އުރީދޫގެ އެންމެ ފަހުގެ ކެމްޕެއިން ލޯންޗު ކޮށްފައިވަނީ ކުންފުނީގެ ވަރުގަދަ ނެޓްވޯކު ދައްކުވައިދޭ ކުރު، ހިތްގައިމު އިޝްތިހާރުތަކަކާއެކުގައެވެ. މިކެމްޕެއިންގައި ރައްޔިތުންނަށް އާއްމުކޮށް ދިމާވާ ކަނެކްޓިވިޓީ ގެ މައްސަލަތައް މަޖާ ގޮތެއްގައި ވަނީ ދައްކުވައިދީފައެވެ.
އުރީދޫއިން މައުލޫމާތު ދިންގޮތުގައި މި ކެމްޕެއިންގެ މައިގަނޑު އަސާސް އަދި އުޅޭ ކެރެކްޓަރ ތައްޔާރު ކޮށްފައިވަނީ ފިލްމީ ދާއިރާގެ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެންނެވެ. އޭއައި އާއި ފެންވަރު ރަނގަޅު ޕްރޮސްތެޓިކްސްގެ އެހީގައި ތަރައްގީކޮށްފައިވާ މި ކެރެކްޓާތަކުން ކަނެކްޓިވިޓީގެ މައްސަލަތައް ދިމާވާ ސަބަބުތައް ރަމްޒުކޮށްދެނީ މަޖާ، އަދި މުނިފޫހިފިލުވައިދޭ ގޮތަކަށެވެ. މި ކެރެކްޓަރ ތަކަކީ އުރީދޫ މެސްކޮޓްތަކެއް ނޫނެވެ. މިއީ ނެޓްވޯކްގެ ތަޖުރިބާ ދަށްވުމުން މާޔޫސްކަން މަޖާކޮށް ދައްކުވައިދިނުމަށް ބޭނުންކޮށްފައިވާ ކެރެކްޓަރތަކެކެވެ. އެއީ ގޭމެއްގެ ތެރޭގައި ފަހަތަށް ޖެހުން ނުވަތަ ވީޑިއޯ ކޯލެއްގެ އެންމެ މުހިންމު ވަގުތުގައި ބަފަރިން ކުރުން ދައކުވައިދޭ ކެރެކްޓަރ ތަކެކެވެ.
މި ސިލްސިލާގެ ފުރަތަމަ އިޝްތިހާރު ގޭމިން ކޮމިއުނިޓީ އަށް ހާއްސަ ކުރެވިފައި ވާއިރު، އުރީދޫ އަކީ އެންމެ ރަނގަޅު ތަޖުރިބާއެއް ލިބޭ ގޭމިން ނެޓްވޯކްކަން ސިފަކުރެ އެވެ. ގޭމް ކުޅޭ ފަރާތްތަކަށް ތައްޔާރުކޮށްފައިވާ އުރީދޫގެ ހާއްސަ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއެކު އުރީދޫއިން ވަނީ ގޭމިން އިތުރު ހަރުފަތަކަށް ގެންގޮސްދޭ ކަނެކްޓިވިޓީ އެކްސްޕީރިއަންސެއް ފޯރުކޮށްދީފަ އެވެ.
ކޮންމެ މާކެޓެއްގައި ވެސް މަގުބޫލު ލޯކަލް އިންފްލުއެންސަރުން ހިމަނައިގެން އުފައްދާފައިވާ މި އިސްތިހާރުތަކުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ހީރޯގެ ގޮތުގައި އުރީދޫ ވަނީ ނުކުމެފަ އެވެ.
އުރީދޫގެ ގްރޫޕް ޗީފް ކޮންސިއުމާ އޮފިސަރު ބިލާލް ކަޒްމީ ވިދާޅުވީ ކަނެކްޓިވިޓީއަކީ މުނިފޫހިފިލުވުމާއި މަސައްކަތާއި ދިރިއުޅުމުގެ މައިބަދައަކަށް ވެގެންދާއިރު، އުރީދޫން އަންނަނީ ރަނގަޅު ނެޓްވޯކް ތަޖުރިބާއެއް ލިބުމުގެ މާނަ ދައްކުވައިދެމުން ކަމަށެވެ. މި ކެމްޕޭނަކީ އުރީދޫގެ ނެޓްވޯކު ބޭނުން ކުރުމުން ކަސްޓަމަރުންނަށް ލިބިދޭ ފަސޭހަ ދައްކުވައިދީ މުނިފޫހިފިލުވުމާއި މައުލޫމާތު ލިބޭ ގޮތަށް ބެލުންތެރިންނާ ގުޅާލެވޭ ކެމްޕޭނެކެވެ.
"މި ކެމްޕެއިންގައި އުރީދޫގެ އީޖާދީ، ޒަމާނީ ސޮލިއުޝަން އަދި ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކަސްޓަމާ ފަސްޓް އެޕްރޯޗެއް ބޭނުންކުރުމަށް ކުރާ މަސައްކަތް ފާހަގަކުރެވޭ". ބިލާލް އިތުރަށް ވިދާޅުވީ މި އިސްތިހާރު ސީރީޒްގެ ކުރިއަށްހުރި ބައިތަކުގައި ފެނިގެންދާ ކޮންމެ އިޝްތިހާރަކީ ވެސް އުރީދޫގެ ކަސްޓަމަރުން މާޔޫސްކަން ދޫކޮށްލައި މެދުކެނޑުމެއްނެތި ކަނެކްޓިވިޓީ އާއި ތަފާތު ފުރިހަމަ ތަޖުރިބާއެއް އުރީދޫއާއެކު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ އިސްތިހާރަކަށް ވާނެކަމަށެވެ.