April 2, 2025 08:59
Advertisement

-Advertisement-

ފަހުދިހައިގައި ގިނަގިނައިން މި ދުޢާ ކިޔާށެވެ!

ރަމަޟާންމަހުގެ ފަހުދިހައިގައި ރަސޫލާ ﷺ ޢަމަލުފުޅު ބެހެއްޓެވި ގޮތަށް ބަލާއިރު އެކަލޭގެފާނު ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރެއްވިއެވެ. ފަހުދިހައިގައި ލައްވާފައިވާ ބަރަކާތްތެރިކަން ބޮޑު ރެއަކީ ލައިލަތުލްޤަދުރި އެވެ. އެ ރޭ ކުރާ ހެޔޮކަމުގެ ދަރުމަ އެ ނޫން ވަގުތުގައި އެއް ހާސް މައްސަރުގައި ކުރާ ހެޔޮކަމަށްވުރެ މަތިކުރައްވައިފައިވެއެވެ. މި މަތިވެރި ރެއަކީ މާތް ﷲ އެ ރެއެއްގައި މީހަކަށް މުޅި އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލުކުރެވިދާނެ ރެއެވެ.

މި އުންމަތުގެ މީހުންގެ އުމުރު ކުރު ކަމުގައިވިއަސް މި ކުރު އުމުރުގައި ކުރާ ހެޔޮ އަމަލުގެ ދަރުމަ އިތުރުކޮށްދެއްވައިފައިވެއެވެ. އޭގެ ތެރޭގައި ރަމަޟާން މަހު ލައިލަތުލްޤަދްރީގައި ކުރާ ހެޔޮކަމުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން އިތުރުކުރައްވައިފައިވުން ހިމެނެއެވެ.

އީމާންކަމާއެކު ދަރުމައާއި ސަވާބަށް އެދި އެ ރޭ އަޅުކަންކުރި މީހުންނަށް ފާފަފުއްސަވައިދެއްވާނެތެވެ. އެ ރޭ ކުރައްވާނީ ކޮން ދުޢާއެއްތޯ މާތް ނަބިއްޔާ ﷺ އަރިހުގައި އާއިޝާ ރަޟިޔަﷲ ޢަންހާ ސުވާލު ދެންނެވިއެވެ. އެހިނދު އިތުރު އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. ކަމަނާ މިހެން ވިދާޅުވާށެވެ. ( اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي ) މާނައީ: އަޅުގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ، ގިނަގިނައިން ޢަފޫކުރައްވާ، ފާފަފުއްސަވާ، އަދި ޢަފޫކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއީމުއެވެ. ފަހެ މި އަޅާއަށް ޢަފޫކުރައްވައި މި އަޅާގެ ފާފަ ފުއްސަވާނދޭވެ! ". މި މާތް ދުޢާ މިމަހުގެ ބާކީ އޮތް ދުވަސްތަކާއި ރޭތަކުގައި ތަކުރާރުކުރާށެވެ. އަދި މި ބަރަކާތްތެރި ދުވަސްތަކާއި ރޭތަކުގައި ހީވާގިވެ ހެޔޮ ޢަމަލުކުރުމުގައި ދެމިތިބޭށެވެ!.

Advertisement

ރަމަޟާންމަހު ފަހުދިހައިގައި އިޢުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އިޢުތިކާފަށް އިންނަމީހާ ބޭކާރު ކަންތައްތަކާއި ވާހަކަތަކުން ދުރުހެލިވެ މާތް ﷲ އަށް އަޅުކަންކުރުމާއި ކީރިތި ޤުރުއާން ކިޔެވުމާއި ޛިކުރުކުރުމުގައި ވަގުތު ހޭދަކުރަންވާނެއެވެ. އަދި މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި މިސްކިތުގެ ސާފުތާހިރުކަމަށާއި، މިސްކިތުގެ ހުރުމަތަށް އިސްކަންދޭންވާނެއެވެ. މިސްކިތުގެ ހުރުމަތް ގެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ މާތް ތަންތަނެވެ. އެއީ މާތް ﷲ ގެ ގެކޮޅުތަކެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް