February 23, 2025 02:44
Advertisement

-Advertisement-

ވާހަކަ: އޭނާ (ހަވަނަބައި)

ދޮންއާދަނު ހަމަހިމޭނުން ހުއްޓެވެ. އޭނާގެ ކުރިމަތީގައި، ވައިގެ ތެރެއިން، އޭނާގެ ދަރިފުޅުގެ ސިފަ ފެންނަން ފެށިއެވެ. އެއީ ހަމަ އޭނާގެ ލޮބުވެތި ދަރިފުޅެވެ. އެކަމަކު އެ ސިފައިގައި ވަނީ ނުރައްކާތެރި، ބިރުވެރި ކަމެކެވެ.

އަޝްރަފް އާއި ސަލީމް ދޮންއާދަނުގެ ގާތުގައި މަޑުކޮއްލައިގެން ތިއްބެވެ. ކުރިމަތީގައި ހިނގަމުން ދިޔަ ކަންތަކުން އެމީހުން ތިބީ ވަރަށް ބިރުންނެވެ.

އެ ސިފައިގެ ލޮލުގައި ވަނީ ރަތް އަލިގަދަ ވިދުވަރެކެވެ. އަދި އޭގެ އަތްތައް ވަނީ ދިގު، ތޫނު ނިޔަފަތިތަކަކަށް ބަދަލުވެފައެވެ. ދޮންއާދަނުގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އެހެނަސް އޭނާއަށް އެނގުނެވެ މިއީ އޭނާގެ ދަރިފުޅު ކަމެވެ.

Advertisement

ކުއްލިއަކަށް އެ ސިފަ އޭނާއާ ދިމާއަށް ދުވެފައި އައެވެ. ދޮންއާދަނު ފަހަތަށް ޖެހިލިއެވެ. އެކަމަކު އޭނާގެ ފައިތައް ބިންމަތީގައި ހަރުލާފައި ހުރި ފަދައެވެ. އޭނާއަށް އެއްވެސް ދިމާލަކަށް ދެވޭ ގޮތެއް ނުވިއެވެ. އެ ސިފަ އައިސް އޭނާގެ ކުރިމަތީގައި ހުއްޓުނެވެ.

"ބައްޕާ..." އެ ސިފައިން އަޑެއް އިވުނެވެ. އެއީ ހަމަ އޭނާގެ ދަރިފުޅުގެ އަޑެވެ. "ބައްޕާ... އަހަރެން މި ތަނުން ސަލާމަތް ކޮއްދީ" އެހެން ބުނިތަނާހެން އެ ސޫރަ ގެއްލުނެވެ. ދޮން އާދަނު ވަށައިގެން ހޯދައިލިއެވެ.

އޭނާގެ ހިތުގައި އަބަދުވެސް އުފެދޭ ސުވާލަކީ، އޭނާގެ ދަރިފުޅު އެ ބިރުވެރި ސިފައަށް ބަދަލުވީ ކީއްވެގެން ބާވައެވެ. އަދި އެ ކުއްޖާ އެ އުޅެނީ ކޮން ތަނެއްގައި ބާވައެވެ.
ދޮންއާދަނުގެ ހަނދާނަށް އައީ އެ ހިތާމަވެރި ދުވަހެވެ. އޭނާގެ ދަރިފުޅު ގެއްލުނީ ފަޅު ރަށަކުންނެވެ. އެ ދުވަހު އެމީހުން ދިޔައީ އާއިލާއާއެކު ޕިކްނިކަށެވެ. ކުއްލިއަކަށް އޭނާގެ ދަރިފުޅު ގެއްލުނެވެ. ގެއްލުނު ފަހުން މުޅި ރަށް ބަލައިފިއެވެ. ނަމަވެސް އެއްވެސް ހިލަމެއް ނެތެވެ.
ބައެއް މީހުން ބުނާ ގޮތުން ދޮންއާދަނުގެ ދަރިފުޅު މޫދަށް އެރި އުޅެނިކޮށް އޮޔާ ދިޔައީއެވެ. ނަމަވެސް އަދިވެސް ހަގީގަތެއް ނުހޯދެއެވެ. މިހާރު ދޮންއާދަނު އުޅެނީވެސް އެކަނިމާ އެކަންޏެވެ. އެގެއަށް ވަދެލާނެ މީހަކަށްވެސް ހުރީ ސަލީމެވެ.
ކުއްލިއަކަށް ދޮންއާދަނަށް އަޑެއް އިވުނެވެ. އޭނާގެ ގޭގެ ބޭރުން އަންނަ އަޑެކެވެ. އޭނާ ބިރުން ތެދުވެ ކުޑަދޮރުން ބޭރަށް ބަލާލިއެވެ. އޭނާގެ ލޮލަށް ފެނުނީ ބިރުވެރި މަންޒަރެކެވެ. އެއީ އޭނާގެ ދަރިފުޅެވެ. ނަމަވެސް އެ ކުއްޖާގެ ސިފަ ވަނީ ބަދަލުވެފައެވެ. އޭނާގެ ލޮލުގައި ރަތް ކަމެއް ފެންނަމުން ދިޔައެވެ. އަދި އޭނާގެ ހަށިގަނޑުގައި ވަނީ އަޖައިބު ކުލަތަކެއް ޖެހިފައެވެ.
ދޮންއާދަނުގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އޭނާގެ ދަރިފުޅު މިހާރު ވަނީ އިންސާނަކަށްވުރެ ބޮޑަށް ޖިންނިއެއްގެ ސިފައިގައެވެ. ދޮންއާދަނު ބިރުން ފަހަތަށް ޖެހުނެވެ. އޭނާގެ ދަރިފުޅު ލަސްލަހުން ކުރިއަށް އަންނަމުން ދިޔައެވެ.
ދޮންއާދަނުގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ނަމަވެސް، އެ ބިރުވެރިކަމަށްވުރެ ބޮޑަށް އޭނާގެ ހިތުގައި އުފެދުނީ ކަންބޮޑުވުމެވެ. އޭނާގެ ދަރިފުޅަށް މިފަދަ ސިފައެއް ޖެހުނީ ކީއްވެގެންބާއެވެ؟ އަދި އޭނާގެ ދަރިފުޅު މިހާރު އުޅެނީ ކޮންތާކުބާއެވެ. އިރުކޮޅެއް ނުވަނީސް އެ ސޫރަ ދޮންއާދަނުގެ ކުރިމަތިން ގެއްލުނެވެ. ދޮންއާދަނު ބޭރަށް ނިކުމެ ބަލައިލިއެވެ. ވަށައިގެން ހޯދައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދޮންއާދަނަށް ލިބުނު ހިތާމަ އާއި އެކު ގޮސް އެނދުގައި އޮށޯތެވެ. ގޭތެރެއިން އަޝްރަފްގެ ޚަބަރެއް އަދި ހިލަމެއްވެސް ނެތެވެ. ނަމަވެސް ދޮންއާދަނު އަޝްރަފްއަށް ގޮވާކަށް ބޭނުން ނުވީ އޭނާއަށް އުނދަގޫ ނުކުރާށެވެ.
އެ ރޭ، ދޮންއާދަނު ނިދަން އޮށޯތެވެ. އޭނާގެ ހިތުގައި އަދިވެސް ބިރުވެރިކަން އޮތެވެ. ނަމަވެސް އޭނާ ނިންމީ މިކަން އިތުރަށް ބަލާ ހޯދުމަށެވެ. އޭނާ ލޯ މަރާލި ވަގުތު، ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ދޮންއާދަނު ތެދުވެ އިށީނދެ، ދޮރާ ދިމާއަށް ބަލައިލިއެވެ. އަނެއްކާވެސް އެ ބިރުވެރި ސިފަ ހުއްޓެވެ.

ދޮންއާދަނުގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެ ސިފައިގެ ދެ ލޮލުން ދޮންއާދަނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.
"ކާ... ކާކުތަ ތިއީ؟" ދޮންއާދަނު އަޑު ތުރުތުރުއަޅަމުން އަހާލިއެވެ. ނަމަވެސް އެ ސިފައިން އެއްވެސް ޖަވާބެއް ނުދެއެވެ. ހަމައެކަނި އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އިރުކޮޅެއް ނުވަނީސް އަނެއްކާވެސް އެސިފަ ގެއްލުނެވެ. ދޮންއާދަނަށް އަނެއްކާވެސް ހޭލެވުނީ ގަޑިން އަށެއް ޖެހިފަހުންނެވެ. އަވަހަށް ތެދުވެ އަޝްރަފްގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. މަޑުމަޑުން ކޮޓަރީގެ ތަޅުގައި ހިފައިލިއެވެ. ކޮޓަރި ހުރީ ހުޅުވާފައެވެ. ދޮންއާދަނު މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. ކޮޓަރީގައި އަޝްރަފެއް ނެތެވެ. ކޮޓަރީގައި އަޝްރަފް ނެތުމުން ގޯތިތެރޭގައި އުޅޭތޯ ބަލާލަން ގޯތިތެރެއަށް ނިކުތެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ

ދޮންއާދަނުގެ ހިތުގައި ކުއްލިއަކަށް ބިރުވެރިކަން އުފެދުނެވެ. އަޝްރަފް ކޮބައިބާއޭ ހިތަށްއަރައި، އޭނާ އަވަސް އަވަހަށް ގޭތެރެ ހޯދަން ފެށިއެވެ. ބަދިގެއަށް ވަދެ ބަލައިލިއެވެ. ސިޓިންގ ރޫމަށް ވަދެ ބަލައިލިއެވެ. ނަމަވެސް އަޝްރަފްގެ އަސަރެއް ނުފެނުނެވެ.

"އަޝްރަފް! އަޝްރަފް!" ދޮންއާދަނު ގޮވަން ފެށިއެވެ. އެކަމަކު އެއްވެސް ޖަވާބެއް ނާދެއެވެ.

ކުއްލިއަކަށް ދޮންއާދަނަށް ހަނދާންވީ ރޭގައި ދެކުނު އެ ބިރުވެރި ސިފައެވެ. އެ ސިފައާއި އަޝްރަފް ގެއްލުމާ ގުޅުމެއް އޮތްބާއޭ ހިތަށްއެރިއެވެ. އޭނާގެ ހިތުގައި އިތުރަށް ބިރުވެރިކަން އުފެދުނެވެ.

އަޝްރަފް ދިޔައީ ސަލީމްގެ ގެއަށެވެ. ހެނދުނު ސައި ބޯށެވެ. އަބަދުވެސް އަޝްރަފް ގެއަށް ދާއިރު ސައި ހުންނާނީ ތައްޔާރުކޮއްފައެވެ. އިރުކޮޅަކަށްވެސް މަޑުކުރާކަށް ނުޖެހޭނެއެވެ. އެގޮތަށް މިއަދުވެސް އަޝްރަފް ދިޔައިރު އޭނަގެ އިންތިޒާރުގައި ސަލީމްގެ ދެމަފިރިން ތިއްބެވެ.

"އައްސަލާމް ޢަލައިކުމް" އަޝްރަފް ސަލާމް ގޮވާލިއެވެ.

"ވަޢަލައިކުމުއް ސަލާމް" ސަލީމާއި އޭނާގެ އަނބިމީހާ އެކުގައި ޖަވާބުދިނެވެ.

"އަޝްރަފް، އައިސް އިށީނދޭ. ސައި ތައްޔާރަށް އެބަހުރި" ސަލީމް ބުންޏެވެ.

އަޝްރަފް ގޮނޑިއެއްގައި އިށީނދެ، ސައިތަށްޓެއް ނެގިއެވެ. ސަލީމްގެ އަނބިމީހާ ހެދިކާ ތަށްޓެއް އޭނާގެ ކުރިމަތީގައި ބެހެއްޓިއެވެ.

"ދެން ކިހިނެއް އަޝްރަފް؟ ރޭގަ ރަނގަޅަށް ނިދުނުތަ؟" ސަލީމް އަހާލިއެވެ.

"އާނ، ރަނގަޅަށް. އެކަމަކު..." އަޝްރަފް މަޑުކޮށްލިއެވެ.

"ކީކޭ؟ ކަމެއް ދިމާވީތަ؟" ސަލީމްގެ އަނބިމީހާ ކަންބޮޑުވެފައި އަހާލިއެވެ.

ސަލީމާއި އޭނާގެ އަނބިމީހާ އެކަކު އަނެކަކަށް ބަލާލިއެވެ.

ކުއްލިއަކަށް ބޭރުން އަޑެއް އިވުނެވެ. ދޮރުގައި މީހަކު ޓަކިޖަހާ އަޑެވެ. ސަލީމް ތެދުވެ ދޮރު ހުޅުވައިލިއެވެ. އެއީ ދޮންއާދަނެވެ. އޭނާ ހުރީ ވަރަށް ކަންބޮޑުވެފައި، ނޭވާ ހާސްވެފައެވެ.

"އަޝްރަފް މިތާ އެބަހުރިތަ؟" ދޮންއާދަނު އަވަސް އަވަހަށް އަހާލިއެވެ.

"އާނ، އެތެރޭގައި އިނދެގެން ސައިބޮނީ. ކިހިނެއްވީ؟ ކަމެއް ދިމާވީތަ؟" ސަލީމް ކަންބޮޑުވެފައި އަހާލިއެވެ.

ދޮންއާދަނު އެތެރެއަށް ވަދެ، އަޝްރަފް ފެނުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ.

"ކީއްވެ؟ ކަމެއް ދިމާވީތަ؟" އަޝްރަފް ހައިރާންވެފައި ބަލާލިއެވެ.

ދޮންއާދަނު އޭނާއަށް ދިމާވި ކަންތައްތައް ކިޔައިދިނެވެ. އަޝްރަފް އަޑުއަހަން ހުރީ ބިރުގަނެފައެވެ.

އެވާހަކަ އިތުރަށް ދައްކާކަށް ދޮންއާދަނު މަޑެއް ނުކުރިއެވެ. ދޮންއާދަނު ދިޔައީ އޭނަގެ ގެއަށެވެ. ސަލީމް އާއި އަޝްރަފް ވާހަކަ ދައްކަން ފެށިއެވެ. ދޮންއާދަނުގެ ގެއިން އެފެންނަ ރޫހުތަކުގެ ވާހަކައެވެ. އަދި އެކަމުގެ ހަގީގަތް ހޯދަން ބޭނުންވާ ވާހަކައެވެ. އެމީހުންގެ ސުވާލަކީ ދޮންއާދަނު އެކަނި އެގޭގައި އެ އުޅެނީ ކީއްވެހެއްޔެވެ. އަދި އެގޭގައި އެހެން ބަޔަކަށް ނޫޅެވެނީ ކީއްވެބާއެވެ.

= ނުނިމޭ =

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް