އަޔުރްވެޑިކް ނުވަތަ ހަކީމީ ބޭސްވެރިކަމުގެ ފަރުވާހޯދާ ދިވެހީން ވަރަށް ގިނައެވެ. މާލެސިޓީ މާފަންނު ސަހަރާ ކައިރީގައި ހުންނަ އަޔުރް ސެލޫން އެންޑް ވެލްނެސް އަކީ ޒަމާނީ ފެންވަރުގައި ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ އެހީތެރިކަމާއެކު ފަރުވާދެމުން އަންނަ ސެލޫނެކެވެ. އަޔުރް ސެލޫން އެންޑް ވެލްނެސްއިން ސޭލޫނަކުން ބޭނުންވާ ހުރިހާ ޚިދުމަތެއް ލިބެން އެބަހުއްޓެވެ.
އަޔުރްވެޑިކް އެންޑް ވެލްނެސްގެ ޚިދުމަތްތައް:
ޒީޓައިމްސް އިން މި ސެލޫނަށް ދިޔައިރު އެންމެ ބޮޑަށް ފާހަގަވީ ސްޓީމް ބާތް އަށް ޚާއްސަ ތަނެވެ. ބޭސްވެރިކަމަށް ބޭނުންކުރާ ފަތްތަކުގެ މަތީގައި އޮށޯވެއޮވެ ސްޓީމް ބާތްގެ ޚިދުމަތް ހޯދައިފިނަމަ ހަށިގަނޑަށް އެވާ ލުޔާއި ލިބޭ ހިތްހަމަޖެހުން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ.
ފުލްބޮޑީ ޓްރީޓްމަންޓުން ފެށިގެން ހަށިގަނޑުގެ ތަފާތު ތަންތަނުގައި ރިހޭ ރިހުމަށް ޚާއްސަ ފަރުވާތައް ވެސް މި ސެލޫނުން ދެއެވެ. ޑޮކްޓަރެއްގެ ޚާއްސަ ބެލުމުގެ ދަށުން ފަރުވާ ކުރިއަށްގެންދާއިރު ބުރަކަށީގައި ރިއްސުން، ކަނދުރާގައި ރިއްސުން، އާތުރައިޓިސް، ކަކުލުގައި ރިއްސުންފަދަ ތަފާތު ރިހުންތަކަށް ފަރުވާ ލިބެން އެބަހުއްޓެވެ. އަގުތައް އުޅެނީ 250 ރުފިޔާ އާއި 2200 ރުފިޔާ އާއި ދެމެދުގައެވެ.
އަޔުރް ސެލޫންގެ ޑޮކްޓަރ ފަރުވާދެނީ
ކޮސްމެޓިކްސް ޕްރޮޑަކްޓްސް:
ފޭޝިއަލް ކެއަރ: މޫނު ސާފުކުރުމުގެ ތަފާތު ޚިދުމަތްތައް ލިބެން ހުރިއިރު އެންމެ ފާހަގަކުރެވެނީ 'ހައިޑްރާ ފޭޝިއަލް' އެވެ. މިއީ ޚިދުމަތް ހޯދާ މީހުންގެ މެދުގައި މަޝްހޫރު ފޭޝިއަލްއެކެވެ. އަދި ގޯލްޑް ފޭޝިއަލް އާއި މޫނު ސާފުކޮށްދީ އިތުރަށް ރީތިކޮށްލުމަށް ބޭނުންވާ ތަފާތު ފަރުވާތައް ލިބެން އެބަހުއްޓެވެ.
ހަށިގަނޑުގައި ހުންނަ ބޭކާރު އިސްތަށިތައް ނައްތާލާ، މީހާއަށް ހިތްހަމަޖެހުން ލިބޭނެ ގޮތަށް ހަންގަނޑު ރީތިކޮށްލުމަށް އަޔުރް ސެލޫން އެންޑް ވެލްނެސްގެ ޚިދުމަތް ހޯދިދާނެއެވެ. އިސްތަށިގަނޑު ވެސް ބޭނުން ސްޓައިލަކަށް ކޮށާލާ ކުލަޖައްސަން ބޭނުންވާނަމަ އެފުރުސަތުވެސް އެބައޮތެވެ. އަދި ރީބޮންޑިންގ ވެސް ހެއްދިދާނެއެވެ.
ޕެޑިކުއަރ އަދި މެނިކުއަރ ގެ ޚިދުމަތްވެސް ލިބެން ހުރިއިރު ބޮލުން ހަންފޮޅޭނަމަ އެކަމަށް ޚާއްސަ ފަރުވާތައްވެސް ލިބެން އެބަހުއްޓެވެ. އަދި ހޮޓް ސްޓޯން ޓްރީޓްމެންޓް، ފުލް ބޮޑީ ޓްރީޓްމެންޓް ވެސް ފާހަގަކުރެވެއެވެ.
ޕާޓީއަކަށް ދާން ބޭނުންވެގެން މޭކަޕް ކުރަން ބޭނުންވާ ފަރާތްތަކަށްވެސް އަޔުރް ސެލޫން އެންޑް ވެލްނެސް އިން ހެޔޮއަގުގައި އެ ޚިދުމަތް ލިބެން އެބަހުއްޓެވެ. އަންހެން އަދި ފިރިހެނުންނަށް ޚިދުމަތް ދިނުމަށް ސްރީލަންކާގެ ސްޕެޝަލިސްޓުން ތިބިއިރު މޭކަޕް ކުރުމުގެ އަގު އުޅެނީ 300 ރުފިޔާ އާއި 1000 ރުފިޔާ އާއި ދެމެދުގައެވެ.
އުމުރުން ދުވަސްވަމުން އަންނައިރު ހަންގަނޑަށް އެއަންނަ ބަދަލުތައް ކުޑަކުރުމަށް ހަންގަނޑު ސާފުކޮށް ރީތިކޮށް ބެހެއްޓުމަށް ބޭނުންވާ ފަރުވާ ހޯދުމަށް އަދި ތަފާތު ތަދުތަކަށް އަޔުރް ސެލޫން އެންޑް ވެލްނެސް ތަޖުރިބާކޮށްލުން ރަނގަޅެވެ.
ކަސްޓަމަރުންނާއި ރަހުމަތްތެރި ޓީމެއް އޮތް މި ސެލޫނުގެ މައުލޫމާތު ސާފުކޮށްލުމަށް Ayur Salon &Wellness ފޭސްބުކް ޕޭޖް ބަލާލެވިދާނެއެވެ. އަދި އިތުރު މައުލޫމާތު ސާފުކުރުމަށް 7504666 ނުވަތަ 3004666 އަށް ގުޅާލެވިދާނެއެވެ.









