April 13, 2025 13:10
Advertisement

-Advertisement-

އުރީދޫގެ 20 ވަނަ އަހަރީ ދުވަހާއި ދިމާކޮށް ކަސްޓަމަރުން ސަޕްރައިޒް ވާވަރުގެ އިނާމުތަކެއް!

ދިވެހި ރާއްޖޭގައި އުރީދޫގެ ޚިދުމަތްދޭތާ 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޚާއްސަ ކަންތައްތަކެއް އެކުންފުނިން ވަނީ އިންތިޒާމު ކޮށްފައެވެ.

ލިވް އަންލިމިޓެޑް
ލިވް އަންލިމިޓެޑް ވިތު އުރީދޫ އަކީ ހަމައެކަނި ސްލޯގަންއެއް ނޫންކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. އެއީ ވައުދެކެވެ. ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ލޯބިވާ މީހުންނާއި، ޝައުގުވެރިކަމާއި، އަދި ބޭރު ދުނިޔެއާ ގުޅިފައި ހުންނާނެ ކަމުގެ ވައުދެކެވެ. އެންމެ މަގުބޫލު ޝޯތައް ސްޓްރީމް ކޮށް، ގޭމްކުޅެ، ކިޔެވުމާއި މަސައްކަތުގެ މާހައުލުގައި ކުރަންޖެހޭ ކަންކަކް ކުރުމަށް ލިމިޓަކާއި ނުލާ ކަނެކްޓިވިޓީ އުރީދޫއިން ފޯރުކޮށްދޭނެއެވެ.
" އުރީދޫގެ 20 އަހަރުގެ މުނާސަބަތުގައި ކޮންމެ 20 ދުވަހަކުން 1 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. ޖުމްލަ 19 އުމްރާ ދަތުރު އަޅުގަނޑުމެން ދޭއިރު، ލަކީޑްރޯއެއް މެދުވެރިކޮށް 2 މީހަކަށް ޙައްޖު ދަތުރެއް ބޮޑު އިނާމުގެ ގޮތުގައި ދެވޭނެ". އުރީދޫ އިން މައުލޫމާތު ދިނެވެ.

އެޕަލް ވެއާބަލްސް
އެޕަލް ވޮޗް ސީރީޒް 10 އަދި އެޕަލް ވޮޗް އަލްޓްރާއަށް އުރީދޫ އީސިމްގެ ހިދުމަތް ފޯރުކޮށްދޭ އެޕަލް ވޮޗް ސެލިއުލާ ސާވިސް ފޯރުކޮށްދިނުން މިއީ ރާއްޖޭގައި މިފަދަ ހިދުމަތެއް ދެވޭ ފުރަތަމަ ފަހަރެވެ. އަދި އުރީދޫ ގުރޫޕުގެ ފަރާތުން މި ސާވިސް ފޯރުކޮށްދެވޭ 3 ވަނަ ގައުމެވެ.
މި ހިދުމަތް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ހަމަސް ދުވަހަށް ހިލޭ ލިބޭނެ ކަމަށާއި އެއަށްފަހު މަހަކު 199 ރުފިޔާއަށް ހިދުމަތް ލިބޭނެ އެވެ. މި ހިދުމަތުގެ ސަބަބުން ފޯނު ބޭނުން ނުކޮށް ސީދާ އެޕަލް ވޮޗުން ގުޅާލެވޭނެ އެވެ.

Advertisement

ސްމާޓާ ހޯމް
ސުޕަނެޓް ކަނެކްޝަންތަކާއެކު ކަސްޓަމަރުންނަށް މިހާރު ބަންޑަލްޑް އޮފާއެއްގެ ދަށުން، ސެކިއުރިޓީ ކެމެރާއަކާއި ސްމާޓް ޑޯބެލް ފަދަ ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ހިމަނައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގޭބިސީތަކަށް ލުއި ފަސޭހަކަމާއި ސަލާމަތާއި ހިތްހަމަޖެހުން ގެނެސްދެއެވެ.
ސްމާޓާ ހޯމް އިނީޝިއޭޓިވް އަކީ ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީގެ ބާރުން ސްމާޓް ޑިވައިސްތައް ބޭނުންކޮށްގެން އާންމު ދިރިއުޅުމަށް ފަސޭހަކަމާއި ރައްކާތެރިކަން ގެނައުމަށް ލޯންޗުކުރެވުނު ޕްރަޑަކްޓެކެވެ. ކުރިއަށް އޮތް ތަނުގައި އުރީދޫގެ ޕޯޓްފޯލިއޯއަށް އާ ސްމާޓް ޑިވައިސްތައް އިތުރުވެގެންދާނެއެވެ.

ފަން ރަން
ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ފަން ރަން 2 ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޑިސެމްބަރުމަހު ހުޅުމާލޭގައި ފަން ރަން ބާއްވާއިރު، މިއަހަރުގެ އަތޮޅު އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ޖޫން 2025 ގައި އައްޑޫ ސިޓީގައެވެ.

މަސްރޭސް
މިއަހަރުވެސް 3 ތަނެއްގައި މަސްރޭސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާލެ އަތޮޅާއި ރާއްޖޭގެ ދެކުނު އަދި އުތުރުގެ ރަށެއްގައި އޮގަސްޓުމަހު މަސްރޭސް ބޭއްވިގެންދާނެއެވެ.
" މަސްރޭސް ބޭއްވުމަށް އެކި ރަށްރަށުން ވަރަށް ގިނަ ރިކުއެސްޓްތައް ލިބެމުންދާތީ، އުތުރާއި ދެކުނުގެ ރަށު ކައުންސިލްތަކަށް މަސްރޭސް އެމީހުންގެ ރަށްރަށުގައި ބޭއްވުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނަން" އުރީދޫއިން ހާމަކުރިއެވެ.

އާ އެމްބެސެޑަރ
އުރީދޫއަކީ ދިވެހި ހުނަރުވެރިންނާއި މުޖުތަމައުއަށް އިންވެސްޓްކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. މިގޮތުން ފުޓްބޯޅައަށް އިންވެސްޓް ކުރަނީ މާޒިޔާއާއެކު ޕާޓްނާޝިޕް އަދި ހަބޭސް ބޮޑުބެރުއާއެކު ޕާޓްނާޝިޕާއެކު ކަލްޗާ އަށް ދަނީ އިންވެސްޓުކުރަމުންނެވެ.
" މިއަހަރު އަޅުގަނޑުމެން އާ ސަފީރަކު ޢައްޔަންކޮށް، މަސްވެރިކަމުގެ ދާއިރާއަށް ވެފައިވާ ވަޢުދު އަލުން ކަށަވަރު ވެގެން މިދަނީ. އަޅުގަނޑުމެންގެ އާ ސަފީރަކީ އާދަމް ރަޝީދު، ސޯޝަލް މީޑިއާގައި މަޝްހޫރު، އޭނާގެ ޗެނަލް ނަން "ދަ ލައިފް އޮފް އަ ފިޝަރމޭން" ފަރެސް މާތޮޑާގެ ޕޯލް އެންޑް ލައިން މަސްވެރިއެއްގެ ގޮތުގައި އޭނާގެ ދަތުރާއި އެޑްވެންޗާތައް ހިއްސާކުރޭ".

އުރީދޫއިން އަބަދުވެސް ގަބޫލުކުރަނީ އާ ކަންކަންކޮށް، އިންޑަސްޓްރީއަށާއި މުޖުތަމައުއަށް ފައިދާވާ ގިނަ ކަންތައްތައް ކުރުމަށެވެ. މިހާރު މަސައްކަތް ކުރަމުން ގެންދަނީ، ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެ އާއި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ޚާއްޞަ ޕްރޮޖެކްޓެއްގެ މަސައްކަތެކެވެ.

20 އަހަރަކީ ކުޑަ ދުވަސްކޮޅަކަށްވީ ނަމަވެސް، މުވައްޒަފުންނާއި މެނޭޖްމަންޓުން ބުރަ މަސައްކަތުން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށް، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް އުރީދޫއިން ދަނީ ރާއްޖެ އަށް ތަޢާރަފް ކުރަމުންނެވެ.
އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ތަޖުރިބާތައް ކުރިއެރުވުމުގައި އަބަދުވެސް އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ. ރާއްޖޭގެ ޓެލެކޮމް ލޭންޑްސްކޭޕްގެ ޕޭސްމޭކަރ. 3ޖީ، 4ޖީ އަދި 5ޖީ އެއަރފައިބަރ ބްރޯޑްބޭންޑް ރާއްޖެއަށް ތަޢާރަފްކުރި ފުރަތަމަ ކުންފުނި އަދި، ސަބްމެރިން ކޭބަލް މެދުވެރިކޮށް މުޅި ރާއްޖެ 4ޖީ+ ނެޓްވޯކާ ގުޅާލީވެސް އުރީދޫއިން - އިނޮވޭޝަން ވަނީ އުރީދޫގެ ޑީ.އެން.އޭ އާއި ގުޅި ލާމެހިފައެވެ. ހުޅުމާލޭގައި ޓިއަރ 3 ޑޭޓާ ސެންޓަރާއި، ކުޅުދުއްފުށީގައި ރީޖަނަލް ޑޭޓާ ސެންޓަރެއް ޤާއިމުކުރެވި، ޑިޖިޓަލް ދުނިޔޭގައި ރާއްޖެ ކުރިއަށް ދިއުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމުގެ ގޮތުން އުރީދޫ ނޭޝަން ވަނީ ތައާރަފުކުރެވިފައެވެ. ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް ޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޕްރޮޑަކްޓްތައް ގެނެސް، މުޖުތަމައުގައި އިންވެސްޓްކުރުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ކަސްޓަމަރުންނަށް ދީފައެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް