Advertisement
header ad
XeeTimesXeeTimes
އުރީދޫގެ 'ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތު'ގެ 2 ނަސީބުވެރިން ހޮވައިފި، އިތުރު އަގުހުރި އިނާމުތަކެއް! ވިޔަފާރި

އުރީދޫގެ 'ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތު'ގެ 2 ނަސީބުވެރިން ހޮވައިފި، އިތުރު އަގުހުރި އިނާމުތަކެއް!

ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސް އިން ދަނީ 'ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތު'ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންދަމުންނެވެ. މިއީ ކޮންމެ ހަފްތާއަކު އަގުހުރި އިނާމުތަކެއް ލިބޭގޮތަށް ކުރިއަށްގެންދާ ޚާއްސަ ލަކީޑްރޯއެކެވެ. މި ލަކީޑްރޯގެ ފުރަތަމަ 2 ނަސީބުވެރިން ހޮވާފައިވާއިރު ކުރިއަށްވެސް ގިނަ އިނާމުތަކެއް ލިބޭގޮތަށް ވަނީ ކަނޑައަޅައިފައެވެ.

"މި ލަކީޑްރޯގައި ބައިވެރިވެވޭނީ ރެހެންދި ދަނޑުގައި ހުރި އުރީދޫ ޓެންޓުން އުރީދޫގެ ޚިދުމަތެއް އެކްޓިވޭޓްކޮށްގެން. ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ނުވަތަ ސުޕަނެޓް ކަނެކްޝަން އެކްޓިވޭޓްކޮށް އަދި އެއާފައިބާ ޕެކޭޖެއް ގަނެގެންވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި".

ގޯލްޑަން ފުޓްސަލް ރަނުގެ ފުރުސަތު ލަކީޑްރޯގައި ކޮންމެ ހަފްތާއަކުވެސް ތަފާތު އިނާމުތަކެއް ލިބޭއިރު އޭގެތެރޭގައި ހިމެނެނީ:

Article - in content
Advertisement
  • ސްމާޓް ޓީވީއެއް
  • ރެފްރިޖަރޭޓަރެއް
  • ސޯފާސެޓެއް
  • މައިކްރޯވޭވް އަވަނެއް
  • ސްރީލަންކާއަށް 2 މީހަކަށް ދެކޮޅުޓިކެޓް

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗްތައް މި ފެބްރުއަރީމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު ރެހެންދި ދަނޑުގައި ބަހައްޓައިފައިވާ އުރީދޫ ޓެންޓުން ޚިދުމަތް ލިބެމުންދާނެއެވެ. ޚިދުމަތް ހޯދައިގެން ނަސީބު ވަޒަން ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —