައިންތަކާއެކު އިންޓަލައިން އެއްބަސްވުންތައް ޤާއިމުކުރުމުގެ މަސައްކަތް އެފްކޮމް އެއަރލައިންސް އިން ދަނީ ކުރަމުން. އެފްކޮމް އެއަރ ޓު އެއަރ ކާގޯގެ ޚިދުމަތާއެކު ވީ.އައި.އޭއިން ދެމުންދާ ކާގޯގެ ޚިދުމަތް ވަނީ އިތުރަށް ފުޅާވެގެން ގޮސްފައި. ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވީ.އައި.އޭގެ ހިއްސާ އޮތުމަކީ ރާއްޖޭގެ އިޤްތިސާދަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަމުން އަންނަ ހިއްސާ އިތުރަށް ވަރުގަދަ ވާނެކަމެއް". އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ފުރިހަމަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް އެމްއޭސީއެލް އިން އަބަދުވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —