April 2, 2025 08:50
Advertisement

-Advertisement-

ވާހަކަ: އޭނާ (ތޭރަވަނަބައި)

އަޝްރަފް އެތަނުން ދުވެފައި ދިޔަ ނަމަވެސް، އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އޭނާ ދުވަމުން ދިޔައީ މަގުމަތީގައި ހުރި މީހުންނާ ޖެހެމުންނެވެ. ކުއްލިއަކަށް އޭނާގެ ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ. "ހުއްޓޭ! ހުއްޓޭ!" އެހެންނަމަވެސް އަޝްރަފް ހުއްޓުމަކާ ނުލައި ކުރިއަށް ދުވަމުން ދިޔައެވެ.

އެންމެ ފަހުން އަޝްރަފް ކުރިމަތިން ފެންނަން އޮތް ކުޑަ ގޯޅިއަކަށް ވަނެވެ. އަޝްރަފް އެ ގޯޅިއަށް ވަދެ، ފާރުގެ ފަހަތަށް ވަނެވެ. އޭނާގެ ނޭވާ ހާސްކަމާއެކު ލެވެމުން ދިޔައެވެ. އެހިނދު، އަޑުފައްގަނޑެއް އިވި، މީހުން ދުވެފައި ދާ އަޑު ކައިރިވަމުން އައެވެ. އަޝްރަފް ވީހާވެސް މަޑުމަޑުން ނޭވާ ލަމުން، ދިޔައެވެ.

މިހިސާބުން އަޝްރަފަށް ވިސްނުނެވެ. އޭނާގެ ފަހަތުން އަންނަނީ ކޮން ބައެއްކަން ނޭނގުނު ނަމަވެސް، އޭނާ މިވަގުތު ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ހުރިކަން ޔަގީންވިއެވެ. އަޝްރަފް ވިސްނަން ފެށިއެވެ. ދެން އަޅަންވީ ފިޔަވަޅަކީ ކޮބައިބާއެވެ؟ އަޝްރަފްގެ ހިތުގައި ބިރުވެރިކަން އުފެދެމުން ދިޔައެވެ. އޭނާގެ ފަހަތުން އަންނަ މީހުންގެ އަޑު ގާތްވަމުން ދިޔައެވެ. އަޝްރަފް ގޯޅީގެ އަނދިރި ކަނަކަށް ވަދެ، ވީހާވެސް ބޮޑަކަށް ފޮރުވިގެން ހުއްޓެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.

Advertisement

ކުއްލިއަކަށް، ގޯޅީގެ އަނެއް ފަރާތުން އަލިކަމެއް ފެނުނެވެ. އަޝްރަފްގެ ލޮލަށް އުނދަގޫވެ، ފެނުން އަނދިރިވާން ފެށިއެވެ. އޭނާއަށް ހީވީ މުޅި ދުނިޔެ އެނބުރޭ ކަހަލައެވެ. އަޝްރަފް ހުރީ ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައެވެ. އޭނާގެ ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ހޯދަން މަސައްކަތް ކުރިއެވެ. މި ވަގުތު އޭނާއަށް އެންމެ ރައްކާތެރި ގޮތަކީ ކޮބައިބާއެވެ؟ ފިލަންވީބާއެވެ؟ ނުވަތަ ކުރިމަތިލާންވީބާއެވެ؟

އަޝްރަފްގެ ނޭވާ ހާސްވަމުން ދިޔައެވެ. އޭނާގެ ހަށިގަނޑުން ދާހިއްލަމުން ދިޔައެވެ. އެހެންނަމަވެސް، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މި ވަގުތު ސާފު ވިސްނުމެއް ގެންގުޅުމުގެ މުހިންމުކަން އޭނާއަށް އެނގުނެވެ.

ކުއްލިއަކަށް، އަޝްރަފަށް އިވުނު އަޑަކުން އޭނާގެ ސަމާލުކަން ގެއްލުނެވެ. އެއީ ކޮން އަޑެއްބާއެވެ؟ އަޑު އައީ ކޮން ދިމާލަކުންބާއެވެ؟ އަޝްރަފް ވަރަށް ފަރުވާތެރިކަމާއެކު ވަށައިގެން ބަލައިލިއެވެ. އޭނާގެ ހުރިހާ ހިއްސުތަކެއް ހޭލާފައި ހުއްޓެވެ.
މި ވަގުތަކީ އަޝްރަފްގެ ހަޔާތުގައި އެންމެ ނާޒުކު ވަގުތުކަން އޭނާއަށް އިހްސާސްވިއެވެ. ކުރިއަށް އޮތް ހިނދުކޮޅު އޭނާގެ މުޅި މުސްތަޤުބަލު ކަނޑައަޅައިފާނެއެވެ. އަޝްރަފް ދުޢާ ކުރަން ފެށިއެވެ. އަދި އޭނާގެ ހިތްވަރު އާކޮށް، ކުރިމަތިވެފައިވާ ބިރުވެރިކަމާ ކުރިމަތިލުމަށް ތައްޔާރުވިއެވެ.

ކުއްލިއަކަށް އެމީހުންގެ އަޑު ކެނޑުނީ ފަތިސްނަމާދަށް ބަންގި ގޮވާއަޑަށެވެ. މުޅި ހިސާބުގައި ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އެއަޑާއެކު، ހީވީ ދުނިޔެ އާ ހެނދުނަކަށް ހޭލެވުނުހެންނެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތުމުން އަޝްރަފް ހިނގައިގަތީ އޭނާ ދިރިއުޅޭ ގެ ދޮންއާދަނުގެ ގެއާއި ދިމާލަށެވެ. 

އަޝްރަފް އަށް ގެއަށް އައިސް ވަދެވުނު އިރު، ގޭތެރެ އޮތީ އަނދިރިކޮށެވެ. އޭނާ ލައިޓް ދިއްލާލުމަށް ސްވިޗަށް އަތްލީ ހިނދު، ކުއްލިއަކަށް ކަރަންޓު ކެނޑުނެވެ. އަނދިރީގައި އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ކުއްލިއަކަށް އޭނާއަށް އަޑުއިވުނީ ކޮޓަރިން އަންނަ ހަލަބޮލި އަޑެކެވެ. އަޝްރަފް ބިރުން ހުރެ، ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

ކޮޓަރިއަށް ވަދެވުނު އިރު، އޭނާއަށް ފެނުނީ ކޮޓަރީގެ ދޮރު ހުޅުވިފައި ހުރި މަންޒަރެވެ. އަދި ކުއްލިއަކަށް އޭނާއަށް އިވުނީ ކާގެއިން އަންނަ އަޑެކެވެ. އަޝްރަފް ބިރުން ހުރެ، ކާގެއާ ދިމާއަށް ދިޔައެވެ. ކާގެއަށް ވަދެވުނު އިރު، އޭނާއަށް ފެނުނީ ދޮންއާދަނު އެތާ ހުރި މަންޒަރެވެ.

"ކޮންމެވެސް ކަމެއް ދިމާވެއްޖެހެން ހީވަނީ. ތެދުބުނެބަލަ، ކިހިނެއްވީ؟" އަޝްރަފްގެ މޫނުމަތިން އޭނާ ވަރަށް ބޮޑަށް ކަންބޮޑުވެފައިވާކަން ފާޅުވެއެވެ. އެހެންކަމުން، ދޮންއާދަނު އަޝްރަފްގެ ކައިރިއަށް ޖެހިލަމުން އޯގާތެރިކަމާއެކު ސުވާލުކުރިއެވެ.

އަޝްރަފް އިތުރު ބަހެއް ނުބުނެ، ސީދާ ކޮޓަރިއަށް ވަދެގެން ދިޔައެވެ. ދޮންއާދަނުވެސް ކޮންމެވެސް ވަރަކަށް އަޝްރަފްގެ ފަހަތުން އައިކަން އަޝްރަފްއަށް އިހުސާސްކުރެވުނެވެ. ކޮޓަރިއަށް ވަދެ، އެނދުގައި އިށީނުމަށްފަހު އަޝްރަފް ފުން ނޭވާއެއް ލިއެވެ. އޭނާއަށް ވިސްނުނީ އަވަހަށް ކައިވެނީގެ ކަންތައް ނިންމައި، މިގެއިން ދިއުމަށެވެ. އެހެންނޫނީ، އިތުރު ނުރައްކަލަކާ ކުރިމަތިލާންޖެހުމުގެ ފުރުސަތު އޮތްކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ.

އެހެންނަމަވެސް، އަޝްރަފްއަށް އެނގޭ ކަމަކީ މިގެއިން ދިއުމަކުން އޭނާއަކަށް ސަލާމަތެއް ނުލިބޭނެކަމެވެ. އެއީ މިގޭގައި ހުރި ނުބައި ބާރުތަކުގެ ސަބަބުންނެވެ. އަޝްރަފްއަށް އެނގޭ އެއްޗަކީ މިގޭގައި ހުރި ސިއްރުތައް ހާމަކުރުމުން މެނުވީ، އޭނާއަކަށް މިނިވަންކަމެއް ނުލިބޭނެކަމެވެ. އެހެންކަމުން، އަޝްރަފް ނިންމީ ދޮންއާދަނާއެކު މިގޭގެ ސިއްރުތައް ހޯދުމަށެވެ. އެހެންނަމަވެސް، އެކަމުގައި އޮތް ނުރައްކާތެރިކަން އަޝްރަފްއަށް އެނގެއެވެ. އެހެނަސް، އެކަން ކުރުން ނޫން އެހެން ގޮތެއް ނެތްކަން އޭނާއަށް ޔަޤީންވެއެވެ.

"ދޮންއާދަނު، މި ކޮޓަރީގައި ކޮންމެވެސް އެއްޗެއް އުޅޭހެން ހީވަނީ. ކަލޭގެ ކައިރީގައި ބުނަން ބިރުގަނޭ. އެކަމަކު މިހާރު ބުނެފިއްޔާ ނޫނީ ނުވާނެހެން ހީވަނީ" އަޝްރަފް ހިތްވަރު ކޮށްލައިގެން ދޮންއާދަނުގެ ގާތަށް ގޮސް ބުނެލިއެވެ.

"ތި ކޮޓަރިންވެސް ދެކުނިންތަ؟ އަހަރެން ހީކުރީ އަހަރެން އެކަނި ކަމަށް" ދޮންއާދަނު ވަރަށް މަޑުމައިތިރިކަމާއިއެކު ބުންޏެވެ. އަދި ދޮންއާދަނުގެ މޫނުގެ ކުލަވަރު ކުއްލިއަކަށް ބަދަލުވެގެން ދިޔައެވެ.

"ކޯއްޗެއް ދެކުނީ؟ ކިހިނެއް ވެގެންތަ؟" އަޝްރަފްގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އަދި އަވަސް އަވަހަށް އަހާލިއެވެ.

"މިގޭގައި ކުރީގައި ދިރިއުޅުނު މީހުންގެ ވާހަކަ ކަލެއަށް އެނގެއެއްނު؟ އެމީހުން މަރުވެފައި ވަނީ ވަރަށް ހިތާމަވެރި ގޮތަކަށް. އަދި އެމީހުންގެ ރޫހުތައް މިގޭގައި އަދިވެސް އުޅޭ" ދޮންއާދަނު ފުން ނޭވާއެއް ލުމަށްފަހު ބުންޏެވެ.

"އެކަމަކު... އެކަމަކު... އަހަރެން މިގޭގައި އުޅޭތާ މިހާރު ދެ ހަފްތާ ވެއްޖެ. މިހާތަނަށް ކޮޓަރިން އެއްވެސް އެއްޗެއް ނުފެނޭ" އޭނާ ބުންޏެވެ.

"އެމީހުން ފެންނާނީ ހަމައެކަނި ހަނދުވަރުދޭ ރޭގައި. އަދި ހަމައެކަނި ވަކި ބަޔަކަށް. ކަލޭ މިރޭ ދުށް އެއްޗަކީ ކޮބައިތަ؟" ދޮންއާދަނު ހިނިތުންވެލަމުން ބުންޏެވެ.

"އަހަރެން... އަހަރެން ދުށީ ހަމައެކަނި ހިޔަނިތަކެއް. އަދި ކޮޓަރީގެ ދޮރު ހުޅުވިފައި ހުއްޓާ" އަޝްރަފް ހަނދާންކޮށްލަން މަސައްކަތް ކުރިއެވެ.

އަޝްރަފް އެންމެފަހުން ކޮޓަރިއަށް ވަނީ ކުޑަކޮށް ނިދާލުމުގެ ބޭނުމުގައެވެ. އަޝްރަފްއަށް ހޭލެވުނީ މެންދުރު ނަމާދަށް ބަންގި ގޮވަނިކޮށެވެ. ކޮޓަރި އޮތީ އާދައިގެ ގޮތަކަށެވެ. ރޭގެ ހާދިސާ ހަނދާންވެ، އަޝްރަފް ވަރަށް ބާރަށް ނޭވާ ދޫކޮށްލިއެވެ.

އެވަގުތު އޭނާގެ ފޯނަށް މެސެޖެއް އައެވެ. އެއީ އަމީނާގެ ފަރާތުންނެވެ. މިއަދު ޚަބަރެއް ނުވެގެން މެސެޖްކޮއްލީއެވެ. އަދި ބައްދަލުކޮއްލަން ބޭނުންވާ ވާހަކަ ބުނެފައި އޮތެވެ. ޖަވާބުގައި އަޝްރަފް ލިޔެލީ ހަމައެކަނި "ޔެސް" މިހެންނެވެ.

ދެމީހުން ބައްދަލު ކުރީ ރަށުގެ ހަމަހިމޭން ހިސާބަކުންނެވެ. ރަށުގެ އުތުރުފަރާތުގެ އަތިރިމަތިންނެވެ. އެ ދެމީހުން ހިނގަމުން ދިޔައީ ގޮނޑުދޮށުގެ ރާޅު ބީއްސާ ހިސާބުންނެވެ. އިރުއޮއްސުމުގެ ރީތި މަންޒަރު ފެންނަމުންދާއިރު، ރާޅުތަކުގެ މަޑުމައިތިރި އަޑު އިވެމުންދިޔައެވެ. މި މަންޒަރާއި އަޑުތަކުން އެ ދެމީހުންގެ ހިތްތަކަށް އިތުރު ހިތްހަމަޖެހުމެއް ލިބެމުންދިޔައެވެ.

"އަޝްރަފް، މިއަދުގެ މި ހިނދުކޮޅު އަހަރެންގެ ހަނދާނުގައި އަބަދުވެސް ރީތިކޮށް ދެމިހުންނާނެ. އަހަރެމެންގެ ގުޅުމުގެ މުސްތަޤުބަލާ މެދު މިހާ ސާފުކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ލިބުނުކަން އަހަރެން ވަރަށް އުފާކުރަން. އަހަރެމެން ދެމީހުންގެ ހިތުގައި އުފެދިފައިވާ މި ގުޅުން އިތުރަށް ފުރިހަމަވެ، ވަރުގަދަވެގެންދާނެކަން ޔަޤީން" އަމީނާ، ފައިތިލައިން ވެލިތައް އުކަމުން ބުންޏެވެ.

އެ ދެމީހުން ހުއްޓިލާފައި، އެކަކު އަނެކަކުގެ ލޮލަށް ބަލާލިއެވެ. އެ ދެމީހުންގެ ލޮލުން ފެންނަމުންދިޔައީ ފުން ލޯތްބާއި އިޚްލާޞްތެރިކަމުގެ އަލިކަމެވެ.
ދެމީހުން އަނެއްކާވެސް ހިނގަން ފެށިއެވެ. އިރުއޮއްސުމުގެ ރަތް ދޯދި އުދަރެހުގައި ފެތުރިގެންދާއިރު، އެ ދެމީހުންގެ ލޯބީގެ މާ ބަގީޗާގައި މާތައް ފޮޅެމުން ދިޔައެވެ.

= ނުނިމޭ =

+1
0
+1
1
+1
3
+1
0
+1
1
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް