Advertisement
header ad
XeeTimesXeeTimes
އުރީދޫގެ އޭއައި ޗެޓްބޮޓު މެދުވެރިކޮށް ރަންނަމާރިއާއި ވާހަކަދައްކާލަން ބޭނުންތަ؟ ވިޔަފާރި

އުރީދޫގެ އޭއައި ޗެޓްބޮޓު މެދުވެރިކޮށް ރަންނަމާރިއާއި ވާހަކަދައްކާލަން ބޭނުންތަ؟

ރަންނަމާރިއަކީ ދިވެހި ތާރީޚުގައި އެންމެ މަޝްހޫރު އަދި ބިރުވެރި ވާހަކަތަކުގެ ތެރެއިން އެއް ވާހަކައެވެ. އުރިދޫ މޯލްޑިވްސްގެ އައު އަދި އުފެއްދުންތެރި އުރިދޫ ކަލަންޑަރު 2025ގެ ބައެއްގެ ގޮތުން، ސެޕްޓެމްބަރު މަހުގެ ފީޗަރ ކުރެވިފައިވާ ކެރެކްޓަރ އަކީ ރަންނަމާރިއެވެ.

" އެތައް ޖީލުތަކެއް ވަންދެން، ދިވެހިން ޤަބޫލުކުރި ގޮތުގައި ކޮންމެ މަހަކު އެއްފަހަރު ރަންނަމާރި ކިޔާ ނުބައި ކަނޑުގެ ޖިންނިއެއް ކަނޑުން އަރާ. އެ ޖިންނި ފެންނަނީ އަލިކަން ދޭ ބައްތިތަކުން ފުރިފައިވާ އުޅަނދެއްގެ ސިފައިގައި. އޭނާ މަޑުކުރުވުމަށްޓަކައި، ރަށުގެ މީހުން ޒުވާން އަންހެން ކުއްޖަކު ޤުރުބާންކުރޭ. މި ހިތާމަވެރި ދައުރު ހުއްޓުނީ އަބުލް ބަރަކާތުލް ބަރްބަރީ ކިޔާ މަޣްރިބުން އައި ޢިލްމުވެރިއެއް އައުމުން. އޭނާއަކީ ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ މީހެއް. އަންހެން ކުއްޖަކު ޤުރުބާންކުރަން އޮތް ރޭ، އޭނާ އެ ކުއްޖާގެ ބަދަލުގައި އަމިއްލައަށް ހުށަހެޅި. އަދި މުޅި ރޭ ބުދުކޯލުގައި ހޭދަކުރީ ޤުރުއާން ކިޔަވަމުން. ރަންނަމާރި ކައިރިވެ ޤުރުއާނުގެ އާޔަތްތައް އިވުމުން، އެ ޖިންނި ކަނޑަށް ފީނައިގެން ދިޔަ. އަދި އެއަށްފަހު ދުވަހަކުވެސް ނާދޭ". އުރީދޫއިން ރަންނަމާރީގެ ތަފްސީލު ދެމުން ހާމަކޮށްފައިވެއެވެ. 

އަހަރުގެ ފެށުމުގައި ތަޢާރަފުކުރެވުނު އުރީދޫ ކަލަންޑަރު 2025 އިން، ދިވެހި އާދަކާދައިގެ 12 މަޝްހޫރު ކެރެކްޓަރެއް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އަލުން ސިފަކުރެއެވެ. ކޮންމެ މަހަކު އައު ކެރެކްޓަރެއް ހާމަކުރެވެއެވެ. އަދި ކަސްޓަމަރުންނަށް ކެރެކްޓަރުންނާ ވާހަކަ ހިއްސާކޮށް، ސުވާލުކޮށް، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި މި ވާހަކަތަކަށް މީހުންގެ ޝައުޤުވެރިކަން އިތުރުވާނެކަމަށް އުރީދޫއިން ވަނީ ހާމަކޮށްފައެވެ.

Article - in content
Advertisement

އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ މި ދަތުރުގައި އުރީދޫ އާއި ގުޅިގެން ކުރީގެ ވާހަކަތައް އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި ބައިވެރިވުމަށް އުރީދޫއިން ވަނީ ދަޢުވަތު ދީފައެވެ.

އުރީދޫގެ އޭ.އައި ޗެޓްބޮޓް މެދުވެރިކޮށް ވާހަކަ ދައްކާލުމަށް މި ލިންކް ބޭނުން ކުރެވިދާނެއެވެ.

Article - hero side box
— Advertisement —

ކިޔުންތެރިންގެ ހިޔާލު

ގުޅުންހުރި ލިޔުންތައް

Article - sidebar (bottom)
— Advertisement —