އިންޑިއާގެ ކޮޗިންއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ދާ ތަނެކެވެ. ކޮޗިންގައި ހުންނަ "ގްރަމްޔާ އަޔުރްވެޑާ" ހޮސްޕިޓަލަކީ ހަކީމީ ބޭސްވެރިކަމުގެ ފަރުވާދޭ ޚާއްސަ އަދި މަޝްހޫރު ތަނެކެވެ. ތަދުތަކަށް ހައްލު ހޯދުމަށް އޮޕަރޭޝަންއަކަށް ދިއުމުގެ ކުރިން ހަކީމީ ބޭސްވެރިކަމުން ފަރުވާ ހޯދާ މީހުން ގިނައެވެ.

ގްރަމްޔާ އަޔުރްވެޑާ ހޮސްޕިޓަލުން މިވަނީ އެތަނުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދޭނެ ގޮތަށް ޚިދުމަތް ފުޅާކޮށްފައެވެ. ގްރަމްޔާ އަޔުރްވެޑާގެ އާ ހޮސްޕިޓަލަކީ ޒަމާނީ ވަސީލަތްތަކުން ހަކީމީ ބޭހުގެ ފަރުވާ އެންމެ ފުރިހަމައަށް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.

" ބަލިމީހުންނަށް ލިބޭނެ ފައިދާއަކީ، ވަރަށް ހުނަރުވެރި ތަޖުރިބާކާރުންގެ ފަރާތުން ފަރުވާ ހޯދޭނެ މަގުވަނީ ފަހިވެފައި. ބަލިމީހާ ބޭނުންވާފަދަ ގޮތަކަށް މަޝްވަރާކޮށްގެން ފަރުވާ ކުރިއަށްގެންދެވޭނެ. ކޮންމެ ބަލިމީހެއްގެ ހާލަތު ވަކިން ދެނެގަނެ އެމީހަކަށް އެންމެ އެކަށީގެންވާ ފަރުވާ ޔަގީންކަމާއެކު ފޯރުކޮށްދޭނެ". ގްރަމްޔާ އަޔުރްވެޑާއިން މައުލޫމާތު ދިނެވެ.
ގްރަމްޔާ އަޔުރްވެޑާ ހޮސްޕިޓަލުން ލިބޭ ފަރުވާތައް:
- ބުރަކަށީގައި ރިއްސުން (އޮޕަރޭޝަން އާއި ނުލައި ދޭ ފަރުވާތައް)
- ކަނދުރާގައި ރިއްސުން
- ސްޓްރޯކަށްފަހު ހަށިގަނޑަށް އަންނަ ބަދަލުތަކަށް ދޭ ފަރުވާތައް
- އާތުރައިޓިސް
- ކަކުލުގައި ރިއްސުން (އޮޕަރޭޝަން އާއި ނުލައި ދޭ ފަރުވާތައް)
- ދިގުދެމިގެންދާ ގޮތަށް ހަށިގަނޑުގައި ހުންނަ ތަދުތައް
- ހަމުގެ ބަލިތައް (އެކްޒީމާ، ހަންގަނޑު ހިކުންފަދަ ބަލިތައް)
- ޕައިލްސް
- ހަޖަމުކުރުމުގެ އުނދަގޫތައް
- މައިގްރެއިން ނުވަތަ ދިގު މުއްދަތަށް ބޮލުގައިރިހުން
- ހަކުރުބަލި
- ލޭގެޕްރެޝަރުގެ މައްސަލަތައް
- ހުޅުތަކާއި މަސްތަކަށް ދިމާވާ އުނދަގޫތައް
- ނާރުގެ މައްސަލަތައް
ވެލްނެސް ޓްރީޓްމަންޓްތަކުގެ ތެރޭގައި ހިމެނެނީ:
- ޕަންޗަކަރްމާ ޓްރީޓްމެންޓް
- ރިޖުވެނޭޝަން ތެރަޕީ
- ސްޓްރެސް މެނޭޖްމަންޓް އަދި ރިލެކްސޭޝަން ތެރަޕީ
- ހަންގަނޑުގެ ރީތިކަމަށް ފަރުވާދިނުން
- އިމިއުނިޓީ ބޫސްޓިން ތެރަޕީ
- ބަރުދަންލުއިކުރުމަށް ޚާއްސަ ފަރުވާ
- އަޔުރްވެޑިކް ޑައިޓް ކޮންސަލްޓޭޝަން
- ހަމަނިދި ހޯދުމަށް ދޭ ފަރުވާ
- އެންޓި އޭޖިންގ ޓްރީޓްމެންޓް
- ޕޯސްޓްނެޓަލް އަދި ޕްރިނެޓަލް ކެއާ

ގްރަމްޔާ އަޔުރްވެޑާގެ އާ ހޮސްޕިޓަލުގެ އެންމެ ފާހަގަކުރެވޭ އެއް ކަމަކީ ބަލިމީހުންނަށް ތިބެވޭ ގޮތަށް ހަދާފައިވާ އެކޮމޮޑޭޝަން ބްލޮކްތަކެވެ.
" ފަރުވާ ހޯދާ މީހުންނަށް ފަސޭހައިން ތިބެވޭނެ ގޮތަށް އޭސީ އާއި ބަދިގެވެސް ހިމެނޭ ގޮތަށް ފަރުނީޗަރާއި ޒަމާނީ ވަސީލަތްތަކާއެކު އެޕާޓްމަންޓްތައް ހުންނާނެ. ދިގުމުއްދަތަށް ފަރުވާ ހޯދާ މީހުންނަށް އެހީތެރިންނާއެކު މިތަނުގައި ތިބެވޭނެ. ބޭނުމަކީ ފަސޭހައިން ޚިދުމަތް ހޯދާ އެކަށީގެންވާ މާހައުލެއްގައި އިތުބާރާއެކު ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުން. ފަރުވާދޭއިރު ހުރިހާގޮތަކުން ބަލިމީހާގެ ހިތްހަމަޖެހުން މުހިންމު". ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.
ގްރަމްޔާ އަޔުރްވެޑާގެ އާ ހޮސްޕިޓަލު ފަރުމާކޮށްފައި މިވަނީ ބަލިމީހުންނަށް ބޭނުންވާ ޝިފާގެ ދަތުރު އެންމެ ފުރިހަމައަށް ފުރިހަމަކޮށްދެވޭނެ އިންތިޒާމްތަކާއެކުގައި ކަމަށް އެތަނުގައި ޚިދުމަތް ދެއްވާ ޑރ. މުހައްމަދު ހަސަން ވެސް ވަނީ ވިދާޅުވެފައެވެ.
ހޮސްޕިޓަލުގެ މާހައުލަކީވެސް ބަލިމީހުންނަށް ހިތްހަމަޖެހޭގޮތަށް ހަކީމީބޭސްވެރިކަމުގެ އުސޫލުތަކާއި އެއްގޮތަށް ގާއިމްކޮށްފައިވާ ތަނެކެވެ.
ގިނައަދަދެއްގެ ދިވެހިން ބޭސްފަރުވާއަށްދާ އިންޑިއާގެ ކޮޗިންގައި ހުންނަ ގްރަމްޔާ އަޔުރްވެޑާ އިން ފޯރުކޮށްދޭ ފަރުވާތަކާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ނުވަތަ އެޕޮއިންޓްމެންޓް ހެދުމަށް މި ކުލިނިކުގެ ވެބްސައިޓް www.gramyaayurveda.com އަދި ވަޓްސްއަޕް މެދުވެރިކޮށް 00919188301000 މި ނަންބަރަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން މައުލޫމާތު ސާފުކުރެވިދާނެއެވެ.