Advertisement
header ad
XeeTimesXeeTimes
ރޯދަމަހުގެ ކަރަންޓް ބިލުން މަދުވެގެން 10 އިންސައްތަ ޑިސްކައުންޓް ނުލިބޭ އެއްވެސް ގެއެއް ނުހުންނާނެ- ސްޓެލްކޯ ވިޔަފާރި

ރޯދަމަހުގެ ކަރަންޓް ބިލުން މަދުވެގެން 10 އިންސައްތަ ޑިސްކައުންޓް ނުލިބޭ އެއްވެސް ގެއެއް ނުހުންނާނެ- ސްޓެލްކޯ

ރޯދަމަހަކީ އާންމުކޮށް ގޭބީސީތަކުގެ ކަރަންޓްބިލާއި ފެންބިލް އިންތިހާއަށް ބޮޑުވާ މަހެކެވެ. އެހެނިހެން މަސްމަހާއި އަޅާބަލާއިރު ގިނައަދަދަކަށް ރޯދަމަހު ކަރަންޓް ބޭނުންކުރެވޭއިރު މިއަހަރުގެ ރޯދަމަހުންވެސް ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ނިންމަވާ އެކަން އިއުލާން ކުރައްވާފައެވެ.

ސްޓެލްކޯއިން މައުލޫމާތުދޭގޮތުގައި ބިލުތަކުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ކަރަންޓް އެންމެ ގިނައިން ބޭނުންކޮށްފައިވާ ފެބްރުއަރީ، މާރޗް އަދި އޭޕްރީލްމަސް އުނިކުރުމަށްފަހު ބާކީ އޮންނަ 9 މަސްދުވަހުގެ ކަރަންޓްބިލްގެ އެވްރެޖަކީ އާންމު މަސްތަކުގައި ކަރަންޓް ބޭނުންކުރާ މިންވަރުކަމަށް ބަލައި އެމިންވަރަށްވުރެ އިތުރަށް މި ރޯދަމަހު ބޭނުންކުރާ މިންވަރު ރޯދަމަހުގެ ޑިސްކައުންޓްގެ ގޮތުގައި ދިނުމަށެވެ.

" އާންމު މަސްތަކުގައި ކަރަންޓް ބޭނުންކުރާ އެވްރެޖަށްވުރެ މި ރޯދަމަހު ކަރަންޓް ބޭނުންކުރާ މިންވަރު ދަށްވިއަސް އެފަދަ ފަރާތްތަކަށްވެސް 10 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެ. 9 މަސްދުވަހުގެ އެވްރެޖް ނެގެން ނެތް ތަންތަނަށްވެސް 10 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެ". ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.

Article - in content
Advertisement

އެހެންވުމުން މި ރޯދަމަހު މަދުވެގެން 10 އިންސައްތައިގެ ޑިސްކައުންޓް ނުލިބޭ އެއްވެސް ޑޮމެސްޓިކް ކަސްޓަމަރެއް ނުހުންނާނެކަމުގެ ޔަގީންކަން ސްޓެލްކޯއިން ވަނީ ދީފައެވެ.

ސްޓެލްކޯއިން މި ރޯދަމަހު ބިލް ތައްޔާރުކުރުމަށް ހަމަޖައްސާފައިވަނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެނެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —