January 31, 2025 02:54
Advertisement

-Advertisement-

މަކިޓާ ބްރޭންޑުގެ ފޭކް އުފެއްދުންތަކެއް ބާޒާރުގައި ވިއްކަމުންދާތީ ސަމާލުވުމަށް އެސްޓީއޯއިން އިލްތިމާސްކޮށްފި!

"މަކިޓާ" ބްރޭންޑުގެ ފޭކް އުފެއްދުންތަކެއް ރާއްޖޭގައި ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (ޢެސްޓީއޯ) އިން ވަނީ އެދިފައެވެ. އެސްޓީއޯ އަކީ ދިވެހިރާއްޖޭގައި "މަކިޓާ" ބްރޭންޑުގެ އުފެއްދުންތަކުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ. މިގޮތުން "މަކިޓާ" ބްރޭންޑުގެ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާ، ފެންވަރު ރަނގަޅު އޮރިޖިނަލް އުފެއްދުންތައް ރާއްޖެ އެތެރެކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.

" އެކިގޮތްގޮތަށް "މަކިޓާ" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވެފައިވާއިރު، ބާޒާރުގައި ނަކަލު (ފޭކް) އުފެއްދުންތައް ދައުރުވަމުންދާކަން މިކުންފުންޏަށްވަނީ ފާހަގަކުރެވިފައި. މިގޮތަށް ދައުރުވަމުންދާ އަސްލު ނޫން އުފެއްދުންތަކަކީ ކަސްޓަމަރުންނަށް އޭގެ ބޭނުން އެދެވޭގޮތުގައި ހިފޭނެކަމުގެ ޔަޤީންކަން ނެތް، ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއް ނެތް އުފެއްދުންތަކެއް ކަމަށްވާތީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް ބައްލަވައިގަންނަވާ އުފެއްދުންތައް ގަތުމުގެ ކުރިން އެ އުފެއްދުންތަކަކީ އޮރިޖިނަލް އުފެއްދުންތައްކަން ކަށަވަރުކުރުމަށްފަހު ނޫނީ ނުގަތުމަށް އިލްތިމާސްކުރަން" އެސްޓީއޯއިން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.

 އެސްޓީއޯގެ އައުޓްލެޓްތަކުން އަދި އެސްޓީއޯއިން ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް "މަކިޓާ" ބްރޭންޑުގެ އޮރިޖިނަލް އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާއިރު، "މަކިޓާ" ބްރޭންޑުގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށް، އެސްޓީއޯ ސަރވިސް ސެންޓަރުން އާފްޓަރ ސޭލްސް ޚިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯއިން ނުވަތަ އެސްޓީއޯގެ ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ބައްލަވައިގަންނަ "މަކިޓާ" ބްރޭންޑުގެ އުފެއްދުންތަކަށް އެކަނިކަމުގައި އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

Advertisement

އެހެންކަމުން، "މަކިޓާ" ބްރޭންޑުގެ ފޭކް އުފެއްދުންތަކާމެދު ސަމާލުވުމަށް ކަސްޓަމަރުންނަށް ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. އަދި "މަކިޓާ" ބްރޭންޑުގެ އުފެއްދުންތަކުގެ އަސްލުކަން ކަށަވަރުކުރުމަށް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، އެސްޓީއޯ "މަކިޓާ" ޝޯރޫމަށް ވަޑައިގެންދެއްވުން ވަނީ އެދިފައެވެ.

މި ފުރުސަތުގައި "މަކިޓާ" ބްރޭންޑުގެ އަސްލު އުފެއްދުންތަކާއި ފެންވަރު ރަނގަޅު ޚިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ވަނީ އަރުވާފައެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް