Advertisement
header ad
XeeTimesXeeTimes
މުސްލިމަކާ ދިމާއަށް ކާފިރެކޭ ބުނުމަކީ ނުރައްކާތެރި ކަމެއް- ހުކުރު ޚުޠުބާ ދީން

މުސްލިމަކާ ދިމާއަށް ކާފިރެކޭ ބުނުމަކީ ނުރައްކާތެރި ކަމެއް- ހުކުރު ޚުޠުބާ

ކާފިރުކުރުމަކީ މުސްލިމަކު ނުވަތަ މުސްލިމް ޖަމާޢަތެއް ކުފުރަށް ނިސްބަތްކުރުމެވެ. އަދި އެމީހުންގެ ފުރާނައާއި މުދާ ހިފުން ހުއްދަކުރުމެވެ. މިއީ އެހައި ފަސޭހައިން ކުރެވިގެންވާނޭ ކަމެއް ނޫނެވެ. އެއްވެސް މީހަކަށް އިސްލާމްކަމުގެ މަތިވެރި ޝަރަފު ލިބުމަށްފަހު އޭނާ އެދާއިރާއިން ބޭރުކުރުމަކީ ވަރުގަދަ ޙުއްޖަތާއި ސާބިތު ހެއްކާއި ރޯމާދުވާލު ފަދަ އަލިގަދަ ދަލީލުތަކެއް ނެތި ކުރުން ޙަރާމް ކަމެކެވެ.

ޝަރުޢީ ނައްޞުތަކުން ސާފުކޮށް އެނގޭ ގޮތުގައި މުސްލިމަކާ ދިމާލަށް ބަދު ބަސް ބުނުމާއި ޤަޛްފުކުރުމަކީ ޙަރާމްކަންތައް ކަމުގައި ވީއިރު، ހީއެއް ނުވަތަ އަމިއްލަ ވިސްނުމެއްގެ މައްޗަށް ބިނާކޮށް މުސްލިމަކު ކާފިރުކުރުން ހުއްދައެއް ނުވާނެއެވެ.

އެއްދުވަހަކު " ބަނީ ސުލައިމުވަންހައިގެ މީހަކު ބަކަރިތަކެއް ގޮވައިގެން، ކީރިތި ރަސޫލާ ﷺ ގެ އަސްހާބުބޭކަލުންތަކެއްގެ އަރިހުން ދަމުން، އެބޭކަލުންނަށް އޭނާ ސަލާމްގޮވައިލިއެވެ. އެހިނދު އެބޭކަލުން އޭނާ އަހަރެމެންނަށް އެ ސަލާމް ގޮވީ އަހަރެމެންގެ ކިބައިން ސަލާމަތްވުމަށްޓަކައި ކަމަށް ވިދާޅުވެ، އޭނާ ޤަތުލުކުރައްވައި ކީރިތި ރަސޫލާ ﷺ އަރިހަށް އޭނާގެ ބަކަރިތައް ގެންދިޔައެވެ".

Article - in content
Advertisement

އަސްހާބު ބޭކަލުންނަށް އެނިންމެވުނީ ރަނގަޅަށް ނޫންކަން ބަޔާންކުރައްވައި މާތްﷲ ވަހީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. " އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ ގެ މަގުގައި ދަތުރުފަތުރުކޮށް އުޅޭ ހިނދު، ފަހެ (ކަންކަމުގެ) ހަގީގަތް ބަލައި އޮޅުންފިލުވާށެވެ. އަދި ދުނިޔޭގެ ދިރިއުޅުމުގައި ލިބޭ ފައިދާއާއި މުދަލަށް ތިޔަބައިމީހުން އެދޭހާލުގައި (އިސްލާމްދީނުގެ ސަލާމުން) ތިޔަބައިމީހުންނަށް ސަލާމްކޮށްފި މީހަކަށް ތިބާއަކީ މުއުމިނެއް ނޫނޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ".

މުސްލިމަކާ ދިމާއަށް ކާފިރެކޭ ބުނުމަކީ ނުރައްކާތެރި ކަމެކެވެ. މުސްލިމުން ކާފިރުކުރުމަކީ ޖާހިލުކަމާއި، ޝަރުޢީ ހުކުމްތައް ދޭހަނުވުމާއި ޝުބުހުތަކަށް ހެއްލުމުގެ ނަތީޖާއެވެ.

މައުލޫމާތު: ހުކުރު ޚުޠުބާ

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —