އެހެނިހެން ރޯދަމަހެކޭ އެއްގޮތަށް މި ރޯދަމަހުވެސް އުރީދޫގެ ކަސްޓަމަރުންނަށް ޚާއްސަ ހަދިޔާތަކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން ގިނަ އިނާމުތަކާއި އޮފާތަކާއެކު ގާތް ނުވަތަ ދުރުގައިވިޔަސް ތިމާގެ މީހުންނާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް އެންމެން އެކީގައި އުރީދޫގެ ކަރާ ފަޅައި އިނާމު ހޯދިދާނެއެވެ.
ރޯދައިގޭ ނޫރު - ރަމަޟާން މަހުގެ ދަތުރެއް
އުރީދޫގެ މިއަހަރު ރޯދަ ކެމްޕެއިނުން ގެނެސްދެނީ ކުޑަކުއްޖެއް ކަމަށްވާ ނޫރުގެ ފަރާތުން އޭނާގެ ފުރަތަމަ ރޯދަމަހުގެ ސިފަކުރުންތަކެކެވެ.
ނޫރަށް އޭނާގެ ބައްޕަގެ ފަރާތުން ހާއްސަ ފޮތެއް ލިބުމާއެކު، ރަމަޟާން މަހުގެ ރިވެތި ސިފަތައް ކަމުގައިވާ ކެތްތެރިކަމާއި، ނަމާދާއި ދީލަތިކަން ޒަމާނީ އިސްލާމީ ވާހަކަތަކުން ރޯދަމަހުގެ ދަތުރެއް ފަށައެވެ. ނޫރުގެ ތަޖުރިބާ މެދުވެރިކޮށް
ރަމަޟާން މަހުގެ އަސްލަކީ، އެމަހަށްވުރެ ވެސް ބޮޑަށް ފެތުރިފައިވާ އެއްޗެއްކަން ހަނދާންކޮށްދީ، އޯގާތެރިކަމާއި، ވިސްނުމާއި، އެއްބައިވަންތަކަމުން ފުރިގެންވާ ދިރިއުޅުމެއް އުޅުމަށް މަގުދައްކައިދެއެވެ.
އުރީދޫ ކަރާ ފެޅުން
ކުރީ 2 އަހަރު އުރީދޫގެ ފަރާތުން ގެނެސްދެވުނު ހަދިޔާފޮށީގެ ކާމިޔާބާއެކު މިއަހަރު އުރީދޫގެ ސުޕަރ އެޕް މެދުވެރިކޮށް ގެނެސްދެނީ އުރީދޫ "ކަރާ ފެޅުން" އެވެ. ކޮންމެ ދުވަހަކު ވެސް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތަކަށް އެޕުން ފެނިގެންދާ ކަރާ ފަޅާލުމަށް އެޕްގައި އެކްޓިވް އެންމެނަށް 'ޓެޕް' ކުރެވޭނެއެވެ. ކޮންމެ ދުވަހަކު ހިލޭ ޑޭޓާ އެޑް އޮންސް، އެއާފްރަޔަރ، ވެކިއުމް ކްލީނަރ، ނިންޓެންޑޯ ސްވިޗް، އެޕަލް ވޮޗް ފަދަ ހަދިޔާތަކާއެކު މިއަހަރު ކަރާ ފެޅުން އުފާވެރި މަޖާ ތަޖުރިބާއަކަށް ވެގެން ދާނެކަމަށް އުރީދޫއިން ޔަގީން ކުރެއެވެ.
" ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް އަގުހުރި 10 އެޕަލް ޕްރޮޑަކްޓްސްގެ ބިޔަ ބަންޑަލް އެއް. އޭގެ ތެރޭގައި ހިމެނެނީ: އެޕަލް އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، އެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް، އެޕަލް ޕެންސިލް، އެއަރޕޮޑްސް މެކްސް، 65 އިންޗީގެ ޓީވީ" އުރީދޫ އިން މައުލޫމާތު ދިނެވެ.