Advertisement
header ad
XeeTimesXeeTimes
ހިތުގައި ކީރިތި ޤުރުއާނުން މިންވަރެއް ނުވާ މީހެއްގެ މިސާލަކީ، ވީރާނާވެފައިވާ ގެއެއްގެ މިސާލު- ހުކުރު ޚުޠުބާ ދީން

ހިތުގައި ކީރިތި ޤުރުއާނުން މިންވަރެއް ނުވާ މީހެއްގެ މިސާލަކީ، ވީރާނާވެފައިވާ ގެއެއްގެ މިސާލު- ހުކުރު ޚުޠުބާ

ކީރިތި ޤުރުއާނަކީ އޭގެ އަކުރަކަށް ފިއްޔަކަށް ބަދަލު އައުމެއް ނުވާ ގޮތެއްގައި ޤިޔާމަތާ ހަމަޔަށް ދެމިގެންދާ މުޢުޖިޒާތެއްކަމުގައި ލައްވާފައިވާ މާތްﷲ ގެ ކަލާމްފުޅެވެ. އެ ޤުރުއާން ރައްކާތެރިކުރައްވާނެ ގޮތް މާތް ﷲ ވަނީ މެދުވެރިކުރައްވާފައެވެ. ކީރިތި ޤުރުއާން ކިޔަވައި އެ ޤުރުއާން ހިތުދަސްކުރުމަކީ އޭގެ ތެރެއިން އެއް ގޮތެވެ.

ކީރިތި ޤުރުއާން ކިޔަވައި އެއަށް އަމަލުކުރުމުގައި ކީރިތި ޤުރުއާން ހިތުދަސްކުރުން މުހިންމުކަން އަންގަވައި ކީރިތި ރަސޫލާ ﷺ ހަދީޘް ކުރައްވައިފައިވެއެވެ. މާނައީ: "ހަމަކަށަވަރުން އެމީހެއްގެ ހިތުގައި ކީރިތި ޤުރުއާނުން މިންވަރެއް ނުވާ މީހެއްގެ މިސާލަކީ، ވީރާނާވެފައިވާ ގެއެއްގެ މިސާލެވެ". ކީރިތި ޤުރުއާން ހިތުދަސްކުރެވޭނީ ތަކުރާރުކޮށް އެފޮތް ކިޔަވައި އަދި ގިނަގިނައިން އަޑުއަހައިގެންނެވެ. ކީރިތި ޤުރުއާން ހިތުދަސް ކުރުމުގައި ވިސްނާންޖެހޭ އެންމެ މުހިންމު ކަމަކީ މާތްﷲ ވަޖުހުފުޅު އަދައިގެން، ޤުރުއާން ހިތުދަސްކުރުމުގެ ސަބަބުން ﷲ ސުވުހާނަހޫ ވަތަޢާލާގެ ޙަޟުރަތުން ލިބޭނޭ މަތިވެރި ދަރަޖައެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ދުނިޔަވީ ހަޔާތާއި އުޚްރަވީ ހަޔާތުގައިވެސް އޭގެ ފައިދާ އޭނާއަށް ލިބޭނޭ ކަމެކެވެ. ދުނިޔަވީ ހަޔާތުގައި އޭނާއަށް ލިބޭނޭ ފައިދާއަކީ ކޮބައިކަން ބަޔާންކުރައްވައި ރަސޫލާ ﷺ ހަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ބަޔަކަށް އިމާމުވެ ނަމާދުކޮށްދޭހުށީ، އެބައިމީހުންގެ ތެރެއިން ﷲގެ ފޮތް އެންމެ ރަނގަޅަށް ކިޔަވާން ދަންނަ މީހާއެވެ".

Article - in content
Advertisement

ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ މަރުވުމަށްފަހުގައިވެސް އޭނާގެ ދަރަޖަ މަތިވެރިވާނޭ ކަމެއްކަން އަންގަވައި ކީރިތި ރަސޫލާ ﷺ ގެ އަރިހުން ރިވާވެގެންވެއެވެ. މާނައީ: "ހަމަކަށަވަރުން މާތް ނަބިއްޔާ ﷺ އުޚުދު ހަނގުރާމައިގައި ޝަހީދުވީ ބޭކަލުން އެއް ކަފުނެއްގައި ދެބޭކަލުން ކަފުން ކުރެއްވިއެވެ. އަދި ހަދީޘް ކުރައްވައެވެ. އެބޭކަލުންގެ ތެރެއިން ކީރިތި ޤުރުއާން އެންމެ ބޮޑަށް ދެނެވަޑައިގަންނަވަނީ ކޮން ބޭކަލަކުހެއްޔެވެ؟ ފަހެ އޭގެތެރެއިން ޤުރުއާން ބޮޑަށް ދެނެވަޑައިގަންނަވާ ބޭކަލަކަށް އިޝާރާތް ކުރެވުމުން އެ ބޭކަލަކު ކަށްވަޅުގައި ޤިބުލަޔާވީ ފަރާތަށް އިސްކުރައްވައެވެ".

ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ އެހެނިހެން ޢިލްމުތައް ހާސިލުކުރާން ފަސޭހަވާނޭ ކަމެކެވެ. އުންމަތުގެ ސަލަފުން އެބޭކަލުންގެ ދުވަސްވަރުގައި ހަދީޘް ޢިލްމު އުނގަންނަވައިދެއްވުމުގައި އެބޭކަލުންގެ ދަރިވަރުން ކީރިތި ޤުރުއާން ހިތުދަސްކުރުން ލާޒިމުކުރެއްވިއެވެ.  

މައުލޫމާތު: ހުކުރު ޚުޠުބާ

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —