އެމީހުން ދެމީހުން ވީހާވެސް ބާރަކަށް ދުވެފައި ދާން ފެށިއެވެ. އެކަމަކު އެ އަނދިރި ސިފަ އެމީހުންނާއި ވަރަށް ގާތުން ފަހަތުން އަންނަކަން އެމީހުންނަށް އިހުސާސް ކުރެވުނެވެ. އެމީހުން ދުވަމުން ދިޔައިރު، އެމީހުންނަށް ފަހަތުން އަންނަ ނޭވާގެ އަޑު އިވެން ފެށިއެވެ.
މާދުރަށް ނުދެވެނީސް އެމީހުންގެ ކުރިމައްޗަށް ހުއްޓުނީ އެރަށުގެ މެދުއުމުރުގެ ބައެކެވެ. އެމީހުންވެސް އައީ އަޝްރަފްމެންގެ ފަހަތުންނެވެ. ނަމަވެސް ވަކިހިސާބަކުން އެމީހުންނަށް އަޝްރަފް އާއި ސަލީމް ގެއްލުނީއެވެ.
"ކޮބާ އެމީހާ. ކޮންތާކަށް ދިޔައީ" އެތަނުން މީހަކު ސުވާލު ކުރިއެވެ.
"ނޭނގެ. ފިލައިފި. ދިޔައީ" އަޝްރަފް ކުރިއަށް ޖެހި ވާހަކަ ދެއްކުނީ ވަރަށް ވަރުންނެވެ.
"ހިނގާ އެމީހާ ހޯދަން. އެމީހާ މިރަށުން ފިލައިގެން ދިޔަދީގެން ނުވާނެ" އެތަނުން ޒުވާނެއް އައިސް ސަލީމްގެ އަތުގައި ހިފަމުން ބުނެލިއެވެ. ނަމަވެސް ސަލީމް އެކަމާއި ދެކޮޅު ހެދިއެވެ. ސަލީމްމެންނަށް ދިމާވި ކަންތައް އެމީހުންނަށް އަންގާކަށް ސަލީމްވެސް އަދި އަޝްރަފް ވެސް ބޭނުމެއް ނޫނެވެ.
"އެހެން ނުފިލޭނެ. އަދި ފަހުން ހޯދާނީ. މި ޖަންގަލީގައި އަބަދަކު އެމީހަކަށް ނޫޅެވޭނެއެއްނު" ސަލީމް ބޭނުންވީ އެދިމާލަށް އެއްވެސް މީހަކު ދިޔަނުދޭށެވެ.
އެންމެފަހުން ސަލީމްގެ ބަހަށް އެމީހުންވެސް ގެއާއި ދިމާލަށް ދާން ހިނގައިގަތެވެ. ރަށުން ދެން އެކަހަލަ ކަމެއް ނުވާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އަޝްރަފް އާއި ސަލީމްގެ ހިތުގައި އެރޭ ދިމާވި ކަންތައްތަކުގެ ބިރުވެރިކަން އަދިވެސް އޮތެވެ. އެމީހުންނަށް އެނގުނީ އެރަށުގައި އަދިވެސް ސިއްރުތަކެއް ވާކަމެވެ.
"ކެރޭނެތަ ދޮންއާދަނުމެންގެ ގޭގައި އުޅެން" ސަލީމް ސުވާލުކޮއްލިއެވެ.
"ކީއްވެ. އޭނަ ވަރަށް ރަނގަޅު. އެގޭގައި އެއްވެސް ބިރުވެރިކަމެއް ނެތް" އަޝްރަފް ހުރީ އަދިވެސް އެގޭގައި އުޅޭށެވެ.
"އޯކޭ. އެނބުރި ދަންދެން އެގޭގައި އުޅޭ" ސަލީމް ބުނެލީ ހިތްހަމަ ނުޖެހިފައެވެ.
"އަހަރެން ބޭނުމެއް ނޫން ސަލީމް ހިތްހަމަނުޖެހޭ ކަމެއް ކުރާކަށް. އަހަރެންގެ މަގުސަދު އެނގޭދޯ" އަޝްރަފް ސަލީމްގެ ގާތަށް ޖެހިލާފައި ބުނެލިއެވެ.
"ދޮންއާދަނުމެންގެ ގެއަކީ ގޯސް ގެއެއް ނޫން. ކުރިން އަހަރެންވެސް ގޮސް އުޅުނު ގެއެއް އެއީ" ސަލީމް ބުނެލިއެވެ.
"އެހެންވީމާ އެގޭގެ ހުރިހާ ކަމެއް ސަލީމްއަށް އެނގޭނެތާދޯ" އަޝްރަފް ބޭނުންވީ މަޖަލަކަށް ހަދާފައި ނަމަވެސް އެވާހަކަ ސަލީމްގެ ދުލުން ބުނުވާށެވެ.
"އަހަރެން އެގޭގައި އުޅޭ އަންހެން ކުއްޖަކަށް އަހަރެންގެ ރައްޓެއްސެއް ފޮނުވާ އެއްޗެއް ހިފައިގެން ދަން. ނަމަވެސް ފަހުން އެގޭ މީހުން އެ އަންހެން ކުއްޖާ އާއި އަހަރެންގެ ރަހުމަތްތެރި އާއި ގުޅުން ކަނޑާލައި އެދެމީހުން ދުރުކުރުވީ" ސަލީމް އިތުރަށް ތަފްސީލް ކޮއްދެމުން ދިޔައެވެ.
"ދެން ކިހިނެއްވީ. ސަލީމް އެމަންޖެގެ ގާތަށް ޖެއްސީދޯ" އަޝްރަފް ބޭނުންވީ މަޖަލަކަށް ހަދާފައި ނަމަވެސް އެވާހަކަ ކުރިއަށް ގެންދާށެވެ.
"ނޫން. އެކަމަކު އެމީހުންގެ ބައްދަލު ކުރުމުގެ ހުރިހާ ކަމެއް ސިއްރުން ކުރަމުން ދިޔައީ އަހަރެން" ސަލީމް ހޭންފެށިއެވެ.
ކުއްލިއަކަށް، އެގޭގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އެދެމީހުން ސިހި، ބިރުން ފަހަތަށް ޖެހުނެވެ. ކުރިމަތީގައި ހުރީ ދޮންއާދަނެވެ. ދޮންއާދަނު އެމީހުންނާ ދިމާއަށް އަންނަން ފެށިއެވެ.
"ކަލޭމެން ދެމީހުން ނުކުމޭ ތިތަނުން" ދޮންއާދަނު ބާރަށް ހަޅޭއްލަވައިގަތެވެ.
ސަލީމާއި އަޝްރަފް ނުކުތެވެ. އެމީހުންގެ މޫނުން ބިރުވެރިކަން ފެންނަން ހުއްޓެވެ.
"ސަލީމް، ކަލޭ އަދިވެސް އެކަންތައްތައް ކުރަނީތަ؟ އަހަރެމެންގެ ގޭގެ ކަންތައްތަކާ ބެހެނީތަ؟" ދޮންއާދަނު ރުޅިއައިސްގެން އަހާލިއެވެ.
"އެމީހުންގެ ބައްދަލުވުންތައް ރޭވީ ކަލޭދޯ" ދޮންއާދަނު ހުރީ ވަރަށް ރުޅިއައިސްފައެވެ.
"އަހަރެން... އަހަރެން... މާފުކުރޭ..." ސަލީމް ބުނެލިއެވެ. އޭނާގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ.
ދޮންއާދަނު އެދެމީހުންނާ ދިމާއަށް ކުރިއަށް އައެވެ. އޭނާގެ އަތުގައި އެއްޗެއް އޮތްކަން ފާހަގަވިއެވެ. އެއީ ވަޅިއެކެވެ. ސަލީމާއި އަޝްރަފް ބިރުން ފަހަތަށް ޖެހުނެވެ. އެމީހުންނަށް ދުވޭނެ ތަނެއް ނެތެވެ. ދޮންއާދަނު އެމީހުންނާ ދިމާއަށް ވަޅި ހިފައިގެން އައެވެ.
"އަހަރެމެންގެ ސިއްރުތައް ހާމަކުރަން އުޅުނީ ކަލޭމެންދޯ. މިހާރު ކަލޭމެންނަށް ވެސް އެނގޭނެ އޭގެ ނަތީޖާ..." ދޮންއާދަނު ބުންޏެވެ.
ދޮންއާދަނު ހުއްޓި، އެމީހުންނަށް ބަލާލިއެވެ. އޭނާގެ މޫނުމަތިން ރުޅިވެރިކަން މަޑުމަޑުން ކެނޑިގެން ދިޔައެވެ. އެންމެފަހުން ދޮންއާދަނު ރުޅި ކޮންޓްރޯލް ވިއެވެ.
"ރަނގަޅު. މިފަހަރު ތިޔަ ދެމީހުންނަށް މަޢާފު ކުރަން. އެހެނަސް ހަނދާން ބަހައްޓާތި މިފަދަ ކަމެއް އަނެއްކާވެސް ތަކުރާރުވެއްޖެނަމަ، ނަތީޖާ މާގޯސްވާނެ" ދޮންއާދަނު ބުންޏެވެ.
ސަލީމާއި އަޝްރަފް ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ. ދޮންއާދަނު އެމީހުންނަށް މަޢާފު ކުރިއެވެ. އަދި އެގޮތުގައި ތިބުމަށް ނަސޭހަތްތެރިވިއެވެ.
އެހެން ބުނެފައި ދޮންއާދަނު ދާން ހިނގައިގަތެވެ. ދޮންއާދަނު ގޮސް ދޮރުން ނިކުތުމާއި އެކު އެމަންޒަރު ބަލަން ހުރި ސަލީމްގެ އަންހެނުން އައިސް ސަލީމްގެ ގާތަށް ހުއްޓުނެވެ.
"މިހާރު މީހަކަށް ރަނގަޅަކަށްވެސް ކަމެއް ކޮއްދޭކަށް ނުވާނެ" ސަލީމްގެ އަންހެނުން ބުނެލިއެވެ.
"ސަލީމްގެ އަންހެނުންނަށް ހާދަހާ ވިސްނޭ" އަޝްރަފް ހޭންފެށިއެވެ.
"ސަލީމްގެ އަންހެނުންނެއް ނޫން ކިޔަނީ. ނާދިރާ" ސަލީމްވެސް ހޭންފެށިއެވެ.
"މިހެން ކަންތައް ވާނެކަމަށް ކުރިން ނުވެސް އެނގޭވިއްޔާ ދޯ" ނާދިރާ ބުނެލިއެވެ.
"އެންމެފަހުން އެއަންހެންކުއްޖާވެސް ނިޔާވީ. އެފަހުން އެގެ އެހުންނަނީ ފަޅަށް. އެކަމަކު ދޮންއާދަނާއި އަބަދުވެސް ސަލީމް ގުޅުން އޮވޭ" ނާދިރާ އަޝްރަފްއަށް ތަފްސީލް ކޮއްލަދިނެވެ.
ދޮންއާދަނުގެ ހިތުގައި އޮތް ވޭނަކީ އެހެން މީހުންނަށް ނޭނގޭ ވަރުގެ ބޮޑު ވޭނެކެވެ. އޭނާގެ ލޮލުން އޮހޮރުނު ކަރުނަތަކަކީ އޭނާގެ ހިތުގެ އަޑިން އައި ކަރުނަތަކެކެވެ. އޭނާގެ ދަރިފުޅު ގެއްލުމުގެ ހިތާމައިގައި އޭނާ އުޅެމުން ދިޔައީ ދުނިޔެ އަނދިރިވެފައިވާ މީހެއްގެ ގޮތުގައެވެ. ދޮންއާދަނު ގެއަށް ދިޔުމަށްފަހު، އޭނާގެ ދަރިފުޅުގެ ފޮޓޯއަށް ބަލަހައްޓައިގެން އިށީނދެ އިނެވެ.
ދޮންއާދަނު ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ޓަކި ޖެހިއަޑަށެވެ. ދޮންއާދަނު މަޑުމަޑުން ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީގައި ތިބީ ސަލީމާއި އަޝްރަފެވެ.
ދޮންއާދަނުގެ ގެ ހިމޭންކަމުގައި ވަށައިލާފައި އޮތެވެ. ދޮންއާދަނު އެނދުމަތީގައި އޮތެވެ. އޭނާގެ ހިތުގައި ވަނީ ފުން ހިތާމައެކެވެ. އޭނާގެ ލޮބުވެތި ދަރިފުޅު މަރުވިތާ މިހާރު ދެ އަހަރެވެ. އެކަމަކު އަދިވެސް އެ ހިތާމައިން އަރައިނުގަނެވެއެވެ.
ކުއްލިއަކަށް، އޭނާއަށް އަޑެއް އިވުނެވެ. އެއީ އޭނާގެ ދަރިފުޅުގެ އަޑާ އެއްގޮތް އަޑެކެވެ. ދޮންއާދަނުގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނާ ބިރުން ތުރުތުރު އަޅަން ފެށިއެވެ.
"ދަރިފުޅާ، ތިއީ ދަރިފުޅުތަ؟" ދޮންއާދަނު ގޮވާލިއެވެ.
އާނ ބައްޕާ، އަހަރެން މިތާ މިހުރީ ބައްޕަ ބަލަން. ބައްޕަ ދެރަވާތީ އަހަރެން ވަރަށް ދެރަވޭ. އަހަރެން ބޭނުން ބައްޕަ އުފާވެރިވާން" ދަރިފުޅުގެ އަޑު އަނެއްކާވެސް އިވުނެވެ.
އެކަމަކު ކުއްލިއަކަށް، ދޮންއާދަނުގެ ސިކުނޑިއަށް ވަދެގަތީ ބިރުވެރި ޚިޔާލެކެވެ. އޭނާގެ ދަރިފުޅު މަރުވެފައި ވަނިކޮށް، މިއީ ކިހިނެއް ވާ ކަމެއްތޯއެވެ؟ އޭނާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ.
ދޮންއާދަނު ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ޓަކި ޖެހިއަޑަށެވެ. ދޮންއާދަނު މަޑުމަޑުން ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީގައި ތިބީ ސަލީމާއި އަޝްރަފެވެ. އެ ދެމީހުންގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމުގެ ނިޝާންތަކެވެ.
"ދޮންއާދަނު، ހާލު ރަނގަޅުތަ؟ އަހަރެމެންނަށް އަޑުއިވުނު ކަލޭގެ އަޑު. ކަލޭ ވާހަކަދައްކަނީ ކާކާ އެކުތަ؟" ސަލީމު އަހާލިއެވެ.
"ދޮންއާދަނު، އަހަރެމެންނަށް އެނގޭ މިއީ ވަރަށް އުނދަގޫ ވަގުތެއްކަން. އެކަމަކު ހަނދާންކުރަންވީ މިއީ ހަގީގަތެއް ނޫންކަން. ދަރިފުޅު މިހާރު އަހަރެމެންނާއެކު ނެތް" ސަލީމު ވަރަށް މަޑުމައިތިރިކަމާއެކު ބުންޏެވެ.
"އެކަމަކު އަހަރެންނަށް އޭނާގެ އަޑު އިވުނު. އަހަރެންނަށް ޔަގީން އޭނަ މިތާ ހުރިކަން. އަހަރެން ދޮގެއް ނުހަދަން" ދޮންއާދަނުގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.
"ދޮންއާދަނު، އަހަރެމެން ކަލޭގެ ވާހަކަ ޤަބޫލުކުރަން. އެކަމަކު މިއީ ކަލޭގެ ހިތާމައިގެ ސަބަބުން ވާ ކަމެއް ކަމަށް ވެދާނެ. އަހަރެމެން ބޭނުން ކަލެއަށް އެހީތެރިވާން" އަޝްރަފް އޭނާގެ އަތުގައި ހިފަހައްޓާލަމުން ބުންޏެވެ.
"ބައްޕާ، އަހަރެން މިތާ މިހުރީ. އަހަރެން ބޭނުން ބައްޕަ އުފާވެރިވާން. އަހަރެން ބައްޕަ ދޫކޮށްލާކަށް ނެތިން"
ކުއްލިއަކަށް، ގޭތެރޭއިން އެ އަޑު އިވުނެވެ. ތިން މީހުންވެސް ސިއްސައިގެން ދިޔައެވެ. ސަލީމާއި އަޝްރަފްގެ މޫނުމަތިން ކުލަ ބަދަލުވެގެން ދިޔައެވެ. އެ ދެމީހުންނަށްވެސް އެ އަޑު އިވުނެވެ.
ސަލީމާއި އަޝްރަފް އެކަކު އަނެކަކަށް ބަލާލިއެވެ. އެ ދެމީހުންގެ މޫނުމަތީގައި ވަނީ ބިރުވެރިކަމާއި ހައިރާންކަމެވެ. އެ ދެމީހުންނަށް އެނގުނީ މިއީ އާދައިގެ ކަމެއް ނޫންކަމެވެ.
ގަޑިން ގަޑިއަށް ވަގުތު ފާއިތުވަމުން ދިޔައިރު، ގޭތެރެ އިތުރަށް ބިރުވެރިވަމުން ދިޔައެވެ. ކޮންމެ ފަހަރަކު ދަރިފުޅުގެ އަޑު އިވުމުން، ދޮންއާދަނުގެ ހިތް އުފަލުން ފޮޅެއެވެ. ސަލީމާއި އަޝްރަފް ވަނީ ހައިރާންކަމާއި ބިރުވެރިކަމުގެ ތެރޭގައެވެ.
އަހަރެމެން ކޮންމެވެސް ކަމެއް ކުރަން އެބަޖެހޭ" އަޝްރަފް ވަރަށް މަޑުމައިތިރިކޮށް ބުންޏެވެ. "
"ރަނގަޅު ވާހަކައެއް. އެކަމަކު ކީއްކުރާނީ. މިއީ އަހަރެމެންނަށް ކުރެވޭނެ ކަމެއް ނޫން" ސަލީމު ބޯޖަހާލަމުން ބުންޏެވެ.
"ތިޔަ ދެމީހުން އަހަރެންގެ ދަރިފުޅާ މެދު އެއްވެސް ކަމެއް ނުކުރާނެ! އޭނަ މިތާ ހުރީ އަހަރެންނާއެކު ހުންނަން. އަހަރެން އޭނަ ދޫކޮށްލާކަށް ނެތިން" ދޮންއާދަނު އެ ދެމީހުންގެ ވާހަކަ އަޑުއަހަމުން، ކުއްލިއަކަށް ތެދުވެ ހުރެ ބުންޏެވެ.
ކުއްލިއަކަށް، ގޭތެރެ އަނދިރިވެގެން ދިޔައެވެ. ހުރިހާ ބައްތިތަކެއް ނިވިގެން ދިޔައެވެ. ތިން މީހުންވެސް ސިއްސައިގެން ދިޔައެވެ. ދެން އަޑެއް އިވުނެވެ. އެއީ ކުރިން އިވުނު އަޑަށްވުރެ މާ ބާރު އަޑެކެވެ.
ކުއްލިއަކަށް، ގޭތެރޭގައި ވައިރޯޅިއެއް އުފެދުނެވެ. ފޮތްތަކާއި ކަރުދާސްތައް ވަޔާ އެކު ބުރަބުރައިގެން ދިޔައެވެ. ސަލީމާއި އަޝްރަފް ބިރުން ގޮވަމުން ދޮރާ ދިމާއަށް ދުއްވައިގަތެވެ. އެކަމަކު ދޮރު ބަންދުވެ، ނުހުޅުވުނެވެ.
ދޮންއާދަނު ހަމަހިމޭނުން ހުއްޓެވެ. އޭނާގެ ކުރިމަތީގައި، ވައިގެ ތެރެއިން، އޭނާގެ ދަރިފުޅުގެ ސިފަ ފެންނަން ފެށިއެވެ. އެއީ ހަމަ އޭނާގެ ލޮބުވެތި ދަރިފުޅެވެ. އެކަމަކު އެ ސިފައިގައި ވަނީ ނުރައްކާތެރި، ބިރުވެރި ކަމެކެވެ.
= ނުނިމޭ =