February 22, 2025 20:36
Advertisement

-Advertisement-

240000 ރުފިޔާގެ އިނާމާއެކު އުރީދޫ ނޭޝަންގެ އަލްޓިމޭޓް ގޭމިންގ ފެސްޓިވަލް ބާއްވަނީ

އުރީދޫ ނޭޝަންގެ އެންމެ ބޮޑު ގޭމިން އިވެންޓް ކަމަށްވާ އަލްޓިމޭޓް ގޭމިން ފެސްޓިވަލް މި ފެބްރުއަރީ މަހުގެ 21 އަދި 22 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާލޭ އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލަކީ 2024 ވަނަ އަހަރުގެ ތެރޭގައި ބޭއްވުނު އުރީދޫ ނޭޝަންގެ ހުރިހާ މުބާރާތެއްގެ ނިމުމެވެ.
240،000 ރުފިޔާގެ ޕްރައިޒް ޕޫލް ހިމެނޭ މި ފެސްޓިވަލްގައި ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ ގެ އިތުރުން ކޮސްޕްލޭ މުބާރާތަކާއި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ތާޖު ލިބޭ ކުޅުންތެރިޔާ ހޮވިގެންދާނެއެވެ.

ފައިސާގެ އިނާމު ބެހިފައިވާގޮތް:

ޕަބްޖީ މޮބައިލް 
• ޗެމްޕިއަން – 50،000 ރުފިޔާ
2 ވަނަ - 20،000 ރުފިޔާ
3 ވަނަ - 15،000 ރުފިޔާ
4 ވަނަ - 10،000 ރުފިޔާ
• އެމްވީޕީ - 5،000 ރުފިޔާ

Advertisement

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)
• ޗެމްޕިއަން – 20،000 ރުފިޔާ
2 ވަނަ - 15،000 ރުފިޔާ
3 ވަނަ - 10،000 ރުފިޔާ

އެމްވީޕީ - 5،000 ރުފިޔާ

އީ.އޭ.އެފް.ސީ
• ޗެމްޕިއަން – 20،000 ރުފިޔާ
2 ވަނަ - 15،000 ރުފިޔާ
3 ވަނަ - 10،000 ރުފިޔާ
• އެމްވީޕީ - 5،000 ރުފިޔާ

ކޮސްޕްލޭ މުބާރާތް
1 ވަނަ - 5000 ރުފިޔާ
2 ވަނަ - 3000 ރުފިޔާ
3 ވަނަ - 2000 ރުފިޔާ

އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާރ
• 30،000 ރ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ގޭމިން ކޮމިއުނިޓީ ފާހަގަކޮށް ބާރުވެރިކުރުމުގެ ގޮތުން އުރީދޫއިން ކުރަމުން އަންނަ މަސައްކަތެކެވެ. އަދި އަލްޓިމޭޓް ގޭމިން ފެސްޓިވަލަކީ އަހަރު ތެރޭގައި ބޭއްވޭ އެކި އެކި މުބާރާތްތަކުން ކޮލިފައިވާ ގޭމަރުންގެ ހުނަރު ބޮޑު ސްޓޭޖެއްގައި ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އިވެންޓްކެވެ. މުބާރާތްތަކުގެ އިތުރުން މި ފެސްޓިވަލްގައި ހިތްގައިމު ހަރަކާތްތަކާއި ގޭމިން ޝޯކޭސްތަކާއި ކުޅުންތެރިންނާއި ބެލުންތެރިންނަށް ވެސް ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެ އެވެ.

އަލްޓިމޭޓް ގޭމިން ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނޭޝަނުން ގޭމިންއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ވަނީ ދައުވަތު ދީފައެވެ. އުރީދޫ ނޭޝަންގެ ރަސްމީ ޗެނަލްތައް ފޮލޯކޮށްގެން އިތުރު ތަފްސީލާއި އަޕްޑޭޓް ލިބިގެންދާނެއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް