Advertisement
header ad
XeeTimesXeeTimes
ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ރޯދަސޭލް ބޮޑެތި ޑިސްކައުންޓްތަކާއެކު! ވިޔަފާރި

ރޯދަމަހަށް ހާއްސަކޮށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ރޯދަސޭލް ބޮޑެތި ޑިސްކައުންޓްތަކާއެކު!

ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ކޮންމެ އަހަރަކުވެސް ބައްވާ "ރޯދަ ސޭލް" ޕްރޮމޯޝަން މިއަހަރުވެސް ބޮޑެތި ޑިސްކައުންޓްތަކާއިއެކު ވަނީ ފަށިފައެވެ. ރޯދަ ސޭލް ޕްރޮމޯޝަން ކުރިއަށްދާނީ 2 ފެބްރުއަރީ 2025 ން ފެށިގެން 31 މާރިޗު 2025 ގެ ނިޔަލަށެވެ. މިއަހަރުގެ ރޯދަ ސޭލް ފައްޓަވައި ދެއްވީ ޑިރެކްޓަރ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް އަލްފާޟިލް މުހައްމަދު އީމާން އަދި ވެލިގާ ހާޑްވެއަރ ގެ ޑިރެކްޓަރ އަލްފާޟިލް ޒައިދު މުހައްމަދު އެވެ.

  • މިޕްރޯމަޝަންގައި ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއްލިބޭނެ
  • މި ޕްރޮމޯޝަންގައި ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ހާއްސަ ޑިސްކައުންޓް ކަސްޓަމަރުންނަށް ލިބޭނެ
  • މިގޮތުން ނިޕޯން ޕެއިންޓްއިން %20 އަދި މަކިޓާގެ ޕްރޮޑަކްޓްތަކުން %50 ޑިސްކައުންޓް ލިބިގެންދާނެ
  • މި ޕްރޮމޯޝަންގެ މިއަހަރުގެ އެންމެ ހާއްސަ ކަމަކީ އެސްޓީއޯއާއިއެކު ވެލިގާ ފަދަ ޕާޓްނަރެއް ނިޕޯން ޕެއިންޓްގައި ބައިވެރިވުން
  • މިއަހަރު ބޮޑު އިނާމުގެ ގޮތުގައި، ބައިލައްކަ ރުފިޔާގެ އަގުހުރި މުދާ ކޮންމެވެސް އެއް ނަސީބުވެރިއަކަށް ލިބިގެން ދާނެ

މިސޭލް ކުރިއަށްދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓްތަކުގެ އިތުރުން ވެލިގާ ހާޑްވެއަރގެ އައުޓްލެޓް ތަކުގައެވެ. އަދި އެސްޓީއޯގެ ރީޖަލަން އައުޓްލެޓްތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އެކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.

Article - in content
Advertisement
Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —